26 ފެބުރުއަރީ 2022
ހަނގުރާމައިގެ ނުރައްކާ ކުރިމަތިވެ ޔުކްރެއިންގައި ތިބި ދިވެހިންގެ ތެރެއިން އެ ގައުމުގެ ހުޅަނގުގައި އޮންނަ އިވަނޯގައި ތިބި 15 ދަރިވަރަކު ރޭ ހަންގޭރީއަށް ބަދަލުކޮށްފައިވާ ކަމަށާއި މިހާރު އެ ގައުމުގައި ތިބީ 9 ދަރިވަރުން ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހަނގުރާމައިގެ ނުރައްކާ ކުރިމަތިވެ ޔުކްރެއިންގައި ތިބި ދިވެހިންގެ ތެރެއިން އެ ގައުމުގެ ހުޅަނގުގައި އޮންނަ އިވަނޯގައި ތިބި 15 ދަރިވަރަކު ރޭ ހަންގޭރީއަށް ބަދަލުކޮށްފައިވާ ކަމަށާއި މިހާރު އެ ގައުމުގައި ތިބީ 9 ދަރިވަރުން ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ރޭ ރާއްޖެ ގަޑިން 11:30 ގައި އިވަނޯގައި ތިބި 15 ދަރިވަރަކު ހަންގޭރީގެ ބޯޑަރު ހުރަސްކުރުމާ އެކު ދިވެހި ޓީމުން އެ ދަރިވަރުންނާ ހަވާލުވެފައިވާ ކަމަށެވެ. އަދި އެ ދަރިވަރުން ހަންގޭރީގެ ވެރި ރަށް ބުޑަ ބުޑަޕެސްޓަށް މިހާރު އެ ދަރިވަރުން ގޮސްފައިވާއިރު ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި މިހާރު ޔޫކްރެއިންގައި ތިބީ ނުވަ ދަރިވަރެކެވެ. އެ ދަރިވަރުން ވެސް ހަންގެރީގެ ބޯޑަރު ކައިރިއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު މިނިސްޓްރީއާ އެކު އެ މަސައްކަތުގައި އުޅެނީ ބާލިންގައި ހުންނަ ދިވެހި އެމްބަސީ ގުޅިގެން ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ،
މިނިސްޓްރީން ބުނީ ބެލަރޫސްގައި ހުންނަ ގްރޯޑްނޯ ސްޓޭޓް މެޑިކަލް ޔުނިވާސިޓީން ގިނަ ދަރިވަރުން ކިޔަވަމުން އަންނައިރު ހަމަނުޖެހުންތައް ހިނގަމުންދަނީ އެ ޔުނިވާސިޓީއާ 1500 ކިލޯ މީޓަރު ދުރުގަ އެވެ. އެކަމަކު އެ ޔުނިވާސިޓީގައި ކިޔަވަމުން އަންނަ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރަމުން އަންނަ ކަމަށް ބުނެ ޔުނިވާސިޓީން ބަޔާނެއް ނެރެފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން މިހާރު ދަނީ ބެލަރޫސްގައި ތިބި 140 އެއްހާ ކުދިންގެ ހާލު ވެސް ބަލަމުންނެވެ.
ޑޮކްޓަރުކަން ކިޔެވުމަށް ޔުކްރެއިންގައި 50 ދިވެހި ދަރިވަރުން ތިއްބެވެ. މީގެ ތެރެއިން ގިނަ ދަރިވަރުން މިހާރު ވަނީ އެ ގައުމުން ނުކުމެފަ އެވެ. ނަމަވެސް ބާކީ ތިބި ދަރިވަރުން ފުރުމުގެ ކުރިން، އެ ގައުމުގައި ހަނގުރާމަ ފެށުމާ އެކު އެ ދަރިވަރުންނަށް އާދެވޭގޮތެއް ނުވި އެވެ.
ރާއްޖެ ނާދެވި އެ ގައުމުގައި ތާށިވެފައި ތިބި ދިވެހި ދަރިވަރުންނަށް ސަރުކާރުން ވަނީ މާލީ އެހީތެރިކަން ވެސް ދީފަ އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖެ ނާދެވި ޔުކްރެއިންގައި ތާށިވެފައި ތިބި 21 ދަރިވަރަކަށް ސަރުކާރުން މާލީ އެހީ ދީފައިވާ ކަމަށާއި އަދި އެ ދަރިވަރުންނަށް ބީއެމްއެލްގެ ކާޑުތައް މެދުވެރިކޮށް ކުރެވޭ ޓްރާންސެކްޝަންތަކުގެ ލިމިޓް ވެސް މިހާރު ބޮޑުކޮށްދީފައި ވާނެ ކަމަށެވެ.
ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އުފެދުމާ އެކު ޔުކްރޭނުގެ ގިނަ ރައްޔިތުން ވަނީ އަވަށްޓެރި ގައުމުތަކަށް ހިޖުރަކުރަން ފަށައިފަ އެވެ. ޔޫއެން ހައި ކޮމިޝަނާ އޮފް ރެފިއުޖީސް އިން ހާމަކޮށްފައިވާ ގޮތުގައި އެ ގައުމު ދޫކޮށް ދިޔަ މީހުންގެ އަދަދު ލައްކައަކަށް އަރާނެ އެވެ.
ރަޝިއާ އިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކުގައި ޔުކްރޭނުން މިހާތަނަށް 137 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި އާއްމުން ވެސް ހިމެނެ އެވެ. އަދި 316 މީހުން ވަނީ ޒަޚަމްވެފަ އެވެ. އަދި ރަޝިއާގެ ހަމަލާތައް ވަރުގަދަކުރަމުންދާތީ މިހާރު ޔޫކްރެއިންގައި ވަނީ ކާފިއު ހިންގަން ފަށައިފަ އެވެ.
ޔޫކްރެއިންގައި ތާށިވި ދަރިވަރުން ހަންގޭރީއަށް ގެންގޮސްފި
ރަޝިއާ އާއި ބެލަރޫސްގައި ތިބި ދަރިވަރުން ގެންނަން އެހީ
ދަރިވަރުންނަށް އޮތީ ނުރައްކާ 15 ގަޑިއިރުގެ ދަތުރެއް
ބޮމުގެ އަޑާ އެކު ސަލާމަތްވުމުގެ އުއްމީދު ގެއްލުނު
ދަރިވަރުންގެ ހާލު ވަރަށް ގާތުން ބަލަން: ސަރުކާރު
ބޭރަށްދާ ކުދިން އެމްބަސީތަކުގައި ރަޖިސްޓްރީވާން އެދިއްޖެ
ރަޝިޔާގެ ކުރުކްސްގައި އުޅޭ ދިވެހިން ސަމާލުވާން އެދިއްޖެ
ޖަޕާނުން ރާއްޖެ އަށް 15 މިލިއަން ރުފިޔާ ދީފި
މިދިޔަ އަހަރު 11 ބިދޭސީއަކަށް ދިވެހި ރައްޔިތުކަންދިން
ޔޫކްރޭންގައި ބިންގަރާސް ސްކޫލްތަކެއް ހަދަނީ