27 ފެބުރުއަރީ 2022
ޔޫކްރެއިންގެ ކާކީވްގައި މި ވަގުތު ތިބީ 12 ދިވެހިން ކަމަށާއި އެ މީހުން އެ ގައުމުގެ ބޯޑަރުން ބޭރުކޮށް، ހަންގޭރީ އަށް އެތެރެވުމަށް 15 ގަޑިއިރުގެ ދަތުރެއް ކުރަން ޖެހޭ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޔޫކްރެއިންގެ ކާކީވްގައި މި ވަގުތު ތިބީ 12 ދިވެހިން ކަމަށާއި އެ މީހުން އެ ގައުމުގެ ބޯޑަރުން ބޭރުކޮށް، ހަންގޭރީ އަށް އެތެރެވުމަށް 15 ގަޑިއިރުގެ ދަތުރެއް ކުރަން ޖެހޭ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޔޫކްރެއިންގައި މި ވަގުތު ތިބި ދިވެހިން ގެނައުމަށް ކުރެވޭ މަސައްކަތްތައް ހިއްސާކުރަން ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ހުމައިދު ވިދާޅުވީ ރަޝިއާ އިން ޔޫކްރެއިނަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަވެފައި ވާތީ އެ ދަރިވަރުން ޔޫކްރެއިނުން ނެރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އެ ދަރިވަރުން ތިބީ ހަންގޭރީ ބޯޑަރާ ވަރަށް ދުރުގައި ކަމަށާއި އެތަނުން އެ ދަރިވަރުން ނެރުމަށް 15 ގަޑިއިރަށް ވުރެ ދިގު ދަތުރެއް ކުރަން ޖެހިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަންގޭރީ ބޯޑަރާ ވަރަށް ދުރުގައި މިހާރު ތިބި ކުދިން ތިބީ. ގާތްގަނޑަކަށް 15 ވަރަކަށް ގަޑިއިރުގެ ދަތުރެއް ކުރަންޖެހޭ. މި ވަގުތު ހާލަތު އޮތް ގޮތުން ޓްރެފިކާއި އެހެން ކަންކަމާ ގުޅިގެން ވެސް އެއަށް ވުރެ ވެސް ވަގުތު އިތުރުވެދާނެ،" ހުމެއިދު ވިދާޅުވި އެވެ.
ޔޫކްރެއިންގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ އަޅުގަނޑުމެން އޮނިރަރީ ކޮންސިއުލާ ވެސް މައުލޫމާތު ދެއްވަނީ މިވަގުތު އެފަދަ ދިގު ދަތުރެއް ކުރަން ނިކުތުމަކީ އެހާ ރައްކާތެރިކަމެއް ކަމަށް ނުފެންނަ ކަމަށް. އެހެންވީމަ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެ މުހިއްމުކަން ކަމަށްވާތީ ރައްކާތެރިކަން ކަށަވަރުވީމަ ކުދިން ނެރުމުގެ އިންތިޒާމު މިހުރީ ހަމަޖެހިފައި -- ހުމެއިދު
އޭނާ ވިދާޅުވީ ޔޫކްރެއިންގެ އިވާނޯގައި ތިބި 15 ދަރިވަރުން ހަންގޭރީ އަށް ގެންދިޔަ ގޮތަށް ކާކީވްގައި ތިބި ދަރިވަރުން ވެސް ހަންގޭރީ އަށް ބަދަލުކުރުމަށް ހުރިހާ އިންތިޒާމުތަކެއް ހުރީ ހަމަޖައްސާފައި ކަމަށެވެ. އަދި ރައްކާތެރިކަން ކަށަވަރުވުމާ އެކު ދަތުރު ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދަތުރުގެ ރައްކާތެރިކަން އަދި ކަށަވަރުނުވާތީ ދަތުރެއް ނުއެއް ކުރޭ،" ހަންގޭރީ ނޫނަސް އެހެން ރޫޓަކުން ވިޔަސް ޔޫކްރެއިނުން ބޭރުވެވެން އޮތް ރައްކާތެރި ގޮތެއް އޮތްތޯ ބަލަމުން އަންނަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ ޔޫކްރެއިންގެ އިވާނޯގައި ކިޔަވަމުން އައި 15 ދަރިވަރުން ހަންގޭރީ އަށް ގެންގޮސް އެ ގައުމުގެ ބުޑަޕެސްޓަށް މިހާރު ގޮސްފައިވާ ކަމަށާއި އެ ދަރިވަރުން މިއަދު ރާއްޖެ އަށް އަންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އިވާނޯގައި ތިބި ދަރިވަރުން ގެންދިއުމަށް އެހާ ބޮޑު ދައްޗެއް ދިމާނުވީ ހަންގޭރީގެ ބޯޑަރާ ކައިރީގައި އެތަން އޮތުމުން ކަމަށެވެ.
"އެހެން ސިޓީތަކުގައި ތިބި ކުދިންނަށް ވުރެ މި ދަރިވަރުން ގެންދަން ފަސޭހަވިޔަސް މި ދަރިވަރުން ހަންގޭރީއަށް ގެންދިއުމަކީ ވެސް ވަކި ފަސޭހަ ކަމެއް ނޫން. ޔޫރަޕްގެ ގައުމުތަކަކީ ހަރުކަށި އުސޫލުތަކެއް އޮންނަ ގައުމުތަކެއް އެ ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް. މި ހަމަލާއާ ގުޅިގެން ވެސް ބައެއް ގައުމުތަކުގެ ބޯޑަރުގެ ސެކިއުރިޓީ ވަރުގަދަކުރި،" މިއުވާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ދަރިވަރުން ހަންގޭރީއަށް އެެތެރެވުމުގެ ކުރިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ހަންގޭރީ ފޮރިން މިނިސްޓަރަށް ގުޅުއްވައި ދަރިވަރުންގެ ފަސޭހަކަމާ އެކު ބޯޑަރު ހުރަސްކުރެވޭނެ ގޮތަކާ ގުޅިގެން މަޝްވަރާ ކުރައްވާފައި ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި ޝާހިދު ވަނީ ހަންގޭރީ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި މިހާރު ކާކީވްގައި ތިބި ދަރިވަރުން ނެރެވޭނެ ގޮތެއްގެ މަޝްވަރާ ވެސް ކުރައްވާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
- ކާކީވްގައި ތިބި އަށް ދިވެހިން
- ނިޕްރޯގައި ހުރި ދަރިވަރެއް
- ކިއޭވްގެ ކައިރީ ހުންނަ ކޮޒިންގައި އުޅޭ އާއިލާއެއް، (ދިވެއްސަކު ޔޫކްރެއިންގެ އަންހެނަކާ ކައިވެނިކޮށް ލިބިފައިވާ ދެ ކުދިން)
މި 12 މީހުން ޔޫކްރެއިންގެ އިރުމަތީ ފަރާތުގައި އުޅެމުން އަންނައިރު އެ ސަރަހައްދުގައި ހަމަލާތައް ދެމުން އެބަދެ އެވެ. އެހެންވެ، އެތަނުގައި ކާފިއު ވެސް ހިންގަމުން އެބަދެ އެވެ.
ޔޫކްރެއިނުގައި ދިވެހިން ތިބި ހިސާބު ރަތްކުލައިން ފާހަގަކޮށްްފައި--
އެ ދަރިވަރުން ކުރިން ރާއްޖެ ނުގެނައީ ކީއްވެތޯ ގިނަ ބަޔަކު ކުރަމުން އަންނަ ސުވާލުތަކަށް ޖަވާބުދެއްވައި، މިއުވާން ވިދާޅުވީ އޭރު ލިބެމުންދިޔަ މައުލޫމާތު ދަރިވަރުންނާ ހިއްސާކުރަމުންދިޔަ ކަމަށާއި ބޭނުން ނަމަ، އަނބުރާ އައުމުގެ ފުރުސަތު ވެސް އޭރު ބޯޑަރު ބަންދުނުކުރާތީ އޮތް ކަމަށެވެ.
"އަންނަން ބޭނުންވޭ ދަރިވަރުން. އެކަމަކު ކިޔެވުން އޮންލައިންނުކުރާތީ ނާދެވެނީ. މީގެ ތެރެއިން ގިނަ ކުދިންނަކީ ފައިލް އިޔާގައި ތިބި ކުދިން. ކިޔެވުން ދޫކޮށްލާފައި އައުމަކީ ފަސޭހަކަމެއް ނޫން އާއިލާތަކުން ބޮޑެތި ހަރަދުތަކެއްކޮށްގެން ކިޔަވާއިރު،" އޭނާ ވިދާޅުވި އެވެ.
ބެލަރޫސްގެ އެކި ސިޓީތަކުގައި 137 ދިވެހިންނާއި ރަޝިއާގައި ވެސް 88 ދިވެހިން އެބަތިއްބެވެ. އެ ދަރިވަރުންގެ ހާލު ބަލަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ބެލަރޫސްގައި ދިވެހިން ތިބި ހިސާބުތައް ފާހަގަކޮށްފައި
"މި ވަގުތު މި ސަރަހައްދަށް ނުރައްކާތެރިކަމެއް ނެތް. އެކަމަކު އޭޓީއޭމުން ފައިސާ ނެގުމުގެ ދަތި އުޅޭ ކަމަށް އާއިލާ އާއި ދަރިވަރުންގެ ފަރާތުން މައުލޫމާތު ލިބޭ،" ހުމައިދު ވިދާޅުވި އެވެ.
ހުޅަނގުގެ ގައުމުތަކުން ރަޝިއާގެ ބައެއް ބޭންކްތަކާ ދެކޮޅަށް ފިޔަވަޅު އަޅަމުން އަންނައިރު އެ ދަތިކަން ދިމާވެދާނެ ކަމަށާއި އެކަމަކު ބީއެމްއެލްއާ ގުޅިގެން އެ ދަރިވަރުންގެ ދަތިތަކަށް ހައްލެއް ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޝިއާގައި ދިވެހިން ތިބި ހިސާބުތައް ކަޅު ކުލައިން ފާހަގަކޮށްފައި
ޔޫކްރެއިންގައި ގިނަ އަދަދެއްގެ ދަރިވަރުން މެޑިސިން ކިޔަވަމުން އަންނައިރު އޭގެ ތެރެއިން ބައެއް ދަރިވަރުން ހަނގުރާމަ ފެށުމުގެ ކުރިން އަމިއްލަ ހަރަދުގައި ވަނީ ރާއްޖެ އައިސްފަ އެވެ.
ރަޝިޔާގެ ކުރުކްސްގައި އުޅޭ ދިވެހިން ސަމާލުވާން އެދިއްޖެ
ޔޫކްރޭންގައި ބިންގަރާސް ސްކޫލްތަކެއް ހަދަނީ
ޔޫކްރެއިންގައި ތާށިވި ދަރިވަރުން ހަންގޭރީއަށް ގެންގޮސްފި
ރަޝިއާ އާއި ބެލަރޫސްގައި ތިބި ދަރިވަރުން ގެންނަން އެހީ
އަމިއްލައަށް ޔޫކްރެއިނުން އައި ދަރިވަރުންގެ ހަރަދުދެނީ
ބޮމުގެ އަޑާ އެކު ސަލާމަތްވުމުގެ އުއްމީދު ގެއްލުނު
ޔޫކްރެއިންގައި ތިބި 15 ދަރިވަރަކު ހަންގޭރީއަށް
ޔުކްރެއިންގައި ތިބި ދިވެހި ދަރިވަރުން އެނބުރި އަންނަނީ
ދަރިވަރުންގެ ހާލު ވަރަށް ގާތުން ބަލަން: ސަރުކާރު
ޔޫކްރެއިންގައި ތިބި ދިވެހިންގެ ހާލު އެބަބަލަން:ސަރުކާރު