ކ.ތުލުސްދޫގައި 100 އެނދުގެ ހޮސްޕިޓަލަކާއި މެޑިކަލް ކޮލެޖެއް އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާ ވެސް އެ ރަށުން ކައުސިލުން އިއުލާންކޮށްފި އެވެ.
25 ސެޕްޓެމްބަރ 2024
ކ.ތުލުސްދޫގައި 100 އެނދުގެ ހޮސްޕިޓަލަކާއި މެޑިކަލް ކޮލެޖެއް އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާ ވެސް އެ ރަށުން ކައުސިލުން އިއުލާންކޮށްފި އެވެ.
ތުލުސްދޫ ކައުންސިލުން މި އަހަރު ޖުލައިގައި ވެސް މެޑިކަލް ކޮލެޖަކާއި ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާން ކުރި އެވެ.
ނަމަވެސް އެފަހަރު ކުރިމަތިލި މީހުންގެ ތެރެއިން އެ މަސައްކަތް ކުރުމަށް އެއްވެސް މީހަކު ނުހޮވޭ ކަމަށާއި އެހެންވެ އަލުން އިއުލާނުކުރީ ކަމަށް ކައުންސިލުން އިއްޔެ ކުރި އިއުލާނުގައި ބުންޏެވެ.
އެ އިއުލާނުގައި ބުނީ އަމިއްލަ ހަރަދުގައި މެނޭޖްކޮށް އޮޕަރޭޓް ކުރުމަށް، 100 އެނދުގެ ހޮސްޕިޓަލަކާއި މެޑިކަލް ކޮލެޖެއް އެޅުމަށް ޝައުގުވެރިވާ މީހުންނަށް، ދިގު މުއްދަތަކަށް ބިން ކުއްޔަށް ދިނުމަށް ނިންމާފައިވާކަމަށެވެ.
އެކަމަށް އެދޭ މީހުން އަންނަ މަހުގެ 13 ވަނަ ދުވަހުގެ 1:00 ގެ ކުރިން ބިޑް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އެ ކައުންސިލުން ބިޑް ފޮތް ގަންނަން ލިބޭނެ ކަމަށާއި އޭގައި އެންމެހައި މައުލޫމާތު ހިމަނާފައިވާނެ ކަމަށް ވެސް ތުލުސްދޫ ކައުންސިލުން ބުންޏެވެ. ބިޑް ފޮތެއްގެ އަގަކީ 2،000ރ. އެވެ.
ވިލިމާލެ ހޮސްޕިޓަލަކީ އެންމެ ބޮޑު ހޮސްޕިޓަލަށް ވާނެ
24 ހޮސްޕިޓަލާ އެކު 90 ޕްރޮޖެކްޓް މިއަހަރު ފަށަނީ
ޓާޝަރީ ދެ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި
ހެލްތުސެންޓަރު ހިންގާ ވެރިންނަށް ތަމްރީނު ދޭން ފަށައިފި
ސިއްހީ ހިދުމަތްދޭ ތަން އަޅަން 3 ކުންފުންނަކަށް
ސިއްހީ ދާއިރާގެ ބަންދު ދުވަހުގެ އޯޓީ ލިމިޓު އުވާލައިފި
ސިއްހީ ހިދުމަތްދޭ އާއިމާރާތް އަޅަން 627 މިލިއަން
ދ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް އަޅަން ސޮއިކޮށްފި
ފަރުވާ ދިނުމުގެ ކަންކަމަށް ގައިޑްލައިނެއް ހަދަނީ
ހުރިހާ ހޮސްޕިޓަލެއްގައި ސައިކޭޓްރީ/ސްޕީޗް ތެރަޕީ ފަށަނީ