ރަށްރަށުގައި ހުންނަ ހެލްތު ސެންޓަރުތަކުގެ ބަދަލުގައި، އެ އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލަކުން މާލެ އަށް ބަލި މީހުން ރެފާ ކުރެވޭ ގޮތް ހަދައި، އެ މީހުންނަށް ފަސޭހަ އިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން މިއަދު ބުނެފި އެވެ.
02 ޖުލައި 2025
ރަށްރަށުގައި ހުންނަ ހެލްތު ސެންޓަރުތަކުގެ ބަދަލުގައި، އެ އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލަކުން މާލެ އަށް ބަލި މީހުން ރެފާ ކުރެވޭ ގޮތް ހަދައި، އެ މީހުންނަށް ފަސޭހަ އިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން މިއަދު ބުނެފި އެވެ.
މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ބޭއްވި ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލާ ގުޅިގެން، މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތައް ބަލަހައްޓާ ބޯޑުގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވީ ފަރުވާއަށް ރަށްރަށުން އަންނަ މީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސަން ހެލްތު މިނިސްޓްރީއާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
އޭގެ ތެރެއިން އިތުރު ފަރުވާއަށް އަތޮޅު ހޮސްޕިޓަލުތަކުން މާލެއަށް ރެފާކުރާ ގޮތް ހަދައި އަދި އެ ހޮސްޕިޓަލުތަކުން އެގޮތަށް އެދުމުން އަވަހަށް އެޕޮއިންޓްމަންޓް ލިބޭނެ ގޮތް ހަމަޖެއްސުމާ ގުޅޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ހަލީމް ވިދާޅުވި އެވެ.
"އޭރުން ޑޮކްޓަރު އިންނާނީ އެ ތަނުން އޯލްރެޑީ ބަލާފައި. އޭރުން ވަކި ސްޕެޝަލިސްޓެއް، ކޮން ސްޕެޝަލިޓީއެއްކަން ކުރިއާލާ އެނގިފައިތާ އިންނާނީ. އެހެންވީމަ، ކޮންމެ ވެސް ވަރަކަށް ފިލްޓާ ވެގެން އަންނަ ބޭފުޅުންނަށް ފަސޭހަކޮށް އަޅުގަނޑުމެންނަށް އެރޭންޖުމަންޓުތައް ހެދޭނެ ގޮތެއް އެބަ ބަލަން،" އޭނާ ވިދާޅުވި އެވެ.
ހަލީމް ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި މަސައްކަތްކުރައްވާ ޑޮކްޓަރުން، އެކި ރަށްރަށުގައި އައުޓްރީޗް ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި އޮޕަރޭޝަންތައް ވެސް ކުރެ އެވެ. އެ މަސައްކަތުގެ ތެރެއިން ވެސް ހިދުމަތް ހޯދަން މާލެ އަންނަން ޖެހޭ ވަރު މަދުވާނެކަން ހަލީމް ފާހަގަކުރެއްވި އެވެ.
މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މިއަދު ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު، ޑރ. އާމިނަތު ޒޭބާ އަހުމަދު ވިދާޅުވީ ފަރުވާއަށް ރަށްރަށުން މާލެ އައި ނަމަވެސް އަވަސް މުއްދަތެއްގައި ޓެސްޓުތައް ހަދައި ޑޮކްޓަރަށް ނުދެއްކޭ ނަމަ، ޓެލެ މެޑިސިންގެ ސާވިސް ފެށުމުން އެ އުނދަގޫތައް ކުޑަވާނެ ކަމަށެވެ.
މި ހިދުމަތަށް ހދ. ކުޅުދުއްފުއްޓާއި ފ. ނިލަންދޫގައި ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.
"މި ސިސްޓަމްތަކަކީ ހައި-އެންޑު ސޮފިސްޓިކޭޓެޑް ސިސްޓަމްތަކެއް. މިނިސްޓްރީ އޮފް ހެލްތާ ގުޅިގެން މި ހިންގަނީ. އެ ސިސްޓަމްގައި، ބަލި މީހާގެ ފުއްޕާމޭގައި އަޅުގަނޑުމެން ސްތެތެސްކޮޕް ޖައްސާ އަޑު ވެސް އިވޭ، ހިތުގެ ވިންދުގެ އަޑު ވެސް އިވޭ. ވަރަށް ހައި-އެންޑު ސިސްޓަމެއް،" އިމަޖެންސީ މެޑިސިންގެ ހާއްސަ ޑޮކްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕްލޭނަކީ ޕޭޝަންޓެއް، މިސާލަކަށް މި ކޮޅުން ކާޑިއޮލޮޖީއަށް ދައްކާލާފައި ރިވިއުކުރަން ފަހުން އަންނާށޭ ބުނީމަ، ރިވިއުކުރެވޭނެ އެ ހޮސްޕިޓަލަކުން. އޭރުން އަޅުގަނޑުމެން ތާވަލެއް ހަދާލާނީ ކޮންމެ ވީކެއްގައި ޓެލެމެޑިސިންނަށް އެކި ދުވަސް ދުވަހު އެކި ސްޕެޝަލިޓީތަކުގެ. ޓެލެމެޑިސިން ހަމަ އޯޕީޑީއެއް ކަހަލަ ގޮތަކަށް ދެން ހިންގާނީ."
އާއްމުކޮށް އަމަލުކުރާ އުސޫލުގެ ދަށުން، މާލެއަށް ބަލި މީހުން އާއްމުކޮށް ރެފާ ކުރަނީ އަތޮޅު ހޮސްޕިޓަލުންނެވެ. ނަމަވެސް، ބައެއް ރަށްރަށުގެ ހެލްތު ސެންޓަރުތަކުން ބަލި މީހުން ސީދާ މާލެއަށް ރެފާ ކުރެ އެވެ.
ދެ ސަރަހައްދެއްގައި ޓެލެމެޑިސިން ފަށަން ތައްޔާރުވެއްޖެ
ކޭއާރުއެޗްގެ މައްސަލަ ހައްލުކުރަން 10 ދުވަސް ދީފި
ބ.އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް އެޅުން އާރުޑީސީއަށް
ހިލޭ އައިނު ހެދޭ ފިހާރަ އައިޖީއެމްއެޗުގައި ހުޅުވައިފި
ހޮސްޕިޓަލްތަކަށް 600 މުވައްޒަފުން މި އަހަރު ނަގަނީ
ނަފްސާނީ ބަލީގެ ހޮސްޕިޓަލް ގަމުގައި އަޅަން ފަށަނީ
ވިލިމާލެ ހޮސްޕިޓަލް ވަގުތީ ގޮތުން އެހެން އިމާރާތަކަށް
ވިލިމާލެ ހޮސްޕިޓަލަކީ އެންމެ ބޮޑު ހޮސްޕިޓަލަށް ވާނެ
ފުރަތަމަ ޖީޕީ ކްލިނިކް އަންނަ ޖުލައި މަހު ހުޅުވަނީ
ހުޅުމާލެ ހޮސްޕިޓަލުގެ އާ އިމަޖެންސީ ރޫމް ހުޅުވައިފި