ސިއްހީ ހިދުމަތްތައް ރަނގަޅުކުރަން 24 ރަށެއްގައި އަލަށް ހޮސްޕިޓަލް އަޅަން ފެށުމާ އެކު މި އަހަރުގެ ތެރޭގައި އިތުރު 90 ރަށެއްގައި ޕްރޮޖެކްޓުތައް ހިންގާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
23 އެޕްރީލް 2025
ސިއްހީ ހިދުމަތްތައް ރަނގަޅުކުރަން 24 ރަށެއްގައި އަލަށް ހޮސްޕިޓަލް އަޅަން ފެށުމާ އެކު މި އަހަރުގެ ތެރޭގައި އިތުރު 90 ރަށެއްގައި ޕްރޮޖެކްޓުތައް ހިންގާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ހެލްތު މިނިސްޓްރީން މިއަދު ވަނީ، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ޅ. ނައިފަރު ހުންނަ އަތޮޅު ހޮސްޕިޓަލުގެ ލޭބަރޫމް ކޮމްޕްލެކްސް އަދި އައިސީޔޫ ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި، ނާޒިމް ވިދާޅުވީ މި ފަހުން 10 ރަށެއްގައި ހޮސްޕިޓަލު އަދި 10 ރަށެއްގައި ހެލްތު ސެންޓަރުގެ އާ އިމާރާތުގެ މަސައްކަތް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެހެންވެ، މި ވަގުތު 19 ހޮސްޕިޓަލާއި 15 ސިއްހީ މަރުކަޒުގެ އާ އިމާރާތް އަދި އެ ތަންތަނުގެ ޖާގަ އިތުރުކުރަން 21 މަޝްރޫއެއް ހިންގަ އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި މަސައްކަތް އަދި ހަވާލުނުކުރާ ރަށްރަށުގެ މީހުން، އެ ރަށްރަށުގައި މަޝްރޫއު ފަށާނެ ދުވަހެއް ބަލަން ބޭނުންވެ އެވެ. އެކަމަށް ވެސް އޭނާ ވަނީ މިއަދު ޖަވާބު ދެއްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ ތާވަލާ އެއްގޮތަށް ކުރިއަށްދާނަމަ މި އަހަރުގެ ތެރޭގައި 24 ރަށެއްގައި އާ ހޮސްޕިޓަލު އަޅަން ހަވާލުކުރާނެ ކަމަށެވެ. އޭގެ އިތުރުން ފަސް ސިއްހީ މަރުކަޒާއި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ޖާގަ އިތުރުކުރުމުގެ 60 މަޝްރޫއެއް މި އަހަރު ކުރިއަށްގެންދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"ރައީސްގެ ވަރަށް މުހިއްމު ތަސައްވުރެއް އަތޮޅު ތެރޭގެ ސިއްހީ ހިދުމަތް ފުޅާކޮށް، ހާއްސަކޮށް ރީޖަނަލް ހޮސްޕިޓަލްތައް ޓާޝަރީ ލެވެލްއަށް ހިދުމަތްތައް ބަދަލުކުރުން. އެ ތަންތަނަށް ސަބް-ސްޕެޝަލިޓީގެ ހިދުމަތްތައް ތައާރަފްކުރަން އެބަޖެހޭ. އެގޮތުން ނެފްރޮލޮޖީ، ކާޑިއޮލޮޖީ، ކެތު ލެބު ފަދަ ހިދުމަތްތައް އަންނާނެ ގޮތަށް ޓާޝަރީ ފެންވަރަށް އެ ތަންތަން ތަރައްގީކުރެވިގެންދާނެ." މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލުތައް ޓާޝަރީ ފެންވަރަށް ބަދަލުކުރާނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ޖާގަ އިތުރުކުރުމާއި ހިދުމަތްތައް ދިނުމަށް ބޭނުންވާނެ މުވައްޒަފުން ހޯދުމުގެ މަސައްކަތް މި ވަގުތު ވަނީ ފަށައިފަ އެވެ.
ޓާޝަރީ ދެ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި
ހެލްތުސެންޓަރު ހިންގާ ވެރިންނަށް ތަމްރީނު ދޭން ފަށައިފި
ސިއްހީ ހިދުމަތްދޭ ތަން އަޅަން 3 ކުންފުންނަކަށް
ސިއްހީ ހިދުމަތްދޭ އާއިމާރާތް އަޅަން 627 މިލިއަން
ފަރުވާ ދިނުމުގެ ކަންކަމަށް ގައިޑްލައިނެއް ހަދަނީ
ހުރިހާ ހޮސްޕިޓަލެއްގައި ސައިކޭޓްރީ/ސްޕީޗް ތެރަޕީ ފަށަނީ
ގޮންޖެހުންތައް ހުއްޓަސް ނަތީޖާއާ ދޭތެރޭ ސުވާލެއް ނެތް
"ކިއު ކުޑަވާނީ ސްޕެޝަލިޓީގެ އިތުރު ހޮސްޕިޓަލްތައް އަޅައިގެން"
ކޭއާރުއެޗްގެ މައްސަލަ ހައްލުކުރަން 10 ދުވަސް ދީފި
ކޮލެޖުތަކުގެ ދަރިވަރުން ލޭ ހަދިޔާކުރާ އެމްބެސެޑަރުންނަށް