Roadha Mihaaru
އިންތިޚާބަށް ރީ ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި

ލޯކަލް ކައުންސިލް އިންތިޚާބަށް ރީ ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި

01 މާޗް 2017

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި، ރަށްވެހިވެފައިވާ ރަށް ފިޔަވައި އެހެން ތަނެއްގައި ވޯޓުލާ މީހުން ރީ ރަޖިސްޓްރީވުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި، ރަށްވެހިވެފައިވާ ރަށް ފިޔަވައި އެހެން ތަނެއްގައި ވޯޓުލާ މީހުން ރީ ރަޖިސްޓްރީވުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފި އެވެ.

އޭޕްރީލް 15 ގައި ބާއްވާ އިންތިޚާބުގައި ވޯޓު ލުމަށް ރީ ރަޖިސްޓްރީވުމުގެ މުއްދަތު ކުރިން އޮތީ މާދަމާ ހަމަވާ ގޮތަށެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނަކުން އެ މުއްދަތު ވަނީ މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

އޭޕްރީލް 8 ގައި ކުރިން ބާއްވަން އުޅުނު އިންތިހާބު ފަސްކުރި އިރު ރީ ރަޖިސްޓްރީވެފައިވާ މީހުންގެ ތެރެއިން ވޯޓުލާ ތަން ބަދަލުނުވާ މީހުން ރީ ރަޖިސްޓްރީ ކުރާކަށް ނުޖެހޭނެ އެވެ.

މާލޭގެ އިތުރުން އަތޮޅުތަކުގެ ކައުންސިލް އިދާރާތަކާއި ރާއްޖެއިން ބޭރުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކުގެ ތެރެއިން އިންޑިއާގެ ޓްރިވެންޑްރަމާއި ސްރީ ލަންކާގައި ހުންނަ އެމްބަސީ އަށް ވެސް ރީ ރަޖިސްޓްރީ ފޯމް ހުށަހެޅޭނެ އެވެ.

ލޯކަލް ކައުންސިލްގެ އިންތިހާބު ފަސް ކުރީ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަޔަކާ ގުޅިގެންނެވެ. ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޕާޓީގެ މުސްތަޝާރު ރައީސް ޔާމީނާ ދެމެދު އުފެދުނު މައްސަލަތަކަށް ފަހު އެ ޕާޓީ ދެ ބައިވެ އިންތިހާބު ފަސްކުރަން ހުށަހެޅީ ޕާޓީ ތެރޭގައި ހުރި މައްސަލަތަކާ ހެދި އިންތިހާބަށް ތައްޔާރުވެވެން ނެތް ކަމަށް ބުނެ އެވެ.

ކޯޓުން ހުކުމް ކުރީ ޕީޕީއެމަކީ އެންމެ ބޮޑު ޕާޓީއަށް ވާއިރު އެ ޕާޓީއަށް ބައިވެރިނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުން ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމަށާއި އެކަމުގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށެވެ.