05 އެޕްރީލް 2017
މިދިޔަ ޖެނުއަރީ 14 ގައި ބާއްވަން އިއުލާނުކުރި ލޯކަލް ކައުންސިލް އިންތިހާބު އެކި ފަހަރުމަތިން ފަސްވެ، އިންތިހާބާ ގުޅުން ހުރި ހުރިހާ ކަމެއް ތަކުރާރުކޮށް އެތައް ފަހަރަކު ކުރަން ޖެހިއްޖެ އެވެ. މިހާރު ތާވަލްކޮށްފައި އޮތް ގޮތުން ނަމަ އިންތިހާބު ބާއްވާނީ މަހެއް ދުވަސް ފަހުން، އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ. އިންފްލުއެންޒާ ރޯގާއާ ގުޅިގެން ކަމަށް ބުނެ އިންތިޚާބު އެންމެ ފަހުން ފަސްކުރި އިރު އިންފްލުއެންޒާއާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު އެލާޓް އުވާލައި ހުރިހާ ކަމެއް އާންމު ހާލަތަކަށް ބަދަލުވެއްޖެ އެވެ.
މިދިޔަ ޖެނުއަރީ 14 ގައި ބާއްވަން އިއުލާނުކުރި ލޯކަލް ކައުންސިލް އިންތިހާބު އެކި ފަހަރުމަތިން ފަސްވެ، އިންތިހާބާ ގުޅުން ހުރި ހުރިހާ ކަމެއް ތަކުރާރުކޮށް އެތައް ފަހަރަކު ކުރަން ޖެހިއްޖެ އެވެ. މިހާރު ތާވަލްކޮށްފައި އޮތް ގޮތުން ނަމަ އިންތިހާބު ބާއްވާނީ މަހެއް ދުވަސް ފަހުން، އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ. އިންފްލުއެންޒާ ރޯގާއާ ގުޅިގެން ކަމަށް ބުނެ އިންތިޚާބު އެންމެ ފަހުން ފަސްކުރި އިރު އިންފްލުއެންޒާއާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު އެލާޓް އުވާލައި ހުރިހާ ކަމެއް އާންމު ހާލަތަކަށް ބަދަލުވެއްޖެ އެވެ.
ގާނޫނު އަސާސީ އާއި ގާނޫނުގައި ބުނާ އިންތިޚާބެއް ފަސްވެގެން އެތައް މަހެއް ވެގެން ދާއިރު ވެސް ރޯގާ އާއި ހުމާ ގުޅިގެން ރަޖާ އަޅައިގެން އިންތިހާބު އޮތް ގޮތަށް އަދި އޮތީ އެވެ.
އިންތިހާބުގެ ކެމްޕޭނުގައި މީހުން އެއްވެ އުޅުން އިތުރުވެ ބަލި އިތުރަށް ފެތުރިދާނެތީ އިންތިހާބު ފަސްކުރި އިރު އެންމެ ތުއްތު ކުދިން މިހާރު އުޅެނީ ސްކޫލުގަ އެވެ. ސިޔާސީ ކެމްޕޭނުތަކަށް އޮތީ ރޯގާގެ ކޮން ބިރެއް ހެއްޔެވެ؟
ރޯގާއާ ގުޅިގެން އެޗްޕީއޭ އިން ނެރުނު އެލާޓް އުވާލައި ހުރިހާ ކަމެއް އާންމު ހާލަތަކަށް ބަދަލުވުމުން ވެސް އެނގުމެއް ނުވެ އޮތް ހަމައެކަނި ކަމަކީ އިންތިހާބެވެ. އިންތިހާބު ފަސްކުރަން ނިންމީ ރޯގާ ކޮންޓްރޯލް ކުރުމުގައި، މީހުން އެއްވެ އުޅުން މަދުކުރަން ދިން ލަފަޔާ އެއްގޮތަށް ކަމަށް ވިޔަސް އިންތިހާބުގެ ކެމްޕޭނަކަށް "ގިނައޭ" ބުނާ ވަރަކަށް މީހުން އެއްވެއެއް ނުވެސް އުޅެ އެވެ. އެއްވާން އުޅުނަސް އެއީ ފަސޭހައިން ކުރެވޭ ކަމަކަށް ވެސް މިހާރަކު ނުވެ އެވެ.
މިކަމާ ބެހޭ ގޮތުން އިލެކްޝަނުން ވާހަކައެއް ނުދައްކަ އެވެ. މިހާރު ކަނޑައަޅާފައި އޮތް ތާރީޚަށް އިންތިހާބު ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކާއި ދައުލަތުގެ މުއައްސަސާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އިލެކްޝަންސް ކޮމިޝަން
އިންތިހާބު ފަސްކުރަން ރޯގާގެ ވާހަކަ ދެއްކިޔަސް އެކަން ބަލައިގަންނަން އެއްބަޔަކަށް ފަސޭހަ ނުވި ސަބަބަކަށް ވީ ކަން ހިނގަމުން އައި ގޮތެވެ. އެންމެ ފުރަތަމަ އޭޕްރީލް 8 އަށް އިންތިހާބު ފަސްކުރީ ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ އެތެރޭގެ ކޯޅުންތަކާ އެކު ޕާޓީ ދެ ބައިވެ އުފެދުނު މައްސަލަތަކަށް ފަހު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަޔަކާ ގުޅިގެންނެވެ. ޕާޓީ ތެރޭގައި ޖެހުނު މައްސަލަތަކާ ހެދި އިންތިހާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ ހުށަހެޅި މައްސަލާގައި ހުކުމް ކުރީ ޕީޕީއެމް އަކީ އެންމެ ބޮޑު ޕާޓީ ކަމަށް ވާތީ އެ ޕާޓީގެ ބައިވެރިވުން ނެތް ގޮތެއްގައި އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފު ކަމަކަށް ވާނެ ކަމަށް ބުނެފަ އެވެ. އެ ހުކުމުގައި ވަނީ އިންތިހާބު ބޭއްވެންދެން، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ވެސް ދިގުދެމިގެން ދާނެ ކަމަށް ބުނެފަ އެވެ.
އަދިވެސް އިންތިޚާބު ފަސްވާނެ ކަމަށް އަޅުގަނޑަށް ބެލެވެނީ. ކައުންސިލަށް ކުރިމަތިލުން މިވީ ބޮޑު ވޭނަކަށް. މިކަމަކަށް ދުވަހަކު ވެސް ނިމުމެއް އައި ކަމަކަށް ނުވި: ކެންޑިޑޭޓެއް
އޭޕްރީލް 8 ގައި އިންތިހާބު ބާއްވަން ކަނޑައެޅުމަށް ފަހު އެ މަހުގެ 15 އަށް ވެސް ފަސްކުރި އެވެ. އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމި ސަބަބެއް ކަމަށް ބުނީ ވޯޓުލާ މަރުކަޒުތަކުގެ ގޮތުގައި ހަމަޖައްސާފައިވާ "ގިނަ ތަންތަން" އެ ދުވަސްވަރު ލިބެން ނެތުމެވެ. އެހެން ހަމަޖެއްސި ފަހުން އެޗް1އެން1 ރޯގާއާ ގުޅިގެން އަނެއްކާވެސް އިންތިހާބު ފަސްކުރީ އެވެ. މިފަހަރު ފަސްކުރީ މެއި 6 ގައި ބާއްވާ ގޮތަށެވެ.
ޖެނުއަރީ 14، އޭޕްރީލް 8، އޭޕްރީލް 15 އަދި މެއި 6 އަކީ އިންތިހާބު ބާއްވަން މިހާތަނަށް ކަނޑައެޅި ދުވަސްތަކެވެ.
"އަދިވެސް އިންތިޚާބު ފަސްވާނެ ކަމަށް އަޅުގަނޑަށް ބެލެވެނީ. ކައުންސިލަށް ކުރިމަތިލުން މި ވީ ބޮޑު ވޭނަކަށް. މިކަމަކަށް ދުވަހަކު ވެސް ނިމުމެއް އައި ކަމަކަށް ނުވި،" ރަށެއްގެ ކައުންސިލަށް އަމިއްލަ ގޮތުން ވާދަކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބު ދެން ނުބާއްވާނެހެން ހީވާ ވަރަށް "މިކަން ސަކަރާތަކަށް ވެއްޖެ" ކަމަށެވެ.
އަންނަ މަހު 6 ގައި ވެސް އިންތިހާބު ބާއްވަން ބޭނުން ނުވާ ނަމަ ދައްކާނެ ވާހަކައެއް އެބަ އޮތެވެ. އެއީ އޭޕްރީލް 8 ގައި އިންތިހާބު ނުބޭއްވުނު ފަދަ ސަބަބެކެވެ. އެކަޑަމިކް ކަލަންޑަރު ބުނާ ގޮތުން މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެޗްއެސްސީ އިމްތިހާނާއި އޭލެވެލް އިމްތިހާނު ފެށޭނެ އެވެ. އިންތިޚާބަށް ބޭނުންކުރާ ބައެއް ހޯލްތަކުގައި އިމްތިހާނުތައް އޮތުމަކީ އާންމު ކަމެކެވެ.
ސަރުކާރާ ދެކޮޅު ފަރާތްތަކުން ބުނަނީ ކައުންސިލް އިންތިޚާބު ފަސްކުރަމުން ދަނީ ސަރުކާރަށް ކާމިޔާބު ނުވާނެކަން ކަށަވަރުވާތީ ކަމަށާއި އެ ނޫން އެހެން އެއްވެސް ސަބަބެއް އޮވެގެން ނޫން ކަމަށެވެ. އެކަމަކު ސަރުކާރަށް ތާއީދުކުރައްވައި އަދި ކެމްޕޭނުގައި އުޅުއްވާ ބޭފުޅުން ވިދާޅުވަނީ ފަސޭހަކަމާ އެކު އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނު ބުނާ ގޮތުން އިންތިހާބުގައި އެއް ކައުންސިލަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑޭޓުންތަކެެއްގެ ވޯޓު އެއްވަރުވެއްޖެ ނަމަ، ރަސްމީ ނަތީޖާ އިއުލާނުކުރާ ތާރީޚުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި، ވޯޓު އެއްވަރުވި ކެންޑިޑޭޓުންގެ މެދުގައި އަލުން އިންތިޚާބު ބާއްވަން ޖެހެ އެވެ. އެހެންވެ، މެއި 6 ގައި އިންތިޚާބު ބާއްވައި އަދި ބައެއް ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވެއްޖެ ނަމަ އެ ކެންޑިޑޭޓުންނަށް އޮންނަ ދެ ވަނަ ބުރުގެ ވޯޓު ރޯދަ މަހުގެ ކުރިން ބޭއްވުމަކީ ވެސް ކުރިމަތިވާނެ ގޮންޖެހުމަކަށް ވެދާނެ އެވެ.
މެއި 27 އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަލަންޑަރުން ދައްކަ އެވެ. އިންތިހާބުގެ ކަންކަން ރޯދައިގެ ކުރިން ނިންމަން އުނދަގޫވެ ރޯދައިގެ ފަހަށް އިންތިހާބު ފަސްކުރުމަކީ ވެސް، މިހާރު ކަން ހިނގަމުންދާ ގޮތަށް ބަލާއިރު، ނުވާނެ ކަމެކޭ ބުނެވޭކަށް ނެތެވެ. އަދި ކައުންސިލް އިންތިޚާބު ފަސްކުރުމާ ބެހޭ ގޮތުން ކޮމިޝަނުން ކޯޓުގައި ބުނި ވާހަކަ ބިރުވެރި އެވެ. އިންތިހާބު ފަސްކޮށްފި ނަމަ، ގާނޫނުގައި ބުނާ މުއްދަތުގައި އެއްވެސް އިންތިހާބެއް ބާއްވަން ނުޖެހޭނެ ކަމަށް ކޮމިޝަނުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވެ އެވެ.
އީސީއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ މާދަމާ
ޕީޕީއެމްގެ ބޮޑު ޖަލްސާ ފަސްކޮށްފި
އިންތިހާބުގެ ކުރިން ކައުންސިލަރުންގެ ޝަރުތު ބަދަލުކުރަނީ
"މިނިވަން އިންތިހާބެއް ނުބޭއްވޭ ނަމަ އިސްތިއުފާދީ"
ލޯކަލް އިންތިޚާބު ވަކި ޕާޓީއެއްގެ މަސްލަހަތަށްތަ؟
އާ އިންތިހާބަކަށް އިއުލާން ކުރީ ކޯޓު އަމުރާ ހިލާފަށް
ކައުންސިލް އިންތިހާބު އެޕްރީލް 8 ގައި
ރިޔާސީ އިންތިހާބު ވެސް ފަސްކޮށްފާނެ: އަލީ ހުސެން
އިންތިހާބު ފަސްކުރުން އީސީން އިސްތިއުނާފް ކުރަނީ
އިންތިޚާބު ފަސްކޮށްފިނަމަ ޚަރަދުތައް ބޭކާރުވާނެ: އީސީ