27 އެޕްރީލް 2017
އަންނަ މަހު ހައެއްގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ސަލާމަތީ ކަންކަން ބެެލެހެއްޓުމަށް ފުލުހުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި ރަށްރަށަށް ދާ ފުލުހުން އަންނަ އާދިއްތަ ދުވަހު ފުރާނެ ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.
އަންނަ މަހު ހައެއްގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ސަލާމަތީ ކަންކަން ބެެލެހެއްޓުމަށް ފުލުހުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި ރަށްރަށަށް ދާ ފުލުހުން އަންނަ އާދިއްތަ ދުވަހު ފުރާނެ ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.
އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނުގެ ކޮމާންޑަރު، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މި އިންތިހާބު އަމާން އޮމާންކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާތަނަށް ކޮށްފައިވާ ކަމަށެވެ.
އެގޮތުން ސަލާމަތީ ކަންކަން ބަލަހައްޓާ ހުރިހާ ފުލުހުންނަށް ބޭނުންވާ ތަމްރީނާއި ވިސްނަންޖެހޭ ކަންކަމާ ގުޅޭގޮތުން ކުލާސްތައް ނަގައިދީފައިވާއިވާއިރު އިންތިހާބުގައި ފުލުހުން ސަމާލުކަން ދޭން ޖެހޭ ކަންކަމާއި މަސައްކަތްތައް ބަހައްޓަންވީ ގޮތާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ފުލުހުންނަށް ސެޝަންތައް ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުސް އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 3،000އަށް ވުރެ ގިނަ ފުލުހުން ބައިވެރިވާނެ އެވެ. އަދި ސިނާއީ ރަށްތަކާއި ރިސޯޓުތަކުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި 470 ވޯޓު ފޮށި ބަހައްޓާއިރު މި ހުރިހާ ފޮއްޓެއްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ބުނެފައި ވެ އެވެ.
ހަމްދޫން ވިދާޅުވީ ރަށްރަށަށް ދާ ފުލުހުން އަންނަ އާދިއްތަ ދުވަހު ފުރާއިރު، މީގެ ތެރެއިން ބައެއް ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރާނެ ކަމަށެވެ.
ފުލުސް އޮފީހުން ބުނިގޮތުގައި އިންތިހާބުގެ ވޯޓު ކަރުދާސްތައް ޕްރިންޓްކުރަން ފެށި ހިސާބުން ފެށިގެން، ކަރުދާސް ޕްރިންޓްކުރާ ތަނުގެ ސަލާމަތީ ކަންކަމާއި ކަރުދާސްތައް ލޮކަރު ރޫމަކަށް ގެންގޮސް އެތަނުގެ ސަލާމަތީ ކަންކަން މިހާރު ވެސް ފުލުހުން އަންނަނީ ބަލަހައްޓަމުންނެވެ. އޭގެ އިތުރުން އިންތިހާބު އޮބްޒާވް ކުރުމަށް ރާއްޖޭން ބޭރުން ވަޑައިގަންނަވާ ފަރާތްތަކުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ވެސް އިލެކްޝަންސް ކޮމިޝަނާއެކު މަޝްވަރާކޮށްފައިވާ ކަމަށް އެތަނުން ބުންޏެވެ.
ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި
އާ ކައުންސިލަރުން ހުވާކުރަން ފަށައިފި
ސިޓީ ކައުންސިލްތަކުގެ ބޮޑު އަޣުލަބިއްޔަތު އެމްޑީޕީއަށް
ވޯޓުލާ މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފި
ވޯޓާސް ލިސްޓާ ހެދި އިންތިޚާބު ފަސްވުމުގެ ބިރު
ވޯޓާސް ލިސްޓު އޮތީ ގައިޑްލައިނާ އެއްގޮތަށް: އީސީ
ކައުންސިލް އިންތިހާބު އަދިވެސް ރަޖާ އަޅައިގެން
އިންތިޚާބު ފަސްކުރަނީ ކާމިޔާބު ނުވާނެކަން އެނގޭތީ
ލޯކަލް އިންތިޚާބު އަނެއްކާވެސް ފަސްކޮށްފި
ލޯކަލް އިންތިހާބުގެ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި