11 ސެޕްޓެމްބަރ 2024
ރަޖިސްޓްރީނުކޮށް އަދި ލައިސެންސެއް ނެތި ސިއްހީ ހިދުމަތް ދޭ ފަރާތްތަކާ މެދު ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހެލްތު މިނިސްޓްރީން މިއަދު ދީފި އެވެ.
ރަޖިސްޓްރީނުކޮށް އަދި ލައިސެންސެއް ނެތި ސިއްހީ ހިދުމަތް ދޭ ފަރާތްތަކާ މެދު ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހެލްތު މިނިސްޓްރީން މިއަދު ދީފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ސިއްހީ އެއްވެސް ހިދުމަތެއް ދެވޭނީ ސިއްހީ ހިދުމަތްދޭ ތަންތަން ހިންގުމާ ބެހޭ ގަވާއިދުގެ ދަށުން އެ ތަން ރަޖިސްޓްރީކޮށް އަދި އޮޕަރޭޓިން ލައިސެންސް ހޯދުމަށް ފަހު ކަމަށެވެ.
ސިއްހީ ހިދުމަތް ދިނުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުގެ ދަށުން އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ރާއްޖޭގައި ދެވޭނީ މިނިސްޓްރީގައި ރަޖިސްޓްރީކޮށް ލައިސެންސް ހޯދުމަށް ފަހު ކަމަށް ބުންޏަސް، އެ ގާނޫނާ ހިލާފަށް މިހާރަކަށް އައިސް އޯލްޓަނޭޓިވް ބޭސްފަރުވާ ނުވަތަ ދިވެހި ބޭހާއި ހިޖާމާގެ ހިދުމަތް ދޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެއާ ހިލާފަށް މަސައްކަތްކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.
"ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ 20 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ރަޖިސްޓްރީނުކޮށް އަދި ލައިސެންސް ނެތި އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ދިވެހިރާއްޖޭގައި ދިނުމަކީ ކުށެއް ކަމުގައިވާތީ މި ފަދަ ފަރާތްތަކާ ދޭތެރޭ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަން އާއްމުކޮށް އަންގާ އިއުލާންކުރަމެވެ." މިނިސްޓްރީން ބުންޏެވެ.
ރަޖިސްޓްރީ ނުކޮށް ސިއްހީ ހިދުމަތްދޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިނިސްޓްރީން ދިންއިރު، އެއްވެސް ހުއްދައެއް ނުނަގާ ހިޖާމާ ޖަހައިދޭ ފަޒީލާ އުސްމާންގެ މައްސަލައެއް މިނިސްޓްރީން ދަނީ ބަލަމުންނެވެ. ލިޔުންތައް ފުރިހަމަކޮށް، ކަމާގުޅޭ ހުއްދަތައް ނެގުމަށް ފަޒީސް ހިޖާމާ ހިންގާ ފަޒީލާއަށް ހެލްތު މިނިސްޓްރީން ވަނީ މުއްދަތެއް ވެސް ދީފަ އެވެ.
ޒަމީރު ފިނޭންސަށް އައްޔަންކޮށް ކެބިނެޓަށް ބަދަލުތަކެއް
ތިނަދޫ ހޮސްޕިޓަލް ތަރައްގީކޮށް ރިފަރަލް ޕޮއިންޓަކަށް
ކާބޯތަކެތީގެ މައްސަލަ ރިޕޯޓުކުރަން ހާއްސަ ނަމްބަރެެއް
ވިޔަފާރިއަށް ކާބޯތަކެތި ހެދޭނީ ލައިސަންސް އޮވެގެން
ބުޅާމަހުން ކާތަކެތި ހެދިކަން ކަށަވަރެއްނުވޭ: މިނިސްޓަރު
ކުދި ރަށްރަށުގެ ސިއްހީ ހިދުމަތަށް 9.8މިލިއަންގެ ލޯނު
ޗަމްޕާ ބްރަދާސްއިން ފިޒިއޯތެރަޕީ ސާމާނު ހަދިޔާ ކޮށްފި
ސިއްހީ ހަރަދު ކުޑަކުރާ ޒިންމާ އޮތީ އަމިއްލަ އަތުގައި
ގައިޑްލައިން ނިމުމުން ޑްރޯންގައި ބޭސް އުފުލަން ފަށާނެ
ފަލަސްތީނަށް ޑަބްލިއުއެޗްއޯގެ މެމްބަރުކަން ލިބިއްޖެ