Roadha Mihaaru
ބުޅާމަހުން ކާތަކެތި ހެދިކަން ކަށަވަރެއްނުވޭ: މިނިސްޓަރު

ބުޅާމަހުން ކާތަކެތި ހެދިކަން އަދި ކަށަވަރެއްނުވޭ، ބިލެތްހުނީގެ މައްސަލައެއް ނެތް: މިނިސްޓަރު

22 އޯގަސްޓް 2024

ބިދޭސީއަކު ބުޅާމަހުން ކާނާ ހަދައިގެން ވިއްކި ކަމަށް ތުހުމަތުކުރާ މައްސަލާގައި މިހާތަނަށް އަދި އެކަން ކަށަވަރުކުރެވިފައި ނުވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ބިދޭސީއަކު ބުޅާމަހުން ކާނާ ހަދައިގެން ވިއްކި ކަމަށް ތުހުމަތުކުރާ މައްސަލާގައި މިހާތަނަށް އަދި އެކަން ކަށަވަރުކުރެވިފައި ނުވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ބުޅާމަހުން ކާނާ ހަދާކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަަރުކޮށް އިމިގްރޭޝަނާ ހަވާލުކޮށްފައި ވާއިރު މިނިސްޓަރު ވިދާޅުވީ ކާތަކެއްޗަށް ބުޅާމަސް އެޅި ކަމަށް ވާހަކަ ދެކެވުނަސް އެކަން މިހާތަނަށް ކަށަވަރުކުރެވިފައި ނުވާ ކަމަށެވެ. އަދިކަމާ ގުޅޭ އިދާރާތަކާ ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ހަލީލް ވިދާޅުވި އެވެ.

"އެގޮތަށް ބުޅާމަސް ބޭނުންކުރި ކަމެއް އަދި އެނގިފައެއް ނެތް. އަދި ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކައެއް ހުރީ. އެހެންވީމާ އަދި އަޅުގަނޑުމެންނަކަށް ކަށަވަރެއް ނުވޭ. އެކަމަކު އެކަމާ ގުޅޭ ތަހުލީލުތައް އެބަ ކުރަން. ވަރަށް ކައިރިން މަސައްކަތްކުރަމުން މިދަނީ އެކަމާ ގުޅޭ އިދާރާތަކާ އެކީގައި. އެ ތަހުގީގުގެ އަލީގައި އެނގޭނެ މިއީ ކިހާ ފުންމިނަކަށް ގޮސްފައި އޮތް ކަމެއްކަން،" ހަލީލް ވިދާޅުވި އެވެ.

ބިލެތްހުނީގެ ބަދަލުގައި ކޯނިސް ޕައުޑަރު ދޭ ކަމަށް ބުނާ ވާހަކައާ ގުޅިގެން އެކަން މިހާރު ބަލާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި މީހަކު ބުނެފައިވާ ގޮތުގައި ބިދޭސީން ހިންގާ ކެފޭ، ރެސްޓޯރަންޓު ފަދަ ތަންތަނުގައި ދުފުމަށް ބޭނުންކުރާ ހުނީގެ ބަދަލުގައި ކޯނިސް ޕައުޑަރު ނުވަތަ ޕުޓީ ދެ އެވެ. އަދި މީގެ ސަބަބުން މީހުން ފިޓު ޖެހި، ހިތުގެ ވިންދު އަވަސްވުން ފަދަ މައްސަލަތައް ދިމާވާ ކަމަށް އެ މީހާ ބުނެފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ ޝަކުވާއާ ގުޅިގެން ހުނި ޓެސްޓުކުރި އިރު އެއީ ހުނިކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ދާދި ފަހުން އައި ޝަކުވާއަކާ ގުޅިގެން، އެއީ ދުފާ އެއްޗެހީގައި ބޭނުންކުރާ ހުނީގެ މައްސަލަ. އޭގެ ޓެސްޓުގެ ނަތީޖާ ވެސް ލިބިއްޖެ، އިއްޔެ ހަވީރުގެ ވަގުތެއްގައި، އެ ހަމަ ރަނގަޅު ހުނި ބޭނުންކޮށްފައި ހުރީ. އެއްގޮތަކަށް ވެސް ކޯނިސް ފައުޑަރެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

"ހުނީގައި މިހާ ހިސާބަށް އައިރު ކުރެވުނު ޓެސްޓުގެ ނަތީޖާއަށް ބަލާއިރު ނެތް މައްސަލައެއް،"