ޕާކިސްތާނުގެ ކަނޑުގެ ސަރަހައްދުން ތެލާއި ގުދުރަތީ ގޭހުގެ ބޮޑު ރިޒާވްތަކެއް ފެނިއްޖެ އެވެ.
ޕާކިސްތާނުގެ ކަނޑުގެ ސަރަހައްދުން ތެލާއި ގުދުރަތީ ގޭހުގެ ބޮޑު ރިޒާވްތަކެއް ފެނިއްޖެ އެވެ.
ޕާކިސްތާނުގެ އިގްތިސާދަށް އާދަޔާ ހިލާފް ބޮޑު ބަދަލަކަށް ވެދާނެ މި ރިޒާވް ފެނުނީ ތިން އަހަރުގެ ދިރާސާއަށް ފަހުގަ އެވެ.
ޕާކިސްތާނުގެ ޑޯން ނިއުސް ޓީވީއަށް ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ މި ރިޒާވްތަކަކީ ގައުމުގެ "ބްލޫ ވޯޓާ އިކޮނޮމީ" އެއް އުފެއްދުމުގައި މުހިންމު ރިޒާވްތަކެއް ކަމަށެވެ. މި ސާވޭގައި މިހާރު ވަނީ މި ރިޒާވްތައް ހުރި ތަންތަން މެޕްކޮށް ދެނެގަނެ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ އެ މައުލޫމާތު ހިއްސާކޮށްފައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ރިޒާވްތައް ފެނުނަސް އެ ތަންތަނުގެ ސަބަބުން އިގްތިސާދަށް ފައިދާވާން އަދި އެތައް އަހަރެއް ނަގާނެ އެވެ. އެ ތަންތަން އިތުރަށް އެކްސްޕްލޯކޮށް ތެޔޮ ނެގުމަށް ކުރަންޖެހޭ މަސައްކަތަށް އަދި އެތައް އަހަރެއް ނަގާނެ އެވެ.
އިންޑިއާގެ ޓައިމްސް އޮފް އިންޑިއާ އަށް ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި ގޮތުގައި މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ރިޒާވަށް ވުމުގެ ފުރުސަތު ބޮޑެވެ. އެއީ ތެލާއި ގޭހުގެ ހަތަރު ވަނަ އަށް އެންމެ ބޮޑު ރިޒާވަށް ވެދާނެ ކަމަށް ބެލެވެ އެވެ.
ތެލުގެ ރިޒާވްގައި މިހާރު އެންމެ ކުރީގައި އޮތީ ވެނެޒުއޭލާ އެވެ. އެއީ 3.4 ފީފާ އެވެ. ދެން އޮތީ ސައުދީ އަރަބިއްޔާ، އީރާން، ކެނެޑާ އަދި އިރާގެވެ.
ޝޭލް އޮއިލްގެ އެންމެ ބޮޑު ރިޒާވެއް އޮތީ އެމެރިކާގަ އެވެ.
ޕާކިސްތާނުގެ 17 އަހަރުގެ ޓިކްޓޮކް ތަރިއެއް މަރާލައިފި
ޕާކިސްތާނުން އިންޑިއާގެ ޖެޓެއް ވައްޓާލިކަމަށް ބުނެވިއްޖެ
ޕާކިސްތާނަށް ޖާސޫސްކޮށްދިން އިންޑިއާ ފުލުހަކު ހައްޔަރު
ގަދަ ހޫނަށް ފަހު ޕާކިސްތާނަށް ވައި ގަދަވެ 14 މަރު
އިންޑިއާ-ޕާކިސްތާނު ސިފައިން ފަހަތަށް ޖެހެނީ
ޕާކިސްތާނުގެ ނިއުކްލިއާ އދ އިން ބަލަންޖެހޭ: އިންޑިއާ
ނިއުކްލިއާ ބްލެކްމެއިލްއަކަށް އިންޑިއާ ނުސިހޭނެ: މޯދީ
ދުވަސްތަކެއް ފަހުން ކަޝްމީރުގައި ހަމަލާނުދޭ ރެއެއް
"އޮޕަރޭޝަން ސިންދޫރު" ބޭނުންކުރުމާ ދެކޮޅަށް ކޯޓަށް
އިންޑިއާ އާއި ޕާކިސްތާނުން ހަމަލާތައް ހުއްޓާލައިފި