07 ސެޕްޓެމްބަރ 2024
ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ހެދި ރެކޯޑާ އެކު، އެ މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓްގެ އެވޯޑް ފަސޫހާ އަހްމަދު އަލީ ހޯދައިފި އެވެ.
ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ހެދި ރެކޯޑާ އެކު، އެ މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓްގެ އެވޯޑް ފަސޫހާ އަހްމަދު އަލީ ހޯދައިފި އެވެ.
މިޑްލް ޑިސްޓެންސް ރޭސްތަކަށް ހާއްސަ، ފަސޫހާ ގައުމީ ރެކޯޑް ހެދީ އިއްޔެ އޮތް 1،500 މީޓަރު ރޭހުންނެވެ. ކުރިން ވެސް އޭނާ އަތުގައި އޮންނަ ރެކޯޑް ފަސޫހާ މުގުރާލީ ފަސް މިނެޓާއި 3.51 ސިކުންތުންނެވެ. މިދިޔަ އަހަރުގެ ގްރޭންޑް ޕްރީ މުބާރާތުގައި ފަސޫހާ އޭރު ރެކޯޑް ހެދީ 5 މިނެޓާއި 04.02 ސިކުންތުންނެވެ.
ގައުމީ މުބާރާތުގެ އެންމެ މޮޅު އެތުލީޓުންގެ އެވޯޑް ހޯދި އިބާދުﷲ އާއި ފަސޫހާ --- ފޮޓޯ: ނިޝާން އަލީ | މިހާރު
މުބާރާތުގައި ޓްރެކް އިވެންޓްތަކުން ގައުމީ ރެކޯޑެއް ހެދި ހަމައެކަނި އެތުލީޓަކީ ފަސޫހާ އެވެ. އޭނާ ވަނީ 800 މިޓަރުގެ ރޭހުގައި ވެސް ވާދަކޮށް އެއްވަނަ ހޯދައިފަ އެވެ. އެ އިވެންޓް އޭނާ ކާމިޔާބު ކުރީ 2 މިނެޓާއި 15.96 ސިކުންތުންނެވެ.
މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓްގެ އެވޯޑް ހޯދީ އިބާދުﷲ އާދަމެވެ. ފިރިހެން ޑިވިޝަނުން އެންމެ މޮޅު ކްލަބްގެ އެވޯޑް ހޯދީ ދިވެހި ސިފައިންގެ ކްލަބެވެ. އަންހެން ޑިވިޝަނުން އެންމެ މޮޅު ކްލަބްގެ އެވޯޑް ހޯދީ ފަސޫހާގެ ކުރީގެ ކްލަބް ޓްރެކް އެންޑް ފީލްޑެވެ.
ސާއިދު އަތުން މޮޅު އެތުލީޓްގެ އެވޯޑް ދޫވެ އިބާދުﷲއަށް
މޯޑާއި ފަޒީލް: ގައުމީ މުބާރާތުން ބޮޑު ވާދަވެރިކަމެއް
އެންމެ މޮޅު އެތުލީޓުންނަކީ ސާއިދާއި ހިމްނާ
ތިން ރަން މެޑަލް ހޯދައި ޝަމްއޫން ކުރީގެ މަގާމަށް
ރަން މެޑަލް އައިނީ އަށް، ޝާޔާ އަށް ކުރިއެރުން
މާލޭގެ ސިންތެޓިކް ޓްރެކުގައި ފުރަތަމަ ގައުމީ މުބާރާތް
ތަރިއަކީ އިބާދުﷲ، 800 މީޓަރު ފަސޫހާ އާއި ފަޒީލަށް
އެސްއޭ ގޭމްސްގެ ދެ ރަން މެޑަލިސްޓުން ގައުމީ މުބާރާތަށް
އުފަން ދުވަހު، ފަސޫހާ ގައުމީ ރެކޯޑް މުގުރާލައިފި
އޮލިމްޕިކްސްއަށް ފޮނުވުމުގައި ބޭއިންސާފެއް ނުވަން