Roadha Mihaaru
އެސްއޭ ގޭމްސްގެ ދެ ރަން މެޑަލިސްޓުން ގައުމީ މުބާރާތަށް

ސާފް ގޭމްސް އިން ރަން މެޑަލް ހޯދި ދެ ދުވުންތެރިން މިފަހަރުގެ ގައުމީ މުބާރާތުގައި

04 ސެޕްޓެމްބަރ 2024

ގައުމީ އެތުލެޓިކްސް މުބާރާތުގައި، މިފަހަރު ސައުތު އޭޝިއަން ގޭމްސްގެ ރަން މެޑަލް ހޯދި ދެ އެތުލީޓުން ވާދަކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގައުމީ އެތުލެޓިކްސް މުބާރާތުގައި، މިފަހަރު ސައުތު އޭޝިއަން ގޭމްސްގެ ރަން މެޑަލް ހޯދި ދެ އެތުލީޓުން ވާދަކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ އަށް ފުރަތަމަ ރަން މެޑަލް ހޯދައި ދިން ހަސަން ސާއިދުގެ އިތުރުން، ނޭޕާލްގެ ދުވުންތެރިޔާ ސަންތޯޝީ ޝުރެސްތާ ވެސް ވާދަ ކުރާނެ އެވެ.

ރާއްޖޭގެ ކާމިޔާބު އެތުލީޓް، ސާއިދު ވާދަކުރާނީ ސްޕްރިންޓް އިވެންޓްގަ އެވެ. އޭނާ ތަމްސީލު ކުރާނީ ގައުމީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ދިވެހި ސިފައިންގެ ކްލަބެވެ.

އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ވަނީ 100 މީޓަރު ރޭހުން ރަން މެޑަލް އަދި 200 މީޓަރުން ރިހި މެޑަލް ހޯދައިފަ އެވެ. އޭނާގެ އެ ރަން މެޑައްޔަކީ ސައުތު އޭޝިއަން ގޭމްސްގައި މީހާތަނަށް ރާއްޖެ އަށް ލިބުނު ހަމައެކަނި ރަން މެޑަލެވެ.

އައިލެންޑް ރަނާސް މޯލްޑިވްސްގެ ކްލަބް ތަމްސީލުކުރަން ސަންތާށީ ރާއްޖެ އައީ މިދިޔަ ހޯމަ ދުވަހު އެވެ. އެންމެ ފަހު ގެ ސައުތު އޭޝިއަން ގޭމްސްގައި ސަންތޯޝީ ވަނީ 10،000 މީޓަރު ރޭހުން ރަން މެޑަލް ހޯދައިފަ އެވެ. ރާއްޖޭގެ މުބާރާތުގައި އޭނާ ވާދަކުރާނީ 5،000 މީޓަރު ކެޓަގަރީގަ އެވެ.

މާދަމާ ފަށާ މި އަހަރުގެ މުބާރާތް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މުބާރާތް އޮންނާނީ މާލޭ ސިންތެޓިކް ޓްރެކްގަ އެވެ.