Roadha Mihaaru
ގައުމީ މުބާރާތުގެ އެއްވަނަ ސާއިދާއި އައިނީ އަށް

ގައުމީ އެތުލެޓިކްސް މުބާރާތުގެ އެއްވަނަ އައިނީ އާއި ސާއިދަށް

26 ނޮވެމްބަރ 2023

ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުންގެ އެވޯޑް ހަސަން ސާއިދާއި އައިޝަތު އައިނީ މުހައްމަދު ހޯދައިފި އެވެ.

ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުންގެ އެވޯޑް ހަސަން ސާއިދާއި އައިޝަތު އައިނީ މުހައްމަދު ހޯދައިފި އެވެ.

ސާއިދު ވަނީ އެންމެ މޮޅު ފިރިހެން އެތުލީޓްގެ އެވޯޑް ހޯދައިފަ އެވެ. އޭނާ އެ އެވޯޑް ހާސިލު ކުރީ ސްޕްރިންޓް ހުރިހާ އިވެންޓަކުން އެއްވަނަ ހޯދައިގެންނެވެ. ސްޕްރިންޓްގެ 100 އަދި 200 މީޓަރުގެ އިވެންޓުން އޭނާ އެއްވަނަ ހޯދި އެވެ. އަދި ފިރިހެނުންގެ 4 ގުނަ 100 މީޓަރު އިވެންޓް ދިވެހި ސިފައިންގެ ކްލަބަށް ހޯދައި ދިނުމުގައި ސާއިދު ހިއްސާ ބޮޑެވެ.

ޓްރެކާއި ފީލްޑް އިވެންޓްތަކަށް ހާއްސަ ގައުމީ މުބާރާތުގެ އެންމެ މޮޅު އެތުލީޓަށް ވާދަ ކުރުމުގައި ފީލްޑް އެތުލީޓުންނަށް އޮތީ އުނދަގޫ ކަމަކަށް ވެފަ އެވެ. އެންމެ ފަހުން އެންމެ މޮޅު އެތުލީޓްގެ އެވޯޑް ހޯދި ފީލްޑް އެތުލީޓަކީ 2016 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓް ހަސަން ޝަމްއޫނެވެ.

ހަސަން ސާއިދު: ގައުމީ މުބާރާތުގެ އެންމެ މޮޅު އެތުލީޓުގެ އެވޯޑަކީ އޭނާ އާ ރައްޓެހި އެވޯޑް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހަސަން ސާއިދު: ގައުމީ މުބާރާތުގެ އެންމެ މޮޅު އެތުލީޓުގެ އެވޯޑަކީ އޭނާ އާ ރައްޓެހި އެވޯޑް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ތުރޯއިން ގައި މިފަހަރު ގައުމީ ރެކޯޑެއް ވެސް މުގުރާލި އައިނީ އަކީ 2007 ވަނަ އަހަރަށް ފަހު ފީލްޑް އެތުލީޓުންގެ ތެރެއިން ގައުމީ މުބާރާތުގައި އެންމެ މޮޅު އެތުލީޓްގެ އެވޯޑް ހޯދި ފުރަތަމަ އަންހެން އެތުލީޓެވެ. އެ އަހަރު ތުރޯއިންގެ ތިން އިވެންޓުން ވެސް ރަން މެޑަލް ހޯދައި ގައުމީ މުބާރާތުގެ އެއްވަނަ އެތުލީޓްގެ އެވޯޑް ހޯދީ ޖޭޖޭ ސްޕޯޓްސް އިން ވާދަ ކުރީ އާމިނަތު މުނީރު (ބާބާ) އެވެ.

"ރާއްޖޭގައި ފީލްޑް އިވެންޓްތަކަށް އިސްކަން ދޭން މި ފެށީ ވަރަށް ފަހުން. އައިނީގެ މި ކާމިޔާބުން އެބަ އެނގޭ ފީލްޑް އެތުލެޓިކްސް އަށް ވެސް ކުރިއެރުން އެބަ އަންނަކަން،" ޓްރެކް އެންޑް ފީލްޑްގައި އައިނީ އަށް ކޯޗުކޮށްދޭ އަބްދުﷲ އިބްރާހިމް (އަބުޅޯ) ބުންޏެވެ.

އައިނީ: 2007 ވަނަ އަހަރަށް ފަހު ގައުމީ މުބާރާތުގެ އެންމެ މޮޅު އެވޯޑް ހޯދި ފީލްޑް އިވެންޓްގެ ފުރަތަމަ އަންހެން އެތުލީޓަކީ އޭނާ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އައިނީ: 2007 ވަނަ އަހަރަށް ފަހު ގައުމީ މުބާރާތުގެ އެންމެ މޮޅު އެވޯޑް ހޯދި ފީލްޑް އިވެންޓްގެ ފުރަތަމަ އަންހެން އެތުލީޓަކީ އޭނާ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގައުމީ މުބާރާތުގެ ޓީމު އިވެންޓްގައި ދިވެހި ސިފައިންގެ ކްލަބުން ގާތްގަނޑަކަށް 20 އަހަރުވަންދެން ދަމަހައްޓަމުން އައި ރަސްކަމަށް ނިމުން ގެނައީ ސާއިދު ސްޕޯޓްސް އެވެ. ވިދިވިދިގެން 19 ވަނަ ފަހަރަށް ފިރިހެން ކެޓަގަރީގެ އެއްވަނަ ޓީމުގެ އެވޯޑް ހޯދަން ސިފައިންގެ ކްލަބުން ކުރި އުންމިދަށް ސާއިދު ސްޕޯޓްސް އިން ހުރަސް އެޅީ ޖުމުލަ 171 ޕޮއިންޓް ހޯދައިގެންނެވެ.

ސިފައިން ދެވަނައިގައި އޮތީ 168.5 ޕޮއިންޓް ސްކޯކޮންގެންނެވެ. ނަސީރު އިސްމާއީލްގެ ނަސީރް ސްޕޯޓްސް އިން ތިންވަނަ ހޯދީ 103.5 ސްކޯކޮށްގެންނެވެ. އެންމެ މޮޅު އަންހެން ޓީމުގެ އެވޯޑް ހޯދީ ޓްރެކް އެންޑް ފީލްޑެވެ.