05 ސެޕްޓެމްބަރ 2024
ރަޝިޔާ ސަރުކާރުން ފަންޑުކޮށްގެން ހިންގާ އާރްޓީ ނިއުސް އިން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވާން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް އެތަނުގެ އެންމެ އިސް އެޑިޓަރުންނަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.
ރަޝިޔާ ސަރުކާރުން ފަންޑުކޮށްގެން ހިންގާ އާރްޓީ ނިއުސް އިން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވާން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް އެތަނުގެ އެންމެ އިސް އެޑިޓަރުންނަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.
ޓްރެޒަރީ ޑިޕާޓްމަންޓުން ފިޔަވަޅު އެޅި 10 މީހުންގެ ތެރޭގައި ހިމެނެނީ އާރްޓީގެ އެޑިޓަރު އިން ޗީފް މާގަރިޓާ ސިމޮނޮވްނާ ސިމޮނިއަން އާއި ޑެޕިއުޓީ އެލިޒަވެޓާ ޔޫރިއެވްނާ ބްރޮޑްސްކައިއާ އެވެ. މީގެ އިތުރުން ދެ ތަނަކާ ދެކޮޅަށް ވެސް ފިޔަވަޅު އެޅި އެވެ.
ޓްރެޜަރީ ސެކްރެޓަރީ ޖެނެޓް ޔެލެން ވިދާޅުވި ގޮތުގައި، "މިއީ ދައުލަތުން ސްޕޮންސަކޮށްފައި ތިބޭ މީހުން، މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ފަދަ ކަންކަން ކުރުމުން ޖަވާބުދާރީ ކުރުވުމަށް އެމެރިކާ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ދައްކުވައިދޭ" ކަމެކެވެ.
"އަޅުގަނޑުމެންގެ ޑިމޮކްރެޓިކް އުސޫލުތަކާއި އިންތިހާބީ ނިޒާމުތަކުގެ ނަޒާހަތްތެރިކަން ހިމާޔަތް ކުރުމަށް ކުރާ މަސައްކަތުގައި ޓްރެޒަރީން ދުލެއް ނުދޭނެ،" ޔެލެން ވިދާޅުވި އެވެ.
އިލެކްޝަން ތްރެޓްސް ޓާސްކް ފޯހުގެ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓަވަމުން އެމެރިކާގެ އެޓާނީ ޖެނެރަލް މެރިކް ގާލަންޑް ވިދާޅުވީ، މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ފޮރިން އެޖެންޓްސް ރެޖިސްޓްރޭޝަން ގާނޫނާ ހިލާފުވުމުގެ ކުށުގައި އާރްޓީގެ މުވައްޒަފެއްގެ މައްޗަށް ނިއު ޔޯކުގައި ދައުވާ އުފުލާފައިވާ ކަމަށެވެ.
ގާލަންޑް ތުހުމަތުކުރެއްވި ގޮތުގައި ޓެނެސީގެ ކުންފުންޏަކަށް ރަޝިޔާއިން ވަނީ އެ ގައުމަށް ފައިދާވާ ގޮތަށް ކޮންޓެންޓް ގެނެސްދޭން ޝަރުތުކޮށް ކޮންޓްރެކްޓް ހަދައިފަ އެވެ. އަދި އެމެރިކާގެ ސޯޝަލް މީޑިއާ އިންފްލުއެންސަރުން "އެމެރިކާގެ ދާޚިލީ ބައިބައިވުންތައް އިތުރުކުރުމަށް ރަޝިއާ އެދޭ ގޮތަށް ކޮންޓެންޓް ޝެއާ ކުރުމަށް" ވެސް ވަނީ ކޮންޓްރެކްޓް ކޮށްފަ އެވެ.
އެމެރިކާގެ މި ތުހުމަތަށް އާރްޓީ ނިއުސް އިން ވަނީ އިންކާރުކޮށްފަ އެވެ. -- އޭއެފްޕީ
ރަޝިޔާއަށް އުތުރު ކޮރެއާގެ 10،000 ސިފައިން
އެމެރިކާއަށް ވަގަށް ރަޝިޔާއަށް މުދާފޮނުވީ ރާއްޖެ މަގުން
ޓްރަމްޕް ނޭޓޯގެ މައްސަލަގަނޑު ހޫނުކޮށްލައިފި
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ
ރަޝިއާއިން އަޅުވެތިކުރި ބައެއް ބިންތައް މިނިވަންކޮށްފި
ހުރިހާ ވަސީލަތަކުން ހުޅަނގަށް ރައްދު ދޭނަން: ރަޝިޔާ
ތިން ވަނަ ބޮޑުހަނގުރާމަ ވަރަށް ކައިރިވެއްޖެ: ރަޝިޔާ
އެމެރިކާގެ ޖެޓުތައް މެދުއިރުމައްޗަށް
ރަޝިޔާއިން އެމެރިކާއަށް: ނިއުކްލިއާ ހަތިޔާރޭ ނުކިޔާ!