29 އޮކްޓޯބަރ 2024
އުތުރު ކޮރެއާއިން ރަޝިއާގައި ތަމްރީނުކުރުމަށް 10،000 ސިފައިން ފޮނުވާފައިވާ ކަމަށް އެމެރިކާއިން ބުނެފި އެވެ.
އުތުރު ކޮރެއާއިން ރަޝިއާގައި ތަމްރީނުކުރުމަށް 10،000 ސިފައިން ފޮނުވާފައިވާ ކަމަށް އެމެރިކާއިން ބުނެފި އެވެ.
ރަޝިއާއިން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮންނަ އުތުރު ކޮރެއާ އަކީ ޔުކްރެއިނަށް ހަމަލާ ދިނުމަށް ރަޝިޔާއަށް ބޭނުންވާ ހަތިޔާރާއި ވަސީލަތްތައް މިހާރުވެސް ފޯރުކޮށްދޭ ގައުމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ނަމަވެސް އެއްގަމު މަގުން ސީދާ ހަނގުރާމައަށް އުތުރު ކޮރެއާ ސިފައިން ހިނގައްޖެ ނަމަ މިއީ ހާލަތަށް އަންނަ ބޮޑު ބަދަލަކަށް ވާނެ އެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ އުތުރު ކޮރެއާގެ 12،000 ސިފައިން ރަޝިޔާއަށް ފޮނުވަފާނެ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ މިއީ ވަރަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކުރައްވައި، އުތުރު ކޮރެއާއަށް ބަހުގެ ހަމަލާ ދެއްވައިފަ އެވެ.
އެމެރިކާގެ ދިފާއީ ވުޒާާރާ ޕެންޓަގަންގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ ސަބްރީނާ ސިންގް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އުތުރު ކޮރެއާ ސިފައިންގެ 10،000 މީހަކު އިރުމަތީ ރަޝިއާގައި ތަމްރީނު ކުރުމަށް ފޮނުވާފައިވާ ކަމަށެވެ.
އެމެރިކާއިން މީގެ ކުރިން ބުނެފައިވަނީ ރަޝިއާގައި ތިބި އުތުރު ކޮރެއާގެ ސިފައިންގެ އަދަދު އުޅޭނީ 3،000 ގައި ކަމަށެވެ.
ނޭޓޯގެ ވެރިޔާ މާކް ރުޓޭ ވެސް ވަނީ ސިފައިން ބޭތިއްބުމަކީ ރަޝިއާގެ ހަނގުރާމަ ފުޅާވެ އިތުރަށް ނުރައްކާ ވެދާނެ ކަމެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މިއީ ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންއަށް ހަނގުރާމާގައި ކުރިއެރުން ނުލިބި މާޔޫސްވަމުންދާ ކަމުގެ ނިޝާނެއް ކަމަށެވެ.
ރޫޓޭ ވިދާޅުވީ 2022 ވަނަ އަހަރު ހަނގުރާމަ ފެށި ފަހުން މިހާތަނަށް ރަޝިއާގެ ހަ ލައްކައަށް ވުރެ ގިނަ ސިފައިން މަރުވެ ނުވަތަ ޒަހަމްވެފައިވާ ކަމަށާއި ބޭރުގެ އެއްބާރުލުމާ ނުލައި ރަޝިޔާއަށް ހަނގުރާމާގައި ދެމިތިބެވޭނެ ގޮތެއް ނެތް ކަމަށެވެ.
ނަމަވެސް ރަޝިޔާ ސިފައިން ދަނީ ޔޫކްރެއިންގެ ސަރަހައްދީ ރޮނގުން ކުރިއެރުންތަކެއް ހޯދަމުންނެވެ.
އޮކްޓޯބަރު މަސް ފެށުނު ފަހުން ރަޝިޔާގެ އަސްކަރިއްޔާއިން ވަނީ ޔުކްރެއިންގެ ސަރަހައްދުން 478 އަކަކިލޯމީޓަރު (184 އަކަ މޭލު) ކުރިއަރާފައި ކަމަށާއި މިއީ ހަނގުރާމައިގެ ފުރަތަމަ ހަފުތާގެ ފަހުން ރެކޯޑެއް ކަމަށް އިންސްޓިޓިއުޓް ފޯ ދަ ސްޓަޑީ އޮފް ވޯގެ ޑޭޓާ އިން ދައްކަ އެވެ. -- އޭއެފްޕީ
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ
ރަޝިޔާ އަށް ހަތިޔާރެއް ނުވިއްކަން: އުތުރު ކޮރެއާ
އެމެރިކާއަށް ވަގަށް ރަޝިޔާއަށް މުދާފޮނުވީ ރާއްޖެ މަގުން
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ރައީސް ޕުޓިން އުތުރު ކޮރެއާ އަށް ވަޑައިގަންނަވަނީ
ކިމްއާ އެކު ހުރިހާ ދާއިރާއަކުން މަޝްވަރާ ކުރެވޭނެ
ޕުޓިންއާ މަޝްވަރާ ކުރައްވަން ކިމް ރޭލުގައި ރަޝިޔާއަށް
ރަޝިޔާއަށް ހަތިޔާރު ނުވިއްކުމަށް އެމެރިކާގެ އިންޒާރު
ރަޝިއާއިން އަޅުވެތިކުރި ބައެއް ބިންތައް މިނިވަންކޮށްފި
ހުރިހާ ވަސީލަތަކުން ހުޅަނގަށް ރައްދު ދޭނަން: ރަޝިޔާ