08 ނޮވެމްބަރ 2022
އުތުރު ކޮރެއާ އިން ރަޝިޔާ އަށް ސިއްރިޔާތުގައި ހަތިޔާރު ވިއްކަމުންދާ ކަމަށް އެމެރިކާ އިން ކުރާ ތުހުމަތަކީ ކަނޑައެޅިގެން ދޮގެއް ކަމަށް އުތުރު ކޮރެއާ އިން މިއަދު ބުނެފި އެވެ.
އުތުރު ކޮރެއާ އިން ރަޝިޔާ އަށް ސިއްރިޔާތުގައި ހަތިޔާރު ވިއްކަމުންދާ ކަމަށް އެމެރިކާ އިން ކުރާ ތުހުމަތަކީ ކަނޑައެޅިގެން ދޮގެއް ކަމަށް އުތުރު ކޮރެއާ އިން މިއަދު ބުނެފި އެވެ.
އުތުރު ކޮރެއާގެ ރަސްމީ ނޫސް އޭޖެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރަޝިޔާ އިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި ބޭނުންކުރުމަށް، އުތުރު ކޮރެއާ އިން އެއްވެސް އިރެއްގައި ރަޝިޔާ އަށް އެއްވެސް ބާވަތެއްގެ ހަތިޔާރެއް ނުވިއްކަ އެވެ. އަދި އެފަދަ ކަމެއް ކުރަން ރާވައިވެސް ނެތް ކަމަށް އެ ބަޔާނުގައިވެ އެވެ.
މި މޭރުމުން އުތުރު ކޮރެއާ އިން ބަޔާނެއް މި ނެރުނީ، އެ ގައުމުން ގިނަ އަދަދެއްގެ، ބޮޑުބަޑީގެ އުންޑަތަކެއް ރަޝިޔާ އަށް ފޮނުވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް، ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ ތަރުޖަމާނު ޖޯން ކިރްބީ މިދިޔަ ހަފުތާގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އޭނާ ވިދާޅުވި ގޮތުގައި އުތުރު ކޮރެއާ އިން ރަޝިޔާ އަށް ހަތިޔާރު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަނީ މެދުއިރުމަތީގެ ގައުމެއް ނުވަތަ އުތުރު އެފްރިކާގެ ގައުމަކަށް އެ ހަތިޔާރުތައް ފޮނުވައިގެންނެވެ.
އަދި އެ ހަތިޔާރުތައް އެ ގައުމުތަކުން ރަޝިޔާ އަށް ފޯރައިފިކަން ނުވަތަ ނޫންކަން އެމެރިކާ އިން ކަށަވަރުކުރަމުން އަންނަ ކަމަށް ވެސް ކިރްބީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އުތުރު ކޮރެއާ އިން ރަޝިޔާ އަށް ފޮނުވާ ބޮޑުބަޑީގެ އުންޑަތަކަކީ، އަށް މަސްވީ ހަނގުރާމައިގައި ބޭނުންކުރުމަށް ރަޝިޔާ ސިފައިންނަށް ވަރަށް މުހިންމު އެއްޗެއް ކަމަށެވެ.
ނަމަވެސް އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން ފޯރުކޮށްދޭ ހަތިޔާރުގެ އެހީގައި ޔޫކްރޭން ސިފައިން ކުރަމުންދާ މަސައްކަތުގެ މައްޗަށް ކާމިޔާބު ހޯދުމަށް އެކަށީގެންވާ ހަތިޔާރެއް ނޫން ކަމަށް ވެސް ކިރްބީ ވިދާޅުވި އެވެ.
އުތުރު ކޮރެއާ އިން ބުނީ އެ ފަދަ ދޮގު ތުހުމަތުތައް އެމެރިކާ އިން އުތުރު ކޮރެއާގައި އަޅުވަނީ، ބައިނަލްއަގުވާމީ މުޖްތަމައުގައި އެ ގައުމުގެ ނަން ހުތުރު ކުރުމަށް ކަމަށެވެ. އޭގެ ބޭނުމަކީ އުތުރު ކޮރެއާ އިން އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ޚިލާފުވެއްޖެކަން ސާބިތުކޮށް، ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމަށެވެ.
އުތުރު ކޮރެއާގެ ބޮލުގައި އިތުރު ތުހުމަތުތަކެއް އެމެރިކާ އިން މި އެޅުވީ، އުތުރު ކޮރެއާ އިން އިތުރު ނިއުކްލިއާ ހަތިޔާރެއް އަޖުމަ ބަލަން ތައްޔާރުވަމުންދާ ކަމަށް ބުނެ، ހުޅަނގުގެ ގައުމުތަކުން ވާހަކަތަކެއް ފަތުރަމުން ދާތާ މަހެއްހާ ދުވަސް ވެފައިވަނިކޮށެވެ. އެފަދަ ހަތިޔާރެއް އަޖުމަ ބަލައިފި ނަމަ، ވަރުގަދަ އަސްކަރީ ރައްދެއް ދޭނެ ކަމަށް ބުނެ، އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ދެކުނު ކޮރެއާގައި އަސްކަރީ ފަރިތަކުރުންތަކެއް ވެސް ވަނީ ބާއްވައިފަ އެވެ.
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ރައީސް ޕުޓިން އުތުރު ކޮރެއާ އަށް ވަޑައިގަންނަވަނީ
ކިމްއާ އެކު ހުރިހާ ދާއިރާއަކުން މަޝްވަރާ ކުރެވޭނެ
ޕުޓިންއާ މަޝްވަރާ ކުރައްވަން ކިމް ރޭލުގައި ރަޝިޔާއަށް
ރަޝިއާއިން އަޅުވެތިކުރި ބައެއް ބިންތައް މިނިވަންކޮށްފި
ހުރިހާ ވަސީލަތަކުން ހުޅަނގަށް ރައްދު ދޭނަން: ރަޝިޔާ
ތިން ވަނަ ބޮޑުހަނގުރާމަ ވަރަށް ކައިރިވެއްޖެ: ރަޝިޔާ
އެފް-16 ދީފިއްޔާ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ
ރަޝިޔާއަށް ފޮނުވަން ހަތިޔާރެއް ނުއުފައްދަން: މިސްރު