12 އެޕްރީލް 2023
ރަޝިޔާ އިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި ބޭނުންކުރުމަށް ރަޝިޔާ އަށް ފޮނުވުމަށްޓަކައި އެއްވެސް ބާވަތެއްގެ ހަތިޔާރެއް މިސްރުގައި ނުއުފައްދާ ކަމަށް މިސްރު ސަރުކާރުން އިއްޔެ ބުނެފި އެވެ.
ރަޝިޔާ އިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި ބޭނުންކުރުމަށް ރަޝިޔާ އަށް ފޮނުވުމަށްޓަކައި އެއްވެސް ބާވަތެއްގެ ހަތިޔާރެއް މިސްރުގައި ނުއުފައްދާ ކަމަށް މިސްރު ސަރުކާރުން އިއްޔެ ބުނެފި އެވެ.
މިސްރު ސަރުކާރުން މިހެން މި ބުނީ، ރަޝިޔާ އަށް ފޮނުވުމަށްޓަކައި މިސްރުގެ އަސްކަރީ ކާރުޚާނާތަކުގައި 40000 ރޮކެޓް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދާ، އެމެރިކާ ސަރުކާރުގެ ސިއްރު ލިޔުންތަކެއްގައި ބުނެފައިވަނިކޮށެވެ. ފަޅާއަރާފައިވާ ސިއްރު ލިޔުންތަކުގައި ބުނެފައިވާ ގޮތުގައި މިސްރުގެ އަސްކަރީ ކާރުޚާނާތަކުގައި ރޮކެޓްތައް އުފައްދައި، ސިއްރިޔާތުގައި ރަޝިޔާ އަށް ފޮނުވުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް މިސްރުގެ ރައީސް އަބްދުލްފައްތާހް އައްސީސީ ވަނީ ކަމާ ބެހޭ އޮފިޝަލުންނަށް އަންގަވައިފަ އެވެ.
އެމެރިކާގެ ޖާސޫސުން ފޯރުކޮށްދީފައިވާ ސިއްރު މައުލޫމާތުގެ މައްޗަށް ބިނާކޮށް، ފެބްރުއަރީ މަހުގެ ތެރޭގައި އެމެރިކާގެ ދިފާއީ ވުޒާރާއިން ތައްޔާރުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުގައި ރައީސް ސިސީ އެކަމަށް އިރުޝާދު ދެއްވީ، މިސްރުގެ އަސްކަރިއްޔާގެ އިސް އޮފިސަރުންނާ ކުރެއްވި މަޝްވަރާއެއްގަ އެވެ. އެ މަޝްވަރާގެ ތެރޭގައި، މިސްރުގައި އުފައްދާފައި ހުރި ބޮޑުބަޑީގެ އުންޑަ އާއި ބަޑިބޭސް ވެސް ރަޝިޔާ އަށް ސިއްރިޔާތުގައި ފޮނުވުމަށް ރައީސް ސީސީ އިރުޝާދު ދެއްވި އެވެ.
އަދި އެ މަސައްކަތް ކުރިއަށް ގެންދާކަން އެނގިއްޖެ ނަމަ، ހުޅަނގުގ ގައުމުތަކާ ދެމެދު މައްސަލައެއް ޖެހިދާނެތީ، އެކަން ކުރަންވާނީ ވަރަށް ސިއްރިޔާތުގައި ކަމަށް ވެސް ރައީސް ސީސީ އިރުޝާދު ދެއްވި ކަމަށް، ފަޅާއަރާފައިވާ ލިޔުންތަކުގައިވެ އެވެ.
އެ ލިޔުންތަކާ ހަވާލާދީ އެމެރިކާގެ ވޮޝިންޓަން ޕޯސްޓުގައި ޝާއިއުކޮށްފައިވާ މި ވާހަކަތަކާ ބެހޭ ގޮތުން، މިސްރު ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ އެއީ އޮޅުވާލައި މަސްހުނިކޮށްފައި ހުރި މައުލޫމާތުތަކެއް ކަމަށެވެ. އަދި މިސްރުން ދުނިޔޭގެ ގައުމުތަކާ އެކު މިސްރުން ގެންގުޅެނީ، ވަކި ފަރާތަކަށް ބުރަނުވާ ހަމަހަމަ ސިޔާސަތެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މިސްރަކީ، އެމެރިކާ އިން އަސްކަރީ ގޮތުން އެންމެ ބޮޑަށް އެހީވާ އެއް ގައުމެވެ. އެމެރިކާ އިން އަސްކަރީ އެހީގެ ގޮތުގައި ކޮންމެ އަހަރަކު 1.3 ބިލިއަން ޑޮލަރު މިސްރަށް ދެ އެވެ. މި މައްސަލައާ ބެހޭ ގޮތުން އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވީ، މިސްރުން ރަޝިޔާ އަށް ހަނގުރާމައިގެ ހަތިޔާރު ފޯރުކޮށްދޭ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ މިސްރަކީ ދިފާއީ ރޮނގުންނާއި ސަލާމަތީ ކަންކަމުގައި އެމެރިކާގެ ވަރަށް މުހިންމު ބައިވެރިއެއް ކަމަށާއި، ކުރިމަގުގައި ވެސް އެ ގުޅުން އޮންނާނީ އެ ގޮތުގައި ކަމަށެވެ.
އެމެރިކާ ސަރުކާރުގެ މި ސިއްރު ލިޔުންތައް ފަޅާއެރުމާ ގުޅިގެން، އެމެރިކާގެ އެންމެ ގާތް ރަހުމަތްތެރި ގައުމުތަކުން ވެސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ސަބަބަކީ، އެންމެ ގާތް ރަހުމަތްތެރި ގައުމުތަކުގެ ގޮތުގައި ދެކޭ ގައުމުތަކަށް ވެސް، އެމެރިކާ އިން ފާރަލައި ޖާސޫސްކުރަމުންދާ ކަން، އެ ލިޔުންތަކުން ސާފުވާތީ އެވެ.
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ
ރަޝިއާއިން އަޅުވެތިކުރި ބައެއް ބިންތައް މިނިވަންކޮށްފި
ހުރިހާ ވަސީލަތަކުން ހުޅަނގަށް ރައްދު ދޭނަން: ރަޝިޔާ
ތިން ވަނަ ބޮޑުހަނގުރާމަ ވަރަށް ކައިރިވެއްޖެ: ރަޝިޔާ
އެފްރިކާގެ ރައީސް، ޕުޓިންއަށް: ހަނގުރާމަ ހުއްޓަލާ
އެފް-16 ދީފިއްޔާ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ
ރަޝިޔާ އާއި އެމެރިކާވެސް ޑްރޯންގެ ބައިތައް ހޯދާނެ
ރަޝިޔާގެ ބޯޓަކުން އެމެރިކާގެ ޑްރޯނެއް ވައްޓާލައިފި
ޔޫކްރޭންގައި ރަޝިޔާ އަށް ކާމިޔާބެއް ނުވާނެ: ބައިޑެން