04 ސެޕްޓެމްބަރ 2024
ބޯޑޯ (ސެޕްޓެމްބަރު 4) - ބަނގުރޫޓުވެގެން ރެލިގޭޓް ކޮށްލި ފްރާންސްގެ ބޯޑޯ، އަލުން ކޮޅަށް ޖެހުމުގެ މަސައްކަތް ފަށައިގެން، ހަތަރުވަނަ ޑިވިޝަންގައި އެޓީމުގެ ފުރަތަމަ މެޗުގެ ފަހު ވަގުތު ގޯލްކީޕަރު ޖަހައިދިން ގޯލުން ބަލި ނުވެ ސަލާމަތް ވެއްޖެ އެވެ.
ބޯޑޯ (ސެޕްޓެމްބަރު 4) - ބަނގުރޫޓުވެގެން ރެލިގޭޓް ކޮށްލި ފްރާންސްގެ ބޯޑޯ، އަލުން ކޮޅަށް ޖެހުމުގެ މަސައްކަތް ފަށައިގެން، ހަތަރުވަނަ ޑިވިޝަންގައި އެޓީމުގެ ފުރަތަމަ މެޗުގެ ފަހު ވަގުތު ގޯލްކީޕަރު ޖަހައިދިން ގޯލުން ބަލި ނުވެ ސަލާމަތް ވެއްޖެ އެވެ.
ނޭޝަނަލް 2 ލީގުގެ އާ ސީޒަންގައި ބޯޑޯ ކުޅެން ހަމަޖެހިފައިވާ ފުރަތަމަ ދެ މެޗު ވެސް ފަސްކުރުމާ ގުޅިގެން އެޓީމުގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ސްޓޭޑް ޕޮއިޓެވިންއާ ދެކޮޅަށް ކުޅެ އެއްވަރުކުރީ 1-1 އިންނެވެ.
ސަޕޯޓަރުން ނުވައްދާ ކުޅުނު މި މެޗުގެ ދެވަނަ ހާފުގައި އިދިކޮޅު ޓީމުން ޖެހި ގޯލާ އެކު މެޗު ނިމެން ދަނިކޮށް ބޯޑޯ ސަލާމަތް ކޮށްދިން ގޯލު، އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގައި 21 އަހަރުގެ ގޯލްކީޕަރު ލަސާނާ ޑިއަބާޓޭ ޖެހީ ހިލޭޖެހުމަކުން ހުރަސްވި ބޯޅަ ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.
ސެމީ ޕްރޮފެޝަނަލް ޓީމުތައް ކުޅޭ ނޭޝަނަލް އެކަކަށް ޕްރޮމޯޓް ވާނީ ނޭޝަނަލް ދޭއްގެ ލީގުގައި ވާދަކުރާ ގުރޫޕްގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. ޖުމްލަ 16 ޓީމާ އެކު ކޮންމެ ގުރޫޕެއްގެ ކުޅުން ކުރިއަށް ގެންދަނީ ލީގު އުސޫލުންނެވެ.
ފްރާންސްގެ އެއްވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހަ ފަހަރު ހޯދާފައިވާ ބޯޑޯއިން އެންމެ ފަހުން ކުޅުނީ ދެވަނަ ޑިވިޝަންގަ އެވެ. އެ ކްލަބްގެ މާލީ ހާލަތު އިންތިހާ އަށް ދަށަށް ގޮސްގެން ކްލަބް ހިންގާނެ ފަރާތެއް ހޯދުމަށް ކުރި މަސައްކަތް ވެސް ކާމިޔާބުނުވުމުން، ފާއިތުވި ސީޒަން ނިމުމާ އެކު، ޕްރޮފެޝަނަލް ކޮށް ކްލަބް ހިންގެން ނެތުމުން، ބަނގުރޫޓުވެފައިވާކަން އިއުލާނު ކުރި އެވެ.
ބޯޑޯ އަކީ އެ ގައުމުގެ ފުޓްބޯޅަ ލެޖެންޑް، ޒައިނުއްދީން ޒިދާން އާއި ބިސެންޓޭ ލިޒަރާޒޫ އަދި ކްރިސްޓޯފް ޑުގޭރީ އަދި މައުރީސިއޯ ޕޮޗެޓީނޯ ފަދަ ކުޅުންތެރިން ކުޅެފައިވާ ޓީމެކެވެ. އަދި ފަހުގެ ކުުޅުންތެރިންނަށް ބަލައިލާއިރު ބާސެލޯނާގެ ޖޫލްސް ކޫންޑޭ އާއި ރެއާލް މެޑްރިޑްގެ އޮރޭލިއަން ޗުއަމެނީ އަކީ ވެސް ވަނީ ބޯޑޯގެ އެކަޑަމީން ތަމްރީނުވި ކުޅުންތެރިންނެވެ.
ބޮލަށް ލިބުނު އަނިޔާގައި ބޯޑޯގެ ފޯވާޑް ކޯމާގައި
ބޯޑޯއާއެކު ކެރޯލް ފްރާންސްގެ ހަތަރު ވަނަ ޑިވިޝަނުގައި
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން
އޮލިމްޕިކްސްގެ ފެށުން ދިޔައީ ހައިޖާނު ބޮޑުކޮޮށް
އެންމެ ގިނަ ގޯލްގެ ރެކޯޑާއެކު ޖިރޫ ގައުމީ ޓީމާ ދުރަށް
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް
ފްރާންސް ސެމީއަށް، ރޮނާލްޑޯ ހުސްއަތާ ނިންމާލައިފި
ޔޫރޯގައި ފްރާންސްގެ ކީޕަރު ކުއްލިއަކަށް ގެއްލުން
ފްރާންސްގެ ގައުމީ ޓީމުގައި ރޯދަ ހިފުން މަނާކޮށްފި
ޕީއެސްޖީ އަށް ސީޒަނުގައި ފުރަތަމަ މޮޅު