11 ޖުލައި 2024
ޕެރިސް (ޖުލައި 11) - ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ގޮތުގައި އޮލިވިއޭ ޖިރޫ، 37، ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.
ޕެރިސް (ޖުލައި 11) - ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ގޮތުގައި އޮލިވިއޭ ޖިރޫ، 37، ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.
މިހާރު ކުރިއަށްދާ ޔޫރޯ މުބާރާތުގައި ކުއާޓާ ފައިނަލުން ފްރާންސް ކެޓުމާ އެކު ޖިރޫ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 137 މެޗު ކުޅެދީ، 57 ގޯލު ޖަހައިގެންނެވެ. ޔޫރޯގެ ކުއާޓާގައި ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގައި ޖިރޫ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފަ އެވެ.
ފްރާންސް އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފް ޖިރޫ ހޯދީ އެންމެ ފަހުން އޮތް ފީފާ ވޯލްޑް ކަޕުގަ އެވެ. އެއީ ކުރީގެ ފޯވާޑް ތިއެރީ އޮންރީ އަށް ވުރެ ގިނައިން، 52 ގޯލު ހަމަކޮށްގެންނެވެ.
ޖިރޫ ވަނީ މުބާރާތުގެ ކުރިން ވެސް އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް ބުނެފަ އެވެ. އިޓަލީގެ އޭސީ މިލާނާ އެކު ފާއިތުވި ތިން ސީޒަން ހޭދަ ކުރުމަށް ފަހު އޭނާ ވަނީ އެމެރިކާ ލީގުގެ ލޮސް އެންޖެލެސް އެފްސީއަށް ބަދަލުވެފަ އެވެ.
"އޭނާ ގައުމީ ޓީމާ އެކު އުފާވެރި ދުވަސްތަކެއް ހޭދަކޮށްފި. އޭގެ ތެރޭގައި ހިމެނޭނެ ބައެއް އުނދަގޫ ވަގުތުތައް ވެސް،" ޖިރޫގެ ރިޓަޔާމަންޓާ ގުޅޭގޮތުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުންޏެވެ.
"އޭނާ އަކީ ސީރިއަސްކަމާ އެކު ޕްރޮފެޝަނަލިޒަމްގައި ހިފަހައްޓާ މިސާލެއް. މި ޔޫރޯގައި ކުޅެން ލިބުނު ވަގުތު މަދުވިއަސް އޭނާ ހުރީ އަބަދުވެސް ސްކޮޑާ އެކު. އޭނާއަކީ ލީޑަރުންގެ ތެރެއިން އެކެއް."
ޖިރޫ އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅުނީ 2011 ވަނަ އަހަރު ލޯރެން ބްލެންކްގެ ކޯޗުކަމުގައި އެމެރިކާއާ ދެކޮޅަށެވެ. އޭނާ ވަނީ ޑެޝޯމްޕްސްގެ ކޯޗުކަމުގައި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަށި ހޯދި ޓީމުގައި ވެސް ހިމެނިފަ އެވެ.
އޭނާ އެ ފަހަރުގެ ވޯލްޑް ކާމިޔާބުކުރި ޓީމުގެ އެޓޭކު ލީޑުކުރި ނަމަވެސް ގޯލެއް ނުޖެހުނެވެ. އެއަށް ފަހު އެންމެ ފަހުން ގަތަރުގައި އޭނާ ހަތަރު ލަނޑު ޖެހިއިރު ފައިނަލުގައި އާޖެންޓީނާ އަތުން ފްރާންސް ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.
ބޯޑޯއާއެކު ކެރޯލް ފްރާންސްގެ ހަތަރު ވަނަ ޑިވިޝަނުގައި
ބޯޑޯގެ އާ ފެށުން؛ ސަލާމަތްވީ ކީޕަރު ޖެހި ގޯލުން
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން
އޮލިމްޕިކްސްގެ ފެށުން ދިޔައީ ހައިޖާނު ބޮޑުކޮޮށް
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް
ފްރާންސް ސެމީއަށް، ރޮނާލްޑޯ ހުސްއަތާ ނިންމާލައިފި
ޔޫރޯގައި ފްރާންސްގެ ކީޕަރު ކުއްލިއަކަށް ގެއްލުން
ފްރާންސްގެ ގައުމީ ޓީމުގައި ރޯދަ ހިފުން މަނާކޮށްފި
ބޮލަށް ލިބުނު އަނިޔާގައި ބޯޑޯގެ ފޯވާޑް ކޯމާގައި
ޖިރޫ ގޯލުގައި ތަފާތު ދައްކައި މިލާން މޮޅުކޮށްދީފި