01 ސެޕްޓެމްބަރ 2024
މެންޗެސްޓާ (ސެޕްޓެމްބަރު 1) – މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ކުރާ މަސައްކަތް އަގުވަޒަން ނުކުރިޔަސް ފަރުވާލެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.
މެންޗެސްޓާ (ސެޕްޓެމްބަރު 1) – މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ކުރާ މަސައްކަތް އަގުވަޒަން ނުކުރިޔަސް ފަރުވާލެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.
ޔުނައިޓެޑްގައި ޓެން ހަގް ހޭދަ ކުރި ދެ ސީޒަނުގައި އޭނާ ވަނީ އިނގިރޭސި އެފްއޭ ކަޕާއި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެކަމަކު އޭނާގެ މަސައްކަތް އަގުވަޒަން ނުކުރާ ކަމުގެ އިހްސާސް ނުކުރެވޭތޯ ސުވާލު ކުރުމުން އަޔެކްސްގައި ކާމިޔާބު ހޯދި ކޯޗު ބުނީ އޭނާ އަށް ލިބެންވާ ކްރެޑިޓް ނުލިބުނަސް ފަރުވާލެއް ނެތް ކަމަށެވެ.
އޭނާ އަށް މުހިންމު ކަމަކީ އަލުން ޔުނައިޓެޑްގެ ބިނާ ކުރުމުގެ މަސައްކަތް އޭނާ އަށް ކުރެވުން ކަމަށް ޓެން ހަގް ބުންޏެވެ.
"ކްރެޑިޓް ލިބުނަސް ނުވަތަ ކްރެޑިޓް ނުލިބުނަސް އަހަންނަކަށް ފަރުވާލެއް ނެތް،" ޓެން ހަގް ބުންޏެވެ.
"އަހަރެން ޖެހުނީ (އަލުން) މި ކްލަބް ބިނާ ކުރަން. އެ މަސައްކަތުގައި އަހަރެމެން ޒުވާން ކުޅުންތެރިން ގެނައީ. ޒުވާން ކުޅުންތެރިން ކުރިއެރުވީ. ތަށިތައް ހޯދީ. އެހެންވީމަ އަހަރެންނަށް އިތުރަށް ކުރެވޭނީ ކޮން ކަމެއް؟ އަހަންނަށް އެނގިފައިވާ ގޮތުގައި ސަޕޯޓަރުން ތިބީ އަހަރެންނާ މެދު ހިތްހަމަޖެހިގެން. ނަމަވެސް އެއީ އަހަންނާ މެދަކު ނޫން، އެއީ މެން ޔުނައިޓެޑާ މެދު ހިތްހަމަޖެހިގެން."
އޭނާ ބުނީ ކްލަބްގެ ލީޑާޝިޕާއި، މުޅި ޓީމުގައި ވެސް އުއްމީދުތަކެއް އެބައޮތް ކަމަށާއި ދެން އޮތީ ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން އެ ޓާގެޓްތައް ހާސިލްކުރުން ކަމަށެވެ.
ޔުނައިޓެޑުން މިރޭ ނުކުންނާނީ އެ ކްލަބްގެ ޒަމާންވީ ވާދަވެރިޔާ ލިވަޕޫލާ ދެކޮޅަށެވެ. ޔުނައިޓެޑްގެ ދަނޑުގައި މިރޭ ކުޅޭ މެޗަކީ ދެ ޓީމުގެ ސަޕޯޓަރުންނަށް ވެސް ހާއްސަ ކުރިމަތިލުމެއް ކަމަށް ޓެން ހަގް ބުންޏެވެ.
މިއީ ލިވަޕޫލްގެ ކޯޗުކަމާ އާން ސްލޮޓް ހަވާޅުވި ފަހުން ކުޅޭ ފުރަތަމަ "ބްރިޓިޝް އެލްކްލެސިކޯ" އެވެ. ޓެން ހަގާއި ސްލޮޓް އިނގިރޭސި ލީގުގައި ކުރިމަތިލާ ފުރަތަމަ މެޗަށް ވުމުން ނެދަލެންޑްސްގެ އެ ދެ ކޯޗުންގެ ވާދަވެރިކަން އިނގިރޭސި މީޑިއާތަކުން ދަނީ ޕްރޮމޯޓް ކުރަމުންނެވެ.
މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 8 ޖަހާއިރު އެވެ.
ޔުނައިޓެޑްގައި އަމޯރިމްވެސް ބުނީ ވަގުތު ބޭނުންވާ ކަމަށް
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ
ޔުނައިޓެޑްގައި ކަމެއް ސާބިތުކޮށްދޭން އަމޯރިމް ބޭނުންވޭ
ޑިލިޓް ދަނޑުން ފޮނުވާލުމުން ޓެން ހަގް ރަތަށް
ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ކަސެމީރޯ ބޮލަށް
ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ އެންމެ ދަށް ސީޒަން
މިއީ ދެއަތް ފުރަގަހަށްލައިގެން ފެތުން: ޓެންހަގް
ޕްރިމިއާ ލީގު ކަށަވަރުކުރުން އަންނަ ހަފުތާ އަށް
ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ އެންމެ ލަދުވެތި ސީޒަން
ކްލޮޕްގެ އެންމެ ހިތްދަތި ބައްޔާއެކު އުންމީދުތައް ފެނަށް