13 މެއި 2024
މެންޗެސްޓާ (މެއި 13) - މެންޗެސްޓާ ޔުނައިޓެޑްގެ ވަޒީފާއަކީ ދެ އަތް ފުރަގަހަށްލައިގެން ފެތުން ކަހަލަ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.
މެންޗެސްޓާ (މެއި 13) - މެންޗެސްޓާ ޔުނައިޓެޑްގެ ވަޒީފާއަކީ ދެ އަތް ފުރަގަހަށްލައިގެން ފެތުން ކަހަލަ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.
ޕްރިމިއާ ލީގުގައި ރޭ އާސެނަލް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވި އިރު އެ ޓީމަށް އޮތީ އަނިޔާގެ މައްސަލަތައް ކުރިމަތި ވެފަ އެވެ. ކެޕްޓަން ބްރުނޯ ފެނާންޑޭޒް، މާކޮސް ރަޝްފޯޑް، ހެރީ މެގުއާ އަދި މޭސަން މައުންޓަށް ވަނީ އަނިޔާ ވެފަ އެވެ.
މިޑްފީލްޑަރުންނާއި ޑިފެންޑަރުންނަށް އަނިޔާވެފައި ވުމުން މިޑްފީލްޑަރު ކާލޯސް ކަސެމީރޯ ވެސް ރޭ ގެ މެޗުގައި އަދާކުރަން ޖެހުނީ ޑިފެންޑަރެއްގެ ރޯލެވެ.
ޔުނައިޓެޑްގެ އެންމެ ހިތްދަތި ސީޒަނުގައި އެ ޓީމަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަޔެކްސްގެ ކުރީގެ ކޯޗު ޓެން ހަގް ބުނީ އޭނާގެ ވަޒީފާ ވަރަށް ބޮޑަށް އުނދަގޫވެއްޖެ ކަމަށެވެ.
ޔުނައިޓެޑް މިހާރު ވަނީ ލީގުގައި 14 މެޗުން ބަލިވެފަ އެވެ. މިއީ ޕްރިމިއާ ލީގު ތައާރަފް ކުރި ފަހުން އެ ޓީމު މިހާތަނަށް ލީގުގައި އެންމެ ގިނަ މެޗުން ބަލިވި ސީޒަނެވެ.
"ކޮންމެ ކޯޗަކަށް ވެސް އަބަދުވެސް މިއަށްވުރެ ރަނގަޅު ކަމެއް ކުރެވިދާނެ. އެކަމަކު އަހަރެން މިތާ ހުރީ ދެ އަހަރު، ހުރިހާ ކުޅުންތެރިން ސަލާމަތުން ތިއްބާ ބޭނުން ކުރަން އަހަންނަށް ލިބުނީ އެންމެ ފަހަރަކު. މިހާ ގިނަ އިންޖަރީތައް ހުރި ޓީމަކަށް ކުރިއަކަށް ނުދެވޭނެ،" ޓެން ހަގް ބުންޏެވެ.
ފުރަގަހަށް ދެއަތްލައިގެން ފެތުން ކަހަލަ ކަމެއް މިއީ. (އެގޮތަށް ފަތަމުން ވެސް) ބޯ ފެނަށް ވުރެ މަތީގައި ބަހައްޓަން ޖެހޭނެ. އެކަހަލަ ކަމެއް އަހަރެމެން މި ކުރަނީ."
ކުރިން އަޔެކްސް އަށް ކާމިޔާބު ހޯދައި ދިން ކޯޗު ބުނީ ޔުނައިޓެޑްގެ މިހުރިހާ ހާލަތެއްގެ މައްޗަށް ރިއާޔަތްކޮށް އެނަލައިޒް ކުރުން އެދޭ ކަމަށެވެ.
"އަހަރެމެންގެ ފަރާތުން ވާދަވެރިކަން ފެންނާނެ. އެކަމަކު އެންމެން ވެސް ބޭނުން ވާނީ އަހަރެމެން މޮޅުވާން. ހުރިހާ މެޗަކުން މޮޅުވާން ޖެހޭނެ. އެކަމަކު މިހާލަތުގައި މި ހުރިހާ އަނިޔާތަކާ އެކު މި ޓީމަށް އެކަމެއް ނުވާނެ،" ޓެން ހަގް ބުންޏެވެ.
ޔުނައިޓެޑް އޮތީ ލީގުގެ އަށްވަނައިގަ އެވެ. އެ މަގާމުގައި އޮވެގެން ލީގު ނިންމާލައިފިނަމަ، އެއީ ޕްރިމިއާ ލީގުގައި އެ ޓީމު އެންމެ ދަށްކޮށް ލީގު ނިންމާ ސީޒަނަށް ވާނެ އެވެ.
ޔުނައިޓެޑްގައި އަމޯރިމްވެސް ބުނީ ވަގުތު ބޭނުންވާ ކަމަށް
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ
ޔުނައިޓެޑްގައި ކަމެއް ސާބިތުކޮށްދޭން އަމޯރިމް ބޭނުންވޭ
ޑިލިޓް ދަނޑުން ފޮނުވާލުމުން ޓެން ހަގް ރަތަށް
ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ކަސެމީރޯ ބޮލަށް
އަގުވަަޒަން ނުކުރިޔަސް ފަރުވާލެއް ނެތް: ޓެން ހަގް
ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ އެންމެ ދަށް ސީޒަން
ޕްރިމިއާ ލީގު ކަށަވަރުކުރުން އަންނަ ހަފުތާ އަށް
ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ އެންމެ ލަދުވެތި ސީޒަން
ކްލޮޕްގެ އެންމެ ހިތްދަތި ބައްޔާއެކު އުންމީދުތައް ފެނަށް