20 މެއި 2024
ބްރައިޓަން (މެއި 20) –ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން މިހާތަނަށް ހޯދި އެންމެ ދަށް މަގާމުގައި އެ ޓީމުން ލީގު ނިންމާލައިފި އެވެ.
ބްރައިޓަން (މެއި 20) –ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން މިހާތަނަށް ހޯދި އެންމެ ދަށް މަގާމުގައި އެ ޓީމުން ލީގު ނިންމާލައިފި އެވެ.
ބްރައިޓަން އަތުން 2-0 ން މޮޅުވި ނަމަވެސް، ޔުނައިޓެޑް ލީގު ނިންމާލީ، ތާވަލުގެ އަށްވަނަ މަގާމުގައި އޮވެގެންނެވެ. އެއީ ޕްރިމިއާ ލީގު ތައާރަފު ކުރި ފަހު އިނގިރޭސި ލީގުގެ އެންމެ ދަށް މަގާމުގައި އޮވެގެން އެ ޓީމުން ސީޒަން ނިންމާލި ފަހަރެވެ.
މީގެ ކުރިން، އެންމެ ދަށްކޮށް ސީޒަން ނިމުނީ، ޑޭވިޑް މޮއިސް ޔުނައިޓެޑާ ހަވާލުވި ސީޒަން ކަމަށްވާ 2013-2014 ގެ ސީޒަނުގަ އެވެ. އެ ފަހަރު ޔުނައިޓެޑަށް ލިބުނީ ހަތްވަނަ އެވެ.
ރޭ ނިމުނު ލީގުގައި ޔުނައިޓެޑުން 14 މެޗުން ބަލިވި އެވެ. އެއީ ވެސް ޕްރިމިއާ ލީގު ތައާރަފު ކުރި ފަހުން ބަލިވުމުގެ ރެކޯޑްގައި ވެސް ޔުނައިޓެޑްގެ އެންމެ ދަށް ސީޒަނެވެ. އަދި ވެސް އިތުރު ހުތުރު ރެކޯޑެއް އެބައޮތެވެ. ޔުނައިޓެޑުން ނިންމާލީ ފައިދާ ގޯލެއް ނެތި ގެއްލުން އެއް ގޯލާ އެކު އެވެ. އެއީ 34 އަހަރު ފަހުން ގޯލް ޗާޓްގައި ކަނޑާފާހަގަ އަޅުވައިގެން އެ ޓީމުން ނިންމާލި ފުރަތަމަ ސީޒަނެވެ.
ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ބުނީ، އެ ޓީމަށް ލިބުނު މަގާމަކީ ގޯސް ނަތީޖާއެއް ކަމަށް އޭނާ ގަބޫލު ކުރާ ކަމަށެވެ. އަދި އޭނާގެ އެ ޓީމަށް އެއަށް ވުރެ ރަނގަޅު ކުރެވެން ޖެހޭނެކަމަށް އަޔެކްސްގެ ކުރީގެ ކޯޗު ބުންޏެވެ.
"ގާތްކުރާ ވަރަށް ވެސް ރަނގަޅެއް ނޫން. އަށްވަނަ އަކީ އެންމެ ގޯސް ނަތީޖާ. އެއީ ހަގީގަތެއް. އެކަމަކު މިއަށްވުރެ ރަނގަޅަށް ކަންތައް ކުރެވުނީސް،" ޔުނައިޓެޑްގައި ދެވަނަ ސީޒަން ހޭދަކުރަމުން އަންނަ ޓެންހަގް ބުންޏެވެ.
އެކަމަކު އަދި ވެސް ޔޫރޮޕާ ލީގުން ޖާގައެއް ހޯދުމުގެ ފުރުސަތު ޔުނައިޓެޑަށް އެބައޮތެވެ. އަންނަ ހޮނިހިރު ދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ އެފްއޭ ކަޕް ކާމިޔާބުކޮށްގެން ޔޫރަޕްގެ ދެވަނަ ރޭންކްގެ މުބާރާތުން ޔުނައިޓެޑަށް ޖާގަ ލިބޭނެ އެވެ.
ޔުނައިޓެޑްގައި އަމޯރިމްވެސް ބުނީ ވަގުތު ބޭނުންވާ ކަމަށް
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ
ޔުނައިޓެޑްގައި ކަމެއް ސާބިތުކޮށްދޭން އަމޯރިމް ބޭނުންވޭ
ޑިލިޓް ދަނޑުން ފޮނުވާލުމުން ޓެން ހަގް ރަތަށް
ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ކަސެމީރޯ ބޮލަށް
އަގުވަަޒަން ނުކުރިޔަސް ފަރުވާލެއް ނެތް: ޓެން ހަގް
މިއީ ދެއަތް ފުރަގަހަށްލައިގެން ފެތުން: ޓެންހަގް
ޕްރިމިއާ ލީގު ކަށަވަރުކުރުން އަންނަ ހަފުތާ އަށް
ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ އެންމެ ލަދުވެތި ސީޒަން
ކްލޮޕްގެ އެންމެ ހިތްދަތި ބައްޔާއެކު އުންމީދުތައް ފެނަށް