07 މެއި 2024
އިނގިރޭސި ޕްރިމިއާ ލީގު ތައާރަފް ކުރި ފަހުން، މިހާތަނަށް ކުރިމަތިވި އެންމެ ލަދުވެތި ސީޒަނާ މެންޗެސްޓާ ޔުނައިޓެޑް ކުރިމަތިލާން ޖެހިއްޖެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގު ތައާރަފް ކުރި ފަހުން، މިހާތަނަށް ކުރިމަތިވި އެންމެ ލަދުވެތި ސީޒަނާ މެންޗެސްޓާ ޔުނައިޓެޑް ކުރިމަތިލާން ޖެހިއްޖެ އެވެ.
ރޭ، ކްރިސްޓަލް ޕެލަސް އަތުން ބަލިވެ، ޔުނައިޓެޑަށް ވަނީ ޕްރިމިއާ ލީގުގެ ތާރީހްގައި އެއް ސީޒަނެއްގައި އެންމެ ގިނަ މެޗުން ބަލިވުމުގެ ލަދުވެތި ރެކޯޑާ ކުރިމަތި ވެފަ އެވެ.
އެއީ، މި ސީޒަނުގައި ޔުނައިޓެޑްގެ 13 ވަނަ ބައްޔެވެ. މީގެ ކުރިން، އެއަށް ވުރެ ދަށް އަދަދެއްގެ މެޗުން އެ ޓީމު ބަލިވެފައި ވަނީ 2021-2022 ގެ ސީޒަނާއި 2013-2014 ގެ ސީޒަނުގަ އެވެ. އެ ދެ ސީޒަންގައި ވެސް އެ ޓީމު ވަނީ 12 މެޗުން ބަލިވެފަ އެވެ.
ޕެލަސްގެ މި މޮޅާ އެކު އެ ޓީމަށް ވަނީ އިނގިރޭސި ފުޓްބޯޅައިގެ ތާރީހުގައި ޔުނައިޓެޑްގެ މައްޗަށް އެއް ސީޒަނެއްގައި ދެ ފަހަރުމަތިން މޮޅުވި ފުރަތަމަ ސީޒަނަށް ހަދައިފަ އެވެ.
މި ސީޒަނުގެ ފުރަތަމަ ހާފުގައި، ސެޕްޓެމްބަރު މަހު ޕެލަސްއިން ވަނީ 1-0 ން ޔުނައިޓެޑް ބަލިކޮށްފަ އެވެ.
ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް، މެޗަށް ފަހު ބުނީ އެ ޓީމަކީ ބަލި ކުރަން އުނދަގޫ ޓީމެއްގެ ގޮތަށް އޭނާ ބިނާ ކުރި ކަމަށެވެ.
"އެކަމަކު މިރޭ އަހަރެމެން މިވީ ބަލި ކުރަން ފަސޭހަ ޓީމަކަށް،" ޓެން ހަގް ބުންޏެވެ.
"މިއީ ވަރަށް ބޮޑު ހިތްދަތިކަމެއް. މިއީ އެންމެ ބޮޑު ބަލި. މިއަށް ވުރެ ރަނގަޅަށް މި ޓީމަށް ކުޅެވޭނެ. މިދިޔައީ ރަނގަޅަކަށް ނޫން. އަހަރެމެން މި ކުޅުނީ ޕްލޭންގައި އޮތް ގޮތަކަށް ނޫން. އަހަރެންމެ މެޗުގައި މަގާމުތައް ހަރަކާތްތެރިވީ ކަރުދާހުގައި ޕްލޭން ކުރި ގޮތަކަށް ނޫން. ގޯހެއް ހެދި ދާނެ. އެކަކު އަނެކަކުގެ ޖާގަ އަހަރެމެން ކަވަރުނުކުރަން. މިއީ ވަރަށް ދެރަވަރު ބައްޔެއް."
މި ވަގުތު ޔުނައިޓެޑް އޮތީ އަށް ވަނައިގަ އެވެ. ދެން ލީގުގައި އޮތީ ބާކީ ދެ މެޗެވެ. މިހާރު އޮތް މަގާމުގައި އެ ޓީމުން ނިންމާލައިފިނަމަ ޕްރިމިއާ ލީގު ތައާރަފު ކުރި ފަހުން އެ ޓީމުގެ އެންމެ ދަށް މަގާމުކަމުގައި މި ފަހަރު ވާނެ އެވެ.
ޔުނައިޓެޑްގައި އަމޯރިމްވެސް ބުނީ ވަގުތު ބޭނުންވާ ކަމަށް
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ
ޔުނައިޓެޑްގައި ކަމެއް ސާބިތުކޮށްދޭން އަމޯރިމް ބޭނުންވޭ
ޑިލިޓް ދަނޑުން ފޮނުވާލުމުން ޓެން ހަގް ރަތަށް
ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ކަސެމީރޯ ބޮލަށް
އަގުވަަޒަން ނުކުރިޔަސް ފަރުވާލެއް ނެތް: ޓެން ހަގް
ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ އެންމެ ދަށް ސީޒަން
މިއީ ދެއަތް ފުރަގަހަށްލައިގެން ފެތުން: ޓެންހަގް
ޕްރިމިއާ ލީގު ކަށަވަރުކުރުން އަންނަ ހަފުތާ އަށް
ކްލޮޕްގެ އެންމެ ހިތްދަތި ބައްޔާއެކު އުންމީދުތައް ފެނަށް