31 އޯގަސްޓް 2024
ޔުކްރެއިންގެ ކުޑަކުދިންތަކެއް ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ޑީޕޯޓްކުރި މައްސަލައިގައި ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ހައްޔަރުކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އަމުރު ނެރުނު ފަހުން އެ ކޯޓުގެ މެންބަރު ގައުމަކަށް ވަޑައިގަތުމަށް ޕުޓިން ފުރަތަމަ ފަހަރަށް ނިންމަވައިފި އެވެ.
ޔުކްރެއިންގެ ކުޑަކުދިންތަކެއް ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ޑީޕޯޓްކުރި މައްސަލައިގައި ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ހައްޔަރުކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އަމުރު ނެރުނު ފަހުން އެ ކޯޓުގެ މެންބަރު ގައުމަކަށް ވަޑައިގަތުމަށް ޕުޓިން ފުރަތަމަ ފަހަރަށް ނިންމަވައިފި އެވެ.
އަންނަ އަންގާރަ ދުވަހު ޕުޓިން މޮންގޯލިއާ އަށް ވަޑައިގަތުމަށް ނިންމަވާފައި ވާއިރު އެއީ އައިސީސީ މެންބަރު ގައުމެކެވެ. މިދިޔަ އަހަރުގެ މާޗް މަހު އައިސީސީން ޕުޓިންއާ ދެކޮޅަށް އަމުރު ނެރުނު ފަހުން އަދި އެ ކޯޓުގެ މެންބަރު ގައުމަކަށް ޕުޓިން ވަޑައެއް ނުގަންނަވަ އެވެ.
ރަޝިޔާ ސަރުކާރުގެ ތަރުޖަމާނެއް ކަމަށްވާ ޑިމިޓްރީ ޕެސްކޯވް އޭއެފްޕީއަށް ވިދާޅުވީ މޮންގޯލިއާއިން ޕުޓިން ހައްޔަރުކޮށްފާނެ ކަމުގެ ކަންބޮޑުވުމެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ މެންބަރު ކޮންމެ ގައުމަކަށް ވެސް އަދާކުރަންޖެހޭ ޒިންމާތަކެއް އޮންނާނެ ކަމަށާއި އެކަމަކު ޕުޓިންގެ މޮންގޯލިއާ ދަތުރު، ހަމަޖެހިފައިވާ ތާރީހުގައި ކުރައްވާނެ ކަމަށެވެ.
"އެއްވެސް ކަންބޮޑުވުމެއް ނެތް. އަޅުގަނޑުމެންގެ އެކުވެރި މޮންގޯލިއާއާ އެކު ވަރަށް ރަނގަޅަށް އަންނަނީ ވާހަކަ ދެކެވެމުން،" ތަރުޖަމާނު ވިދާޅުވި އެވެ.
ޕުޓިން ހައްޔަރުކުރަން ނެރެފައިވާ އަމުރާ ގުޅޭ ގޮތުން މަޝްވަރާކުރިތޯ ސުވާލުކުރުމުން ވިދާޅުވީ ހުރިހާ ކަމަކަށް ވެސް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.
މޮންގޯލިއާ އަކީ އައިސީސީގެ މެންބަރު ގައުމެއް ކަމަށް ވިޔަސް ރަޝިޔާ އަކީ މެންބަރެއް ނޫނެވެ.
މޮންގޯލިއާ އިން ޕުޓިން ހައްޔަރު ނުކުރިޔަސް އެޅޭނެ މާބޮޑު ފިޔަވަޅެއް ނޯވެ އެވެ. އެކަމަކު ޔުކްރެއިނުން ވަނީ ޕުޓިން ހައްޔަރުކޮށްދިނުމަށް މޮންގޯލިއާގައި އެދިފަ އެވެ. އެކަމަކު މޮންގޯލިއާ ސަރުކާރުން މިކަމާ ބެހޭ ގޮތުން އަދި ވާހަކައެއް ނުދައްކަ އެވެ. އައިސީސީއަކީ ފުލުހުންގެ ލަޝްކަރެއް އޮންނަ ތަނަކަށް ނުވާތީ، އަމުރު ރައްދުވާ މީހާ ހުންނަ ގައުމަކުން ހައްޔަރުކޮށްދިނިއްޔާ ނޫނީ ކުރެވޭނެ މާބޮޑު ކަމެއް ނޯވެ އެވެ.
މޮންގޯލިއާއިން ޕުޓިން ހައްޔަރު ނުކުރަން ނިންމައިފި ނަމަ، އައިސީސީގެ ފަނޑިޔާރުންނަށް އަހަރަކު އެއްފަހަރު ބާއްވާ އެސެމްބްލީ އޮފް ސްޓޭޓްސް ޕާޓީސް ގައި އައިސީސީގެ މެނޭޖިން ބޮޑީއަށް މައްސަލަ ހުށަހެޅޭނެ އެވެ.
މީގެ ކުރިން ވެސް މިފަދަ އަމުރުތަކުން ލިބުނީ ވަރަށް ކުޑަ ކާމިޔާބީއެކެވެ. އެސެމްބްލީގެ އޮޕްޝަންތައް މައިގަނޑު ގޮތެއްގައި އޮތީ ކުށްވެރިވާ ދައުލަތްތަކާ ދެކޮޅަށް އަނގަބަހުން ދަތިކުރުމުގެ ފިޔަވަޅުއެޅުމަށެވެ.
އައިސީސީން 2002 ވަނަ އަހަރުން ފެށިގެން ހައްޔަރުގެ 49 އަމުރެއް ނެރުނުއިރު ތަންފީޒުވީ އެންމެ 21 އަމުރެވެ. -- އޭއެފްޕީ
ޕުޓިންއަށް މޯދީ ދެންނެވީ ހަނގުރާމައަކީ ހައްލެއް ނޫނޭ
ރަޝިޔާ ސިފައިންގެއަށް ވެއްދި އިންޑިއާ މީހުން ދޫކޮށްލަނީ
ރަޝިޔާގައި ދިން ހަމަލާގައި މަރުވި އަދަދު 133 އަށް
ޕުޓިން ފަސް ވަނަ ދައުރަކަށް ރައީސްކަމަށް
ރައީސް ޕުޓިން އުތުރު ކޮރެއާ އަށް ވަޑައިގަންނަވަނީ
ކިމްއާ އެކު ހުރިހާ ދާއިރާއަކުން މަޝްވަރާ ކުރެވޭނެ
ޕުޓިންއާ މަޝްވަރާ ކުރައްވަން ކިމް ރޭލުގައި ރަޝިޔާއަށް
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ
ޔޫކްރޭންގެ ގޮވާން ބަނދަރަށް ރަޝިޔާ ހަމަލާ ދީފި
ޗައިނާގެ ދިފާއީ ވަޒީރު ރަޝިޔާ އާއި ބެލަރޫސް އަށް