28 އޯގަސްޓް 2024
ރާއްޖޭގެ ފުޓްބޯޅައިގެ މިހާރު އޮތް ހާލަތާ އެއްފަދަ އެއްވެސް ކަމެއް މީގެ ކުރިއަކުން އޭނާގެ ކެރިއާގައި ދިމާނުވާ ކަމަށް މާޒިޔާގެ އާ ކޯޗު ޑްރެގަން ޑުކަނޮވިޗް ބުނެފި އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ މިހާރު އޮތް ހާލަތާ އެއްފަދަ އެއްވެސް ކަމެއް މީގެ ކުރިއަކުން އޭނާގެ ކެރިއާގައި ދިމާނުވާ ކަމަށް މާޒިޔާގެ އާ ކޯޗު ޑްރެގަން ޑުކަނޮވިޗް ބުނެފި އެވެ.
މާޒިޔާގެ ކޯޗު ކަމުގައި އޭނާ ތައާރަފުކުރަން ބޭއްވި ޕްރެސް ކޮންފަރެންސްގައި ސާބިއާގެ ޑުކަނޮވިޗް ބުނީ މާޒިޔާގެ ޗެލެންޖަކީ އޭނާގެ ކެރިއާގައި ވެސް ކުރިމަތިވާ އެންމެ ބޮޑު ޗެލެންޖް ކަމަށެވެ.
އޮކްޓޯބަރު މަހު ފަހުކޮޅު އޭއެފްސީ ޗެލެންޖް ލީގުގައި މާޒިޔާ ވާދަކުރާނެ އެވެ. އެ މުބާރާތާ ކުރިމަތިލާއިރު ރާއްޖޭގެ ފުޓްބޯޅަ ހުއްޓިފައި އޮންނަތާ ނުވަވަރަކަށް މަސް ވެއްޖެ އެވެ.
މިދިޔަ އަހަރު ފަހު ކޮޅު ސީޒަން ނިންމާލި ފަހުން، ޓޮޕް ޑިވިޝަނުގައި އެއްވެސް މެޗެއް ނުކުޅެ އެވެ.
ބަންގްލަދޭޝްގެ ޝައިހް ރުސެލް އަށް ވެސް ކުރިން ކޯޗުކޮށް ދިން ޑުކަނޮވިޗް ބުނީ ލޯކަލް މުބާރާތެއް ނެތި އިންޓަނޭޝަނަލް މުބާރާތަކަށް ދާން ޖެހުމަކީ ބޮޑު ޗެލެންޖެއް ކަމަށެވެ.
އޭނާ ބުނީ މިހާރު އޮތް ހާލަތަކީ އަމިއްލަ ކޮންޓްރޯލްގައި އޮތް ކަމެއް ނޫން ކަމަށެވެ.
"ކަންތައްތައް އެހާ ފަސޭހަކޮށް ނެތް ހާލަތުގައި އެ ވާނެ ވަރަށް ބޮޑު ގޮންޖެހުމަކަށް. ކަންކަން ފަސޭހަކޮށް އޮތް ނަމަ އަހަރެމެން އަމިއްލަ ކޮންޓްރޯލްގައި އެހެން ކަންކަން ހައްލުކުރެވޭނެ. އެކަމަކު މިހާރު މިއޮތީ ވަރަށް ބޮޑު ގޮންޖެހުމެއް،" ޑުކަނޮވިޗް ބުންޏެވެ.
"މިއީ އަހަރެންގެ ކެރިއަރުގައި ވެސް ކުރިމަތިލާ އެންމެ ބޮޑު ޗެލެންޖް. އަހަންނަށް ބުނެވިދާނެ އަހަރެންގެ މުޅި ފުޓްބޯޅަ ކެރިއާގައި ވެސް މިކަލަހަލަ ހާލަތެއް ކުރިމަތި ނުވޭ. އަހަރެން އުއްމިދުކުރަނީ މި ހާލަތާ ކުރިމަތިލުމުގެ ހިތްވަރު އަހަންނަށް ލިބޭނެކަމަށް. މިހާލަތާ ކުރިމަތިލުމުގެ ގާބިލުކަން އަހަރެންގެ ކިބައިގައި އެބަހުރިކަން އަހަރެންގެ އަމިއްލަ ނަފުސަށް ގަބޫލު ކުރަން."
އޭނާ ބުނީ މި ހާލަތުގެ ސަބަބުން ޓީމަށް ކުރާ އަސަރު ކުޑަ ކުރުމަށް އޭނާގެ ތައްޔާރީތައް ބައްޓަން ކުރާނެ ކަމަށެވެ. އަދި އެކަމަށް މާޒިޔާގެ މެނޭޖްމެންޓުން ވެސް ތައްޔާރުވެް މަސައްކަތްކުރަމުންދާ ކަމަށް އޭއެފްސީ ކްލަބް މުބާރާތްތަކުގައި މީގެ ކުރިން ތަޖުރިބާ ހޯދާފައިވާ ކޯޗު ބުންޏެވެ.
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
މާލީ ތަފުސީލު ސްޕޯޓްސް ކޮމިޝަނަރަށް ފޮނުވީ މާޒިޔާއިން
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
އެފްއޭއެމުން ވަކިވި ޝާފިއު އާއި މުއާވިޔަތަށް ފާޑުކިޔަނީ
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ފުޓްބޯޅަ ކަލަންޑަރުގައި ބްރޭކް ގިނަވުމަކީ ކަންބޮޑުވުމެއް
ގޯލްޑް ކަޕްގެ ޓީމުތަކަށް އެފްއޭއެމްގެ ދަނޑުތައް ލިބޭނެ
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
އެފްއޭއެމްގެ އާ ޖެނެރަލް ސެކްރެޓަރީއަކަށް ނާހިލް