15 އޮކްޓޯބަރ 2023
އެފްއޭއެމްގެ ނައިބުރައީސް ކަމުން، އިސްތިއުފާ ދިން މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އާއި އެކްސްކޯ މެންބަރުކަމުން އިސްތިއުފާ ދިން ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލަށް ފާޑުކިޔުން އަމާޒު ވެއްޖެ އެވެ.
އެފްއޭއެމްގެ ނައިބުރައީސް ކަމުން، އިސްތިއުފާ ދިން މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އާއި އެކްސްކޯ މެންބަރުކަމުން އިސްތިއުފާ ދިން ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލަށް ފާޑުކިޔުން އަމާޒު ވެއްޖެ އެވެ.
ޝާފިއު އިއްޔެ ބުނީ އެފްއޭއެމްގެ މަގާމުން އިސްތިއުފާ ދިނީ މިދިޔަ މަހު ކުރީކޮޅު ކަމަށެވެ.
އެފްއޭއެމްގެ ރައީސް ކަމަށް ގައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ވާދަކުރާކަން ހާމަކޮށްފައިވާ ޕޯސްޓެއް ޝާފިއު ވަނީ އިއްޔެ ސޯޝަލް މީޑިއާގައި ޝެއާ ވެސް ކޮށްފަ އެވެ.
މި ފަހަކަށް އައިސް އެފްއޭއެމުން ބޭއްވި ހަރަކާތްތަކުން ޝާފިއު ފެނިފައެއް ނުވެ އެވެ. މި އަހަރު ބޭއްވި އެ އެސޯސިއޭޝަންގެ ކޮންގްރެސް އަށް ވެސް އޭނާ ހާޒިރު ވެފައެއް ނުވެ އެވެ.
އެކަމަކު އެފްއޭއެމްގެ ރައީސްް ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި އެންމެ ބޮޑަށް ކަންކަން ފަހިވި ކްލަބަކީ މާޒިޔާކަމަށް ފުޓްބޯޅައިގެ މަސައްކަތް ކުރާ މީހުން ބުނެ އެވެ.
"ބައްސާމް ކޮޅުގައި މާޒިޔާ އޮންނާނީ އެ ކްލަބަށް ކަންކަން ކޮށްދީގެންކަން ބައްސާމަށް އެނގޭތީ، އެހެން ކްލަބްތަކަށް ވުރެ ބޮޑަށް ކަންކަން ކޮށް ދިނީ މާޒިޔާ އަށް،" ފުރަތަމަ ޑިވިޝަންގައި މަސައްކަތް ކުރާ ކްލަބެއްގެ އިސް އޮފިޝަލަކު ބުންޏެވެ.
ޖުލައި 2020 ގެ ކޮންގްރެސްގައި ބައްސާމްގެ އެކްސްކޯ އަށް އިންތިހާބުވި، މުއާވިޔަތު އިސްތިއުފާ ދިން އިރު، އަންނަ މާޗް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަކުރަން އޭނާ ދަނީ ތައްޔާރު ވަމުންނެވެ.
ޖުލައި 2020 ގައި އެފްއޭއެމަށް އިންތިހާބުވި އެކްސްކޯ: އެ އެކްސްކޯއިން ދެ މެންބަރުން މިހާރު ވަނީ އިސްތިއުފާ ދީފަ --- ފައިލް ފޮޓޯ: އެފްއޭއެމް
ޝާފިއު އާއި މުއާވިޔަތު އިސްތިއުފާ ދިނަސް، ފާޑުކިޔުން އެބައޮތެވެ. ފުޓްބޯޅަ އާއި އެފްއޭއެމް ރިފޯމްކުރަން ގޮވާލާ ކެމްޕޭން ކުރާ ސޭވް އެފްއޭއެމްގެ އޮފިޝަލަކު ބުނީ، ބައްސާމްގެ ދައުރުގައި ރާއްޖޭގެ ފުޓްބޯޅަ އަޑިއަށް ގަނބިގެން ދިއުމުގެ ޒިންމާ ޝާފިއު އާއި މުއާވިޔަތު ވެސް އުފުލަން ޖެހޭނެ ކަމަށެވެ.
"ދައުރު ނިމެން ކައިރިވީމަތޯ އިސްތިއުފާ ދޭންވީ. ބައްސާމް ގިނަ ގޯސްތަކެއް ހެދިއިރު ވެސް މި މީހުން ތިބީ އެކައްޗެއްގެ ގޮތުގައި. އޭނާ ޒިންމާދާރު ކުރަން ކޮކީ އާއި މުއާބެ ކުރި ކަމެއް އެބައޮތްތަ،" ސުވާލު އުފައްދައި ސޭވް އެފްއޭއެމްގެ އޮފިޝަލް ބުންޏެވެ.
"މުއާބެގެ ކްލަބް [ގްރީން ސްޓްރީޓްސް] އޮތީ ފީފާގެ ސަސްޕެންޝަން [ޓްރާންސްފާ ބޭން] ގައި. އެ ފައިސާ ނުދައްކައި ތިބެ ބައްސާމް ދިފާއުކޮށް ދޭން ތިބި މަންޒަރު ވައިބާ ގުރޫޕަކުން ފެނުނު."
ޝާފިއު އާއި މުއާވިޔަތު އިސްތިއުފާ ދިނުމުން، އެފްއޭއެމްގެ އެކްސްކޯގައި މިހާރު ތިއްބަވނީ ހަތް މެންބަރުންނެވެ. އެއީ، ރައީސް ބައްސާމް، ނައިބުރައީސް އަލީ އުމަރު، އެކްސްކޯ މެންބަރުން މުފާވިޒް ހާޝިމް، (މިފާ) އަހްމަދު ނަޝީދު (ޑޭވް)، އަހްމަދު ޝަކީބް (ޑޮކް) އައިމިނަތު ޝާނީޒް (ޝާނީ) މުހައްމަދު ޝާފިއު އެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
މިކަހަލަ ހާލަތެއް ކުރިންދިމާނުވޭ: ޑުކަނޮވިޗް
މާލީ ތަފުސީލު ސްޕޯޓްސް ކޮމިޝަނަރަށް ފޮނުވީ މާޒިޔާއިން
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ގްރީން ބަލިކޮށް އީގަލްސްއިން މާޒިޔާއާ ކައިރިކޮށްފި
ރެފްރީންގެ ގޯސްތަކާ ހެދި ކަންބޮޑުވުން ސޯޝަލް މީޑިއާއަށް
ޓާނާގެ ހެޓްރިކުން މާޒިޔާއިން ބޮޑު މޮޅެއް ހޯދައިފި
ކޯޗަކު އެއް ކްލަބެއްގައި ދިގުމުއްދަތަކަށް ނުހިފެހެއްޓޭ!