05 ފެބުރުއަރީ 2024
އެފްއޭއެމުން ކްލަބްތަކަށް، މިދިޔަ ހަތަރު އަހަރު ދިން ފައިސާގެ ތަފުސީލު ހޯދުމަށް ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން އެންގުމުން އެ މައުލޫމާތު ކަނޑައެޅި ވަގުތުގައި ފޮނުވީ މާޒިޔާއިން އެކަނިކަން އެނގިއްޖެ އެވެ.
އެފްއޭއެމުން ކްލަބްތަކަށް، މިދިޔަ ހަތަރު އަހަރު ދިން ފައިސާގެ ތަފުސީލު ހޯދުމަށް ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން އެންގުމުން އެ މައުލޫމާތު ކަނޑައެޅި ވަގުތުގައި ފޮނުވީ މާޒިޔާއިން އެކަނިކަން އެނގިއްޖެ އެވެ.
މިދިޔަ ބުދަ ދުވަހު ސްޕޯޓްސް ކޮމިޝަނާ އޮފީހުން ކްލަބްތަކަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މިދިޔަ ހަތަރު އަހަރު ފީފާ ނުވަތަ އޭއެފްސީން ފަރާތުން އެފްއޭއެމުން މެދުވެރިވެގެން ދިން ފައިސާ ހަރދުކުރި ގޮތުގެ ތަފުސީލު އިއްޔެގެ ދޭއް ޖެހުމުގެ ކުރިން ފޮނުވައި ދިނުމަށެވެ.
"މިހާރު" އިން ބެލި ބެލުމުން އެ މުއްދަތުގައި، ތަފުސީލުތައް ފޮނުވީ މާޒިޔާއިން އެކަންޏެވެ.
ކޮންމެ ކްލަބަކަށް ވަކިވަކިން، ސްޕޯޓްސް ކޮމިޝަނާގެ އޮފީހުން ފޮނުވި ސިޓީގައި ބުނެފައި ވަނީ، ފީފާ ނުވަތަ އޭއެފްސީގެ ފަރާތުން އެފްއޭއެމް މެދުވެރިކޮށް ކްލަބްތަކަށް ފައިސާގެ އެހީއެއް ލިބެމުންދާކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އެ ފައިސާ ހަރަދުކުރާ ގޮތުގެ ތަފުސީލު ވެސް ފީފާ ނުވަތަ އޭއެފްސީގެ ޕޯޓަލް އަށް އަޕްލޯޑްކޮށް އަދި އެ ތަފުސީލުތައް އެފްއޭއެމަށް ވެސް ކްލަބްތަކުން ހިއްސާ ކުރަމުންދާ ކަމުގެ މައުލޫމާތު ވެސް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށް، ކްލަބްތަކަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.
އެ ތަފްސީލުތައް ހޯދަން ސްޕޯޓްސް ކޮމިޝަނާ އެންގުމުން، ހަތަރު ކްލަބަކަުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކްލަބް އީގަލްސް، ޔުނައިޓެޑް ވިކްޓަރީ އާއި ގްރީން ސްޓްރީޓްސް އަދި ބުރު ސްޕޯޓްސްގެ ފަރާތުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަން ޕްރެސް ކޮންފަރެންސެއް ބާއްވާފަ އެވެ.
މިދިޔަ ބުދަ ދުވަހު މެންހަޓަން ހޮޓެލްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކްލަބްތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އީގަލްސްގެ ޖެނަރަލް ސެކްރެޓަރީ ޖެނަރަލް ސެކެރެޓަރީ ސައީދު އަލީ ބުނި ގޮތުގައި މާޗް 31 ގެ ކުރިން އަހަރީ ރިޕޯޓް ހުށަހަޅަން ތައްޔާރުވެފައި ވަނިކޮށް، އެ ރިޕޯޓްގެ މާލީ ބައި އެކަނި އަންނަ އާދިއްތަ ދުވަހު ދޭއް ޖެހުމުގެ ކުރިން ފޮނުވަން އެންގުމަކީ ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް ރަނގަޅު ނިޔަތެއްގައި ކުރައްވާ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި މި ސިޓީއަކީ، މިހާރު ކުރިއަށްގެންދަން ހަމަޖެހިފައިވާ އެފްއޭއެމްގެ އިންތިހާބަށް ސްޕޯޓްސް ކޮމިޝަނާ ނުފޫޒު ފޯރުވުމުގެ ގޮތުން ފޮނުއްވާފައި އޮތް ލެޓާއެއް،" ޕްރެސް ކޮންފަރެންސްގައި ސައީދު ބުންޏެވެ.
އެ ހަތަރު ކްލަބަކީ، މިދިޔަ ބުރާސްފަތި ދުވަހު ބާއްވަން ކުރިން ހަމަޖައްސާފައި އޮތް އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލެއްވި މުފާވިޒު ހާޝިމަށް ތާއީދު ކުރި ކްލަބްތަކުގެ ތެރެއިން ހަތަރު ކްލަބެވެ.
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
މިކަހަލަ ހާލަތެއް ކުރިންދިމާނުވޭ: ޑުކަނޮވިޗް
އެފްއޭއެމްގެ މައްސަލާގައި ފީފާގެ ލަފާ ސަރުކާރުން ހޯދަނީ
އެފްއޭއެމް ވާނުވާގައި: އެޅޭނެ ފިޔަވަޅެއް ހަމަ ނެތީތަ؟
އެފްއޭއެމް ނުލައި ފީފާއިން ސަރުކާރާ މަޝްވަރާ ކުރަނީ
މާލީ ތަފުސީލު ހޯދަން ކޮމިޝަނަރު އެނގުމުން ނުރުހުން
އެފްއޭއެމްގެ އިންތިހާބު ނުބާއްވަަން ތޮލާލް އަންގައިފި
އިންތިހާބާގުޅޭ ތަފުސީލު އެފްއޭއެމުން ކޮމިޝަނަރަށް ނުދިން
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
އެފްއޭއެމުން ވަކިވި ޝާފިއު އާއި މުއާވިޔަތަށް ފާޑުކިޔަނީ