28 ފެބުރުއަރީ 2017
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އާއިލީ މަސްލަހަތު އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ތިން ރަށެއް ދޭން ނިންމުމަށް ފަހު އެ ރަށްތައް ހަވާލު ނުކުރި މައްސަލާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އެ ކުންފުނިން ދައުވާކުރި 112 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ) ދައުލަތުން ދައްކަން ނުޖެހޭނެ ކަމަށް ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އާއިލީ މަސްލަހަތު އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ތިން ރަށެއް ދޭން ނިންމުމަށް ފަހު އެ ރަށްތައް ހަވާލު ނުކުރި މައްސަލާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އެ ކުންފުނިން ދައުވާކުރި 112 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ) ދައުލަތުން ދައްކަން ނުޖެހޭނެ ކަމަށް ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.
ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން ހުށަޅި އަދަދު ނަގައިދެވެން ނެތް ކަމަށް ހުކުމް ކުރި ނަމަވެސް އެ ރަށްތަކުގެ އެޑްވާންސްގެ ގޮތުގައި ޑަބްލިއު.އެލް.ޓީ އިން ދައުލަތަށް ދެއްކި 16.9 މިލިއަން ޑޮލަރު (206 މިލިއަން ރުފިޔާ) ދައުލަތުން ޑަބްލިއު.އެލް.ޓީ އަށް އަނބުރާ ދިނުމަށް ދައުލަތަށް ވަނީ އަމުރުކޮށްފަ އެވެ.
ޑަބްލިއު.އެލް.ޓީ އިން ދައުވާކުރީ ސަރުކާރު ކުންފުނިތަކެއް ގުޅިގެން އުފައްދާފައިވާ އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް) ކުންފުނިން ޑަބްލިއު.އެލް.ޓީ އަށް ރިސޯޓް ހެދުމަށް ތިން ރަށެއް ދޭން 2007 ގައި ނިންމުމަށް ފަހު އެތަންތަން ހަވާލު ނުކުރި މައްސަލައިގަ އެވެ. އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 112 މިލިއަން ޑޮލަރާއި އެޑްވާންސަށް ދެއްކި 16.9 މިލިއަން ޑޮލަރު ހޯދަން ދައުވާ ކުރުމުން 2014 ގައި ސިވިލް ކޯޓުން ވެސް ނިންމީ 112 މިލިއަން ޑޮލަރު ދޭން ނުޖެހޭ ކަމަށާއި އެކަމަކު 16.9 މިލިއަން ޑޮލަރު ދޭންޖެހޭނެ ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކުރީ އެ މައްސަލަ ޑަބްލިއު.އެލް.ޓީ އާއި ދައުލަތުން އިސްތިއުނާފް ކުރުމުން އެ މައްސަލަ ބެލުމަށް ފަހު އެވެ. ޑަބްލިއު.އެލް.ޓީ އިން އިސްތިއުނާފްކުރީ 112 މިލިއަން ޑޮލަރު ދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި އޮތް ބަ އެވެ. ދައުލަތުން އިސްތިއުނާފް ކުރީ 16.9 މިލިއަން ޑޮލަރު ޑަބްލިއު.އެލް.ޓީ އަށް ދައުލަތުން ދޭންޖެހޭ ކަމަށް އެ ހުކުމުގައި އޮތް ބައެވެ.
މައްސަލަ ބެއްލެވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެ ހުކުމުގައި އެރަށްތައް ހަވާލު ކުރުމަކީ ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގެ ދަށުން އެއިމްސް ކުންފުނިން އަދާ ކުރަންޖެހޭ ޒިންމާ އެ ކުންފުނިން އަދާކޮށްފައި ނުވާ ކަމަށެވެ. އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ ކަމެއް ނުކޮށްފި ނަމަ އެކަމުން އަނެއް ފަރާތަށް ލިބޭ ގެއްލުމަށް ޒިންމާވާން ޖެހޭނެ ކަމަށާއި އެހެންވެ، އެއިމްސް ކުންފުނިން އަމަލުކުރި ގޮތުން ޑަބްލިއު.އެލް.ޓީ އަށް ލިބުނު ގެއްލުމަށް އެއިމްސް ކުންފުނިން ޒިންމާވާން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. ނަމަވެސް ލިބުނު ގެއްލުން ކަމަށް ބުނެ ޑަބްލިއު.އެލް.ޓީ އިން ހުށަހަޅާފައިވަނީ އޮޑިޓް ފާމަކުން ތައްޔާރުކުރި އެންމެ ރިޕޯޓެއް ކަމަށް ވާއިރު އޭގައި ވެސް ޑަބްލިއު.އެލް.ޓީ އިން ހޯދަން އެދިފައިވާ ބަދަލުގެ އަދަދުގެ ސައްހަކަމާ މެދު ސުވާލު އުފައްދާފައިވާ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ އެ ރިޕޯޓުގެ ހުއްޖިއްޔަތު އޭގެ ޒާތުގައި ގެއްލިގެން ގޮސްފައިވާ ކަމަށް ހުކުމުގައިވެ އެވެ.
މީގެ އިތުރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އެދޭ ފައިސާގެ ތެރޭގައި ގާނޫނީ ޚަރަދުގެ ހިމަނާފައި އޮތަސް އެފަދަ ޚަރަދެއް ނަގައި ދިނުމާ ގުޅޭގޮތުން އަމަލުކުރާނެ ގޮތަކާ މެދު ދެ ފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެއްބަސްވުމެއް ނެތުމުން ގާނޫނީ ޚަރަދަކީ ނަގަައިދެވޭނެ ފައިސާއެއް ނޫން ކަމަށް ވެސް ހުކުމުގައިވެ އެވެ.
ގާސިމްގެ ވިލާ ކުންފުންޏަށް ސަރުކާރުން ދިން ބައެއް ރަށްތަކާއި ފަޅުތައް ވެސް 2015 ގައި ސަރުކާރުން އަތުލި އެވެ. އޭގެ ތެރެއިން ބައެއް ތަންތަން އަތުލީ ގާނޫނާ އެއްގޮތަށް ކަމަށް ހައި ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ.
ޑަބްލިއުއަށް 16 މިލިއަން ޑޮލަރު ދޭކަށް ނުޖެހޭނެ
ޑަބްލިއުއެލްޓީގެ 1.7 ބިލިއަންގެ ދައުވާ ސުޕްރީމްކޯޓަށް
ހެވީލޯޑް ރަށްތައް ވިއްކުން މަޑުޖައްސާލަން އަންގައިފި
ދިއްފުށީފަޅުގެ މަސައްކަތް މަޑުޖެއްސުމުގެ އަމުރެއް ނުދިން
ޔޮޓް ޓުއާސުން 3.6 މިލިއަން ޑޮލަރު ދޭންޖެހޭ:ހައިކޯޓް
ޔޮޓް ޓުއާސް 29 މިލިއަން ޑޮލަރުން ސަލާމަތެއް ނުވި
އަލިދޫ ބަންދުކުރި މުއްދަތަށް ކުލި ނެގުން ނުހުއްޓުވޭނެ
މަރާމާތަށް ފަހު ރިހިވެލި ރިސޯޓު ހުޅުވައިފި
ދިއްފުށީ ފަޅުގެ މަސައްކަތް ހުއްޓުވީ ރަނގަޅަށް:ހައިކޯޓް
އެރިޔަދޫ ވިއްކާލުން މަޑުޖައްސާލަން އެންގީ ރަނގަޅަށް