24 ފެބުރުއަރީ 2022
ޔޮޓް ޓުއާސް އަށް ކުންފުންޏަށް ކުރިން ދޫކުރި ހއ. ބީނާފުށްޓާއި އެ ރަށް ކައިރީގައި އޮންނަ ކަނޑާލި ފިނޮޅުގެ ކުއްޔާއި ޖޫރިމަނާއަށް 3.6 މިލިއަން ޑޮލަރު (55 މިލިއަން ރުފިޔާ) ދައްކަން ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
ޔޮޓް ޓުއާސް އަށް ކުންފުންޏަށް ކުރިން ދޫކުރި ހއ. ބީނާފުށްޓާއި އެ ރަށް ކައިރީގައި އޮންނަ ކަނޑާލި ފިނޮޅުގެ ކުއްޔާއި ޖޫރިމަނާއަށް 3.6 މިލިއަން ޑޮލަރު (55 މިލިއަން ރުފިޔާ) ދައްކަން ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
އެހެން ރަށެއްގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް އިން ދައުލަތަށް ދައްކަން ޖެހުނު 29 މިލިއަން ޑޮލަރު (447 މިލިއަން ރުފިޔާ) ގެ ދަރަނި ދާދި ފަހުން ހައި ކޯޓުން ދަމަހައްޓާފައި ވަނިކޮށް، އެ ކޯޓުން އިއްޔެ ދެމެހެއްޓީ އެ ކުންފުންޏަށް 2013 ވަނަ އަހަރު ދޫކުރުމަށް ފަހު 2016 ވަނަ އަހަރު އަތުލި ބީނާފުށްޓާއި ކަނޑާލި ފިނޮޅުގެ ކުއްޔާއި ޖޫރިމަނާ އެވެ. މީރާ އިން ދައުވާ ކުރުމުން 3.6 މިލިއަން ޑޮލަރު ދައްކަން ސެޕްޓެމްބަރު 2017 ގައި ސިވިލް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ.
އެ މައްސަލަ ޔޮޓް ޓުއާސްގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެއްބަސްވުމުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ނެގި މިންވަރު އިންސާފުވެރި ނޫން ކަމަށް އެ ކުންފުނިން ބުނެފައި ވިޔަސް، އެއީ ޓޫރިޒަމްގެ ބޭނުމަށް ތަންތަން ކުއްޔަށް ދޫކުރުމުގެ ގަވާއިދުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ނަގަމުންދާ މިންވަރު ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މި މަރުހަލާގައި އޭގެ އަދުލުވެރިކަމާ މެދު ސުވާލު އުފެއްދިޔަސް، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.
ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން ނިންމެވީ އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ ފަނޑިޔާރު ހުސައިން ޝަފީއުގެ އިތުރުން ފަނޑިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.
ބީނާފުށްޓާއި ކަނޑާލިފިނޮޅު ސަރުކާރުން އަތުލި މައްސަލަ ވެސް ސިވިލް ކޯޓާއި ހައި ކޯޓުން ކުރިން ނިންމާފައި އޮތީ ދައުލަތާ އެއްކޮޅަށެވެ. މިދިޔަ ހަފުތާގައި ދައުލަތާ އެއްކޮޅަށް ހައި ކޯޓުން ނިންމީ ޔޮޓް ޓުއާސަށް ދޫކުރި ހއ. އަލިދޫ ރިސޯޓްގެ ކުއްޔާއި ޖޫރިމަނާގެ މައްސަލަ އެވެ.
އަލިދޫ ބަންދުކުރި މުއްދަތަށް ކުލި ނެގުން ނުހުއްޓުވޭނެ
ޔޮޓް ޓުއާސްގެ 29މ ޑޮލަރުގެ މައްސަލަ ހައި ކޯޓަށް
ހަތަރު ރަށް ވިއްކައިގެން ދައުލަތަށް 154 މިލިއަން
ޔޮޓް ޓުއާސް 29 މިލިއަން ޑޮލަރުން ސަލާމަތެއް ނުވި
ދިއްފުށީ ފަޅުގެ މަސައްކަތް ހުއްޓުވީ ރަނގަޅަށް:ހައިކޯޓް
ޔޮޓް ޓުއާސް އަތުން ބީނާފުށި އަތުލީ ރަނގަޅަށް:ހައިކޯޓް
ޓެކްސް ނުދެއްކުމުން ލައިސަންސް އާކޮށްނުދީ ހިފެހެއްޓޭނެ
ޑަބްލިއުއަށް 16 މިލިއަން ޑޮލަރު ދޭކަށް ނުޖެހޭނެ
ބީނާފުށި ސަރުކާރުން އަތުލީ ރަނގަޅަށް: ކޯޓު
ހޮނޑާފުށި އަތުލީ ގާނޫނާ ޚިލާފަށް: ހައި ކޯޓު