17 ފެބުރުއަރީ 2022
ހއ. އަލިދޫ ރިސޯޓްގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 29 މިލިއަން ޑޮލަރު (447 މިލިއަން ރުފިޔާ) ދައްކަން ޔޮޓް ޓުއާސްގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ވެސް ދަމަހައްޓައިފި އެވެ.
ހއ. އަލިދޫ ރިސޯޓްގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 29 މިލިއަން ޑޮލަރު (447 މިލިއަން ރުފިޔާ) ދައްކަން ޔޮޓް ޓުއާސްގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ވެސް ދަމަހައްޓައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް ކުންފުނިން ކުރިން ހިންގި އަލިދޫ ރިސޯޓްގެ ކުއްޔާއި އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާ ކުރުމުން ސިވިލް ކޯޓުން 2018 ވަނަ އަހަރު ހުކުމްކުރީ އެ ފައިސާ އެއް އަހަރުގެ ތެރޭގައި ދެއްކުމަށެވެ. އެއީ ކުއްޔަށް 5.6 މިލިއަން ޑޮލަރާއި ޖޫރިމަނާއަށް 23.4 މިލިއަން ޑޮލަރެވެ.
އެ މައްސަލަ ޔޮޓް ޓުއާސް ކުންފުނިން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ރިސޯޓްގެ ކުލީގެ ގޮތުގައި ޖޫރިމަނާގެ ގޮތުގައި ދަށު ކޯޓުން ނަގައިދިން މިންވަރަކީ މާ ބޮޑު އަދަދެއް ކަމަށް ކަމަށް ޔޮޓް ޓުއާސްއިން ބުންޏަސް، އެއީ ގަވާއިދު އޮތް ގޮތުން ޖޫރިމަނާއަށް ނެގޭ މިންވަރު ކަމަށެވެ. ރިސޯޓްތަކުގެ ކުލި ނެގުމުގެ ގަވާއިދު އޮތްގޮތުން ކުލި ނުދައްކާ ކޮންމެ ދުވަހަކަށް 0.5 ޕަސެންޓްގެ ރޭޓުން ޖޫރިމަނާ ނެގޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން އަލިދޫ ރިސޯޓް ކުއްޔަށް ދިނުމުގެެ އެއްބަސްވުމުގައި ވެސް ޖޫރިމަނާ އޮތީ އެ މިންވަރަށް ކަމަށާއި އަދި އެއީ އެހެން ރިސޯޓްތަކުގެ ކުލި ނުދެއްކުމުން ވެސް ޖޫރިމަނާގެ ގޮތުގައި ނަގަމުންދާ މިންވަރު ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ރިސޯޓް ކުލި ނެގުމުގެ ގަވާއިދުގެ އެ މާއްދާ ބާތިލް ނުކުރާހާ ހިނދަކު، އެއީ ޖޫރިމަނާގެ ގޮތުގައި ނަގަން އެކަށީގެންނުވާ އަދަދެއް ކަމަށް އެ މައްސަލާގެ ތެރެއިން ހައި ކޯޓަށް ނުނިންމޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ މޫސުން ގޯސްވެ، ލިބުނު ގެއްލުންތަކަކާ ގުޅިގެން އަލިދޫ ރިސޯޓް 2014 ވަނަ އަހަރު ބަންދުކުރި މުއްދަތަށް ކުއްޔާއި ޖޫރިމަނާ ނެގުން ހުއްޓުވެން ނެތް ކަމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައި ކޯޓުން ކުރިން ތާއީދު ކޮށްފައިވާ ކަމަށެވެ. އަދި ޔޮޓް ޓުއާސްއިން ދަށު ކޯޓަށް ހާޒިރުކުރަން އެދުނު ހެކިން ހާޒިރު ނުކޮށް އޮތަސް، އެއީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސަމީރެވެ.
އަލިދޫ ރިސޯޓުގެ ކުއްޔަށް 29 މިލިއަން ޑޮލަރު ދައްކަން ކުރި ހުކުމް ދެމެހެއްޓިއިރު، އެ ރިސޯޓަށް ލިބުނު ގެއްލުންތަކުގެ އިންޝުއަރެންސްގެ ގޮތުގައި 22 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދޭން އެލައިޑްގެ މައްޗަށް ސިވިލް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. އެ މައްސަލާގެ އިސްތިއުނާފް ހައި ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.
އަލިދޫ ބަންދުކުރި މުއްދަތަށް ކުލި ނެގުން ނުހުއްޓުވޭނެ
ޔޮޓް ޓުއާސް އަތުން ބީނާފުށި އަތުލީ ރަނގަޅަށް:ހައިކޯޓް
ޔޮޓް ޓުއާސްގެ 29މ ޑޮލަރުގެ މައްސަލަ ހައި ކޯޓަށް
ދިއްފުށީފަޅުގެ މަސައްކަތް މަޑުޖެއްސުމުގެ އަމުރެއް ނުދިން
22 މިލިއަން ޑޮލަރުގެ މައްސަލަ ސުޕްރީމް ކޯޓަށް
އެލައިޑުން 22 މިލިއަން ޑޮލަރު ދޭން ނުޖެހޭނެ:ހައިކޯޓް
ޔޮޓް ޓުއާސުން 3.6 މިލިއަން ޑޮލަރު ދޭންޖެހޭ:ހައިކޯޓް
ދިއްފުށީ ފަޅުގެ މަސައްކަތް ހުއްޓުވީ ރަނގަޅަށް:ހައިކޯޓް
އެރިޔަދޫ ވިއްކާލުން މަޑުޖައްސާލަން އެންގީ ރަނގަޅަށް
ބޭރު އާބިޓްރޭޝަންގެ މައްސަލައަކަށް ހައިކޯޓުން އަމުރެއް