29 ނޮވެމްބަރ 2020
ރާއްޖެ އިން ބޭރުގެ އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ރާއްޖޭގައި ހައި ކޯޓުން ފުރަތަމަ ފަހަރަށް ވަގުތީ އަމުރެއް މިއަދު ނެރެފި އެވެ.
ރާއްޖެ އިން ބޭރުގެ އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ރާއްޖޭގައި ހައި ކޯޓުން ފުރަތަމަ ފަހަރަށް ވަގުތީ އަމުރެއް މިއަދު ނެރެފި އެވެ.
އެ ކޯޓުން އެގޮތަށް ވަގުތީ އަމުރެއް ނެރުނީ ޖުމެއިރާ ވިޓަވެލި ރިސޯޓް ހިންގުމާ ގުޅޭގޮތުން ޖުމެއިރާ މެނޭޖްމަންޓް ސާވިސް ކިޔާ ކުންފުންޏަކާއި އެސްޕީއެޗް ކިޔާ ކުންފުންޏަކާ ދެމެދު ހަދާފައިވާ އެއްބަސްވުން އެސްޕީއެޗުން ބާތިލްކުރި މައްސަލައެއްގަ އެވެ. އެ އެއްބަސްވުން ބާތިލްކުރި މައްސަލަ ޖުމެއިރާ އިން ސިންގަޕޫރު އާބިޓްރޭޝަނަށް ހުށަހެޅުމަށް ފަހު، ރާއްޖޭގެ ހައި ކޯޓުގައި ޖުމެއިރާ އިން އެދުނީ އެ މައްސަލަ އާބިޓްރޭޝަނުން ނިމެންދެން ރިސޯޓު ހިންގުމުގެ ހައްގު ޖުމެއިރާގެ ކިބައިން ގެއްލިދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ޖުމެއިރާ އާއި އެސްޕީއެޗްއާ ދެމެދު 2008 ގައި ސޮއިކުރި އެއްބަސްވުން ބާތިލްކުރި މައްސަލަ ސިންގަޕޫރު އާބިޓްރޭޝަނަށް ޖުމެއިރާ އިން ހުށަހެޅުމުން އެ މައްސަލަ އާބިޓްރޭޝަންގައި ކުރިއަށް ދާ ކަމަށެވެ. އަދި އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލަތަކާ ގުޅިގެން ވަގުތީ ފިޔަވަޅު އެޅުމުގެ ބާރު ކޯޓުތަކަށް ލިބިގެންވާ ކަމަށް އާބިޓްރޭޝަންގެ ގާނޫނުގައި ބަޔާން ކޮށްފައިވާތީ އެފަދަ އަމުރެއް ހައި ކޯޓަށް ނެރެވިދާނެ ކަމަށް ހުކުމުގައި ވެ އެވެ.
ހުކުމުގައި ވަނީ އެއްބަސްވުން ބާތިލް ކުރުމުގެ ކުރިން ޖުމެއިރާއާ އެކު އެސްޕީއެޗުން މަޝްވަރާކުރި ކަން އެނގެން ނެތް ކަމަށާއި އަދި މިދިޔަ މެއި މަހު އެއްބަސްވުން ބާތިލް ކުރުމަށް ފަހު ޖެހިގެން އައި ދުވަހު އެހެން ކުންފުންޏަކާ އެކު އެސްޕީއެޗްއިން އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އާ ކުންފުންޏަކާ އެކު އެއްބަސްވުމެއް ހެދުމަކީ އެއްބަސްވުން ދަމަހައްޓަން ޖުމެއިރާ އިން ކުރާ މަސައްކަތްތަކަށް ހުރަސް އެޅުމަށްޓަކައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށާއި އެކަމަކު ޖުމެއިރާ އިން އެ ކުންފުނީގެ ހައްގުތައް ހިިމާޔަތް ކުރަން ލަސް ކުރުމެއް ނެެތި މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެ ހުކުމުގައިވަނީ އެސްޕީއެޗުން އަމަލުކުރި ގޮތުން ޖުމެއިރާ ކުންފުނީގެ ހައްގުތައް ހިމާޔަތް ކުރަން ވަގުތީ އަމުރެއް ނެރެ ނުދީފި ނަމަ، އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ޖުމެއިރާއަށް ލިބިދާނެ ކަމަށެވެ. އަދި އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލަ ނިމޭގޮތަކުން ޖުމެއިރާއަށް ބަދަލު ދޭން ޖެހިއްޖެ ނަމަ، އެ ބަދަލު ދެއްކުމުގެ ތަނަވަސްކަން އެސްޕީއެޗްގެ ކިބައިގައި ހުރިކަން އެ ކުންފުންޏަށް ދެއްކިފައިނުވާ ކަމަށް ވެސް ހައި ކޯޓުގައި ހުކުމުގައިވެ އެވެ.
އެހެންވެ، ހައި ކޯޓުގެ ހުކުމުގައިވަނީ ސިންގަޕޫރު އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލަ ނިމެންދެން ނުވަތަ ހައި ކޯޓުން އެހެން ގޮތަކަށް އަންގަންދެން ރިސޯޓް ހިންގުމުގެ އެއްބަސްވުމުގެ ދަށުން ޖުމެއިރާއަށް ލިބޭ ހައްގުތައް ދެމެހެއްޓުމަށާއި އަދި އެ ހައްގުތަކަށް އުނިކަން އަންނާނެ ކަމެއް ނުކުރުމުގެ އިތުރުން އެއްބަސްވުން ބާތިލް ކުރުމުގެ ކުރިން އޮތް ހާލަތަށް ބަދަލު ނުގެނައުމަށް އެސްޕީއެޗްގެ މައްޗަށް އަންގާ ކަމަށެވެ.
އެގޮތަށް އަމުރު ނެރުނީ އެ މައްސަލަ ބެއްލެވި އިސް ފަނޑިޔާރު ހާތިފް ހިިލްމީ އާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު ހުސައިން މަޒީދުގެ އިއްތިފާގުންނެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އިސް ފަނޑިޔާރު ހާތިފް އެވެ.
މީގެ ކުރިން އާބިޓްރޭޝަނާ ގުޅޭ ބައެއް މައްސަލަތައް ހައި ކޯޓުން ނިންމާފައިވެ އެވެ. އެކަމަކު ބޭރުގައި ހިނގަމުންދާ އާބިޓްރޭޝަންގެ މައްސަލައަކާ ގުޅިގެން ވަގުތީ އަމުރެއް ހައި ކޯޓުން މި ނެރުނީ އަލަށެވެ.
ދިއްފުށީފަޅުގެ މަސައްކަތް މަޑުޖެއްސުމުގެ އަމުރެއް ނުދިން
އިންޓަނޭޝަނަލް ބްރޭންޑެއްގެ ޖީއެމްއަކަށް ދިވެއްސެއް
ޔޮޓް ޓުއާސް 29 މިލިއަން ޑޮލަރުން ސަލާމަތެއް ނުވި
ދިއްފުށީ ފަޅުގެ މަސައްކަތް ހުއްޓުވީ ރަނގަޅަށް:ހައިކޯޓް
އެރިޔަދޫ ވިއްކާލުން މަޑުޖައްސާލަން އެންގީ ރަނގަޅަށް
ޔޮޓް ޓުއާސް އަތުން ބީނާފުށި އަތުލީ ރަނގަޅަށް:ހައިކޯޓް
ކުޑަމުރައިދޫގެ އެއްބަސްވުން ބާތިލްކުރުން ގޯސް: ހައިކޯޓް
އިރުފުށި މައްސަލަ ސަން ޓްރެވަލްސްއާ ދެކޮޅަށް ނިންމައިފި
ރިހިވެލީގެ ސަބް ލީސް ބާތިލްކުރީ ރަނގަޅަށް: ހައި ކޯޓް
ދޮރަގަލި ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރާކަށް ނުޖެހޭ