22 އޯގަސްޓް 2024
ސާފުތާހިރުކަމެއް ނެތް ތަނެއްގައި، ގަވާއިދާ ހިލާފަށް ކާބޯތަކެތި ތައްޔާރުކޮށް، ޕެކެޓު ކުރުމުގެ މަސައްކަތް ކުރަމުންދިޔަ އިތުރު ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގެންފި އެވެ.
ސާފުތާހިރުކަމެއް ނެތް ތަނެއްގައި، ގަވާއިދާ ހިލާފަށް ކާބޯތަކެތި ތައްޔާރުކޮށް، ޕެކެޓު ކުރުމުގެ މަސައްކަތް ކުރަމުންދިޔަ އިތުރު ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގެންފި އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން އިމިގްރޭޝަނުން ހިންގަމުން އަންނަ އޮޕަރޭޝަންތަކުގެ ތެރެއިން "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހު އެ ބިދޭސީން އަތުލައިގަތީ މ. ތްރީމޫން ބަލައި ފާސްކުރުމަށް ފަހު އެވެ.
އިމިގްރޭޝަނުން ބުނީ، އެ ގެ ބަލައި ފާސްކޮށް، އެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ގޭގެ ތެރޭގައި ވިއްކަން ތައްޔާރުކޮށް ލޯގޯ ޖަހާފައިވާ ޕެކެޓުތައް: މި ތަކެތި ވިއްކަނީ "މޯލްޑިވްސް ސުޕަ ކޮލިޓީ" ބްރޭންޑުގެ ނަމުގައި.-- ފޮޓޯ؛ އިމިގްރޭޝަން
ސާފުތާހިރުކަމެއް ނެތް އެ ތަނުގެ ތެރޭގައި އެ މީހުން ތައްޔާރު ކުރަމުން ދިޔަ ތަކެތީގެ ތެރޭގައި އާންމުކޮށް ފިހާރަތަކުން ގަންނަން ލިބެން ހުންނަ ތެލުލިފަތާއި މަސްމިރުހާއި ހިކިމަހުގެ އިތުރުން އެކި ކަހަލަ ގުޅަ އާއި ލުއިކާނާގެ ވައްތަރުތައް ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެ އިދާރާ އިން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި "މޯލްޑިވްސް ސުޕަ ކޮލިޓީ" ބްރޭންޑުގެ ނަމުގައި ފުށް ގުޅައާއި ރިހާކުރު ޗިޕްސްއާއި ކާޖާއާއި ތެލުލި ފަތް ވަނީ ޕެކެޓް ކޮށްފަ އެވެ.
މ. ތްރީ މޫން ގޭގައި ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ބަދިގޭގައި ބިދޭސީއަކު ހަރަކާތްތެރިވަނީ .-- ފޮޓޯ؛ އިމިގްރޭޝަން
ބިދޭސީން އެ ތަކެތި ތައްޔާރު ކުރަމުން ދިޔައީ ކުޑަވަރެއްގެ ޓިނު ބަދިގެއެއްގައި ބޮޑެތި ތާސް ބަހައްޓައިގެންނެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ތެލުލާން ތައްޔާރުކޮށްފައި ހުރި ގުޅަތަކުގެ މަތީގައި ވެސް ސަރަފޯހުގެ ބަދަލުގައި އަޅާފައި އޮތީ މުންޑެކެވެ. ތެލުލާފައި ހުރި ލުއިކާނާ އަޅާފައި ހުރީ ބޮޑެތި ޓައްޕުތަކަށެވެ.
ވިއްކަން ތައްޔާރުކޮށްފައިވާ ކާނާ ޕެކެޓުތައް -- ފޮޓޯ؛ އިމިގްރޭޝަން
އިމިގްރޭޝަނުން ވަނީ އެ ދުވަހު ބިދޭސީންގެ އެކޮމޮޑޭޝަން ޔުނިޓެއް ބަލައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 16 ބިދޭސީއަކު ވެސް ހިފަހައްޓައިފަ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންނާ ގުޅޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތާ ގުޅިގެން @PoliceMv އާއެކު މިދިއަ ހޯމަ ދުވަހު (19 އޮގަސްޓު 2024) ހިންގުނު ރެއިޑުގައި، ގ. މޫން ލައިޓް ވަނީ ބަލައި ފާސްކޮށްފައި. މިތަނުގެ 1 ވަނަ ފަންގިފިލާގައި… pic.twitter.com/rwTA2Yeinr
— Maldives Immigration (@ImmigrationMV) August 22, 2024
އެ މީހުން ހިފެހެއްޓީ ގ. މޫންލައިޓްގެ ބަލައި ފާސްކުރުމަށް ފަހުގަ އެވެ. އިމިގްރޭޝަނުން ބުނީ އެ ގޭގެ އެއް ވަނަ ފްލޯގައި ކާބޯތަކެތި ތައްޔާރުކޮށް، ބިދޭސީންނަށް ކެފޭ ހިންގަމުން ދިޔައިރު، ދެ ވަނަ ފްލޯ ހުރީ ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައި ކަމަށެވެ.
މި ގޮތަށް ބިދޭސީންތައް އިސްވެ، ނުތާހިރުކޮށް ކާބޯތަކެތި ހަދަން ބޭނުންކުރާ ގެތަކާއި ފްލެޓްތައް އިމިގްރޭޝަނުން ދާދި ފަހުން ވެސް ވަނީ ރެއިޑްކޮށް، ބައެއް މީހުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން، ފާއިތުވި ހަތް މަސް ތެރޭގައި 2،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާ ރެއިޑް އޮޕަރޭޝަންތަކުގައި، ކާބޯތަކެތި ތައްޔާރު ކުރުމުގައި ނުސާފުތާހިރު ވަރަށް މުޑުދާރު ތަންތަން ވެސް ވަނީ އާންމުންގެ ސަމާލު ކަމަށް ގެނެސްފަ އެވެ.
ބިދޭސީންގެ ފުޑް ފެކްޓްރީ ބަންދުކޮށް ދެ މީހަކު ބަންދަށް
ބުޅާ މަހުން ކާތަކެތި ތައްޔާރުކުރާ މީހާ އަތުލައިގެންފި
ބުޅާ މަހުން ކާތަކެތި ތައްޔާރުކުރާ ބިދޭސީއަކު ހޯދަނީ
4 މަސްތެރޭ އިމިގްރޭޝަން ވޮޗްއަށް 1،017 މައްސަލަ
ގަވާއިދާ ހިލާފަށް އުޅުނު 14 ބިދޭސީއަކު އިމިގްރޭޝަނަށް
ބިދޭސީންގެ ފީއިން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި
ރަށުމާރުކޭޓުން ގަވާއިދާ ހިލާފު 23 ބިދޭސީން އަތުލައިފި
ޝަމްއާން ދެއްވީ މާޔޫސްވިޔަ ނުދޭނެކަމުގެ ޔަގީންކަން
ނުގަވައިދުން އުޅުނު 4000 ބިދޭސީއަކު ފުރުވާލައިފި
ގަވާއިދާ ހިލާފްވި 30 ބިދޭސީއަކު ޑީޕޯޓްކޮށްފި