Roadha Mihaaru
ހުޅުމާލޭގައި ޑައިވް ސެންޓަރެއް ހަދަން ހުޅުވާލައިފި

ހުޅުމާލޭގައި ޑައިވް ސެންޓަރެއް ހަދަން ހުޅުވާލައިފި

16 އޯގަސްޓް 2024

ހުޅުމާލެ 1 ގައި ޑައިވް ސެންޓަރެއް ހަދަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހުޅުމާލެ 1 ގައި ޑައިވް ސެންޓަރެއް ހަދަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެޗްޑީސީން ބުނީ އެ މަޝްރޫއަށް ބިން ދޫކުރުމުގައި އިސްކަން ދޭނީ ލޭންޑް ލީސް މޮޑެލް އަށް ކަމަށެވެ. ނަމަވެސް، އެ ކޯޕަރޭޝަނަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެ އެވެ.

އީއޯއައިގައި، ޑައިވް ސެންޓަރުގައި ހިމަނާނެ އިކުއިޕްމަންޓްސްއާއި، ޑައިވް ސެންޓަރުގެ ކްލާސްތައް އަދި ޕެކޭޖްތަކުގެ ތަފްސީލު ހިމަނަންވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެއް ފަރާތަށްވުރެ ގިނައިން އެ މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފި ނަމަ މަޝްރޫއު ހަވާލުކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށެވެ.

އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ އެކްސްޕީރިއެންސް އަދި ސީއެސްއާރު ހިމެނެ އެވެ.

އެ މަޝްރޫއަށް ޝައުގުވެރިފާ ފަރާތްތަކުން އީއޯއައި ހުށަހެޅަން ޖެހެނީ މިމަހުގެ 29 ގެ ކުރިންނެވެ. އީއޯއައި ހުށަހަޅާނީ business@hdc.mv އަށެވެ.