08 އޯގަސްޓް 2024
ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާގެ މަރުގެ ޒިންމާ އިޒްރޭލުން ނަގަން ޖެހޭނެ ކަމަށާއި އީރާނުގައި ދިން އެ ހަމަލާގެ ސަބަބުން މުޅި ސަރަހައްދުގައި ހަމަނުޖެހުން އިތުރުވާނެ ކަމަށް އިސްލާމީ ގައުމުތަކުގެ ޖަމިއްޔާއިން އިއްޔެ ބުނެފި އެވެ.
ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާގެ މަރުގެ ޒިންމާ އިޒްރޭލުން ނަގަން ޖެހޭނެ ކަމަށާއި އީރާނުގައި ދިން އެ ހަމަލާގެ ސަބަބުން މުޅި ސަރަހައްދުގައި ހަމަނުޖެހުން އިތުރުވާނެ ކަމަށް އިސްލާމީ ގައުމުތަކުގެ ޖަމިއްޔާއިން އިއްޔެ ބުނެފި އެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީސް (އޯއައިސީ) ގެ ފޮރިން މިނިސްޓަރުން މިގޮތަށް ގަރާރެއް ފާސްކުރީ ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި ހާއްސަ ބައްދަލުވުމުގަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އެންމެ އިސްކޮށް މަސައްކަތްކުރާ ގަތަރުގައި ދިރިއުޅުއްވި ހަނިއްޔާ އަވަހާރަކޮށްލީ އީރާނަށް ވަޑައިގެން އުޅުއްވަނިކޮށް އޭނާގެ ގެޔަށް ދިން ހަމަލާއެއްގަ އެވެ. މި ހަމަލާއާ ބެހޭ ގޮތުން އިޒްރޭލުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އިސްލާމީ ގައުމުތަކުގެ ފޮރިން މިނިސްޓަރުން އެކުލަވާލި ގަރާރުގައި ބުނެފައިވަނީ "މި ރަހުމުކުޑަ ހަމަލާގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ އިސްތިއުމާރީ އިޒްރޭލުން" ކަމަށާއި މިއީ އީރާންގެ ސިޔާދަތީ ބާރުތަކަށް އަރައިގަތުމުގެ ސީރިއަސް މައްސަލައެއް ވެސް ކަމަށެވެ.
ހަނިއްޔާ އަވަހާރަކޮށްލި ހަމަލާއާ ބެހޭ ގޮތުން މީގެ ކުރިން ސައޫދީ އަރަބިއްޔާއިން މާބޮޑު ވާހަކައެއް ނުދެއްކި ނަމަވެސް އެ ގައުމުގެ ސަރުކާރުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އޯއައިސީގެ މި ވިސްނުން ސައޫދީން ވެސް ގަބޫލުކުރާ ކަމަށާއި އެއީ އެ ގައުމުން ވެސް ދެކޭ ގޮތް ކަމަށެވެ.
ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އޯއައިސީގެ މިހާރުގެ ޗެއާ، ގެމްބިއާގެ ފޮރިން މިނިސްޓަރު މަމަދޫ ޓަންގާރާ ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ލޭއޮހޮރުވުން ހަނިއްޔާގެ މަރުގެ ސަބަބުން އިތުރަށް ފުޅާވުމުގެ ބިރު އެބައޮތް ކަމަށެވެ.
"މި ނުރައްކާތެރި އަމަލަކީ މިހާރު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެ، މުޅި ސަރަހައްދުގައި ބޮޑު ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމެއް،" ޓަންގާރާ ވިދާޅުވި އެވެ.
ހަނިއްޔާ އަވަހާރަކޮށްލުމުން ފަލަސްތީނުގެ ރައްޔިތުން މިނިވަންކަމަށް ކުރާ މަސައްކަތް މަޑު ނުޖެހޭނެ ކަމަށާއި އޭގެ ބަދަލުގައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި އިންސާނީ ހައްގުތައް ހޯދުމުގެ މުހިންމުކަން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގައުމުތަކުގެ ސިޔާދަތާއި ސަރަހައްދީ އެއްބައިވަންތަކަމަކީ ބައިނަލްއަގްވާމީ ނިޒާމުގެ މައިގަނޑު އަސާސަކަށް ވާއިރު މި ކަންކަމަށް އިހުތިރާމް ކުރުމާއި ނުކުރުމުން ނުކުންނަ ބޮޑެތި ނަތީޖާތައް ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. -- އޭއެފްޕީ
ހަމާސްގެ އާ ވެރިޔަކަށް ސިންވާރް
ހަނިއްޔާ އަވަހާރަކޮށްލީ ކުރުރާސްތާ މިސައިލަކުން: އީރާން
ހަނިއްޔާގެ މަރާ ގުޅިގެން އިޒްރޭލުގެ ނުސީދާ ޖަވާބެއް
ހަނިއްޔާ އަވަހާރަކޮށްލީ މާކުރިން ހަރުކުރި ބޮމަކުން
ހަނިއްޔާ ފަސްދާނުލުން ހުކުރު ދުވަހު ގަތަރުގައި
ހަމާސްގެ ލީޑަރުގެ ތިން ދަރިން އަވަހާރަކޮށްލައިފި
ހަމާސްގެ ލީޑަރުގެ އަންހެން ކޮއްކޮ ހައްޔަރުކޮށްފި
ހަމާސްއިން ބޭނުމީ ދާއިމީކޮށް ހަމަލާތައް ހުއްޓުވުން
އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު މެދުއިރުމައްޗަށް
ފަލަސްތީނުގެ ދެ ސަރުކާރު އެއްބައިވަނީ