Roadha Mihaaru
މުޑުދާރު ގެއެއްގައި ކާތަކެތި ހަދަނިކޮށް އަތުލައިގެންފި

މުޑުދާރުކޮށް ހުރި ގެއެއްގެ ތެރޭގައި ކާބޯތަކެތި ތައްޔާރުކުރާ ބިދޭސީންތަކެއް އަތުލައިގެންފި

06 އޯގަސްޓް 2024

މީހުންނަށް ދިރިނޫޅެވޭ ވަރަށް ވިރާނާވެ އަދި މުޑުދާރުކޮށް ހުރި ގެއެއްގެ ތެރޭގައި ކާތަކެތި ތައްޔާރު ކުރަމުން ދިޔަ ތިން ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މީހުންނަށް ދިރިނޫޅެވޭ ވަރަށް ވިރާނާވެ އަދި މުޑުދާރުކޮށް ހުރި ގެއެއްގެ ތެރޭގައި ކާތަކެތި ތައްޔާރު ކުރަމުން ދިޔަ ތިން ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.

މާލޭގައި ހުންނަ އެ ގެ ބަލައި ފާސްކުރީ ބިދޭސީންގެ މައްސަލަތައް ރިޕޯޓްކުރުމަށް ގާއިމުކޮށްފައިވާ "އިމިގްރޭޝަން ވޮޗް" އަށް ލިބުނު ރިޕޯޓަކާ ގުޅިގެން މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މިއަދު ހައްޔަރުކުރި ބިދޭސީން ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ތަނުން ހައްޔަރުކޮށްގެން ގެންދަނީ.-- ފޮޓޯ: އިމިގްރޭޝަން

މިއަދު ހައްޔަރުކުރި ބިދޭސީން ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ތަނުން ހައްޔަރުކޮށްގެން ގެންދަނީ.-- ފޮޓޯ: އިމިގްރޭޝަން

ރިޕޯޓުކޯށްފައިވަނީ މީހުންނަށް ދިރިނޫޅެވޭ ވަރަށް ވީރާނާ ވެފައިވާ ގެއެއްގައި ވިޔަފާރި އަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ މައްސަލައެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެތަން ބަލައި ފާސްކުރިއިރު އާންމު ފިހާރަތަކުގައި ވިއްކަން ހުންނަ ގިނަ އަދަދެއްގެ ކާބޯތަކެތި އެ ގޭ ތެރެއިން ފެނިފައިވާ ކަމަށާއި އެކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

މިއަދު ހައްޔަރުކުރި ބިދޭސީން ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ތަން..-- ފޮޓޯ: އިމިގްރޭޝަން

މިއަދު ހައްޔަރުކުރި ބިދޭސީން ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ތަން..-- ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަނުން އާންމުކޮށްފައިވާ މި އޮޕަރޭޝަންގެ ފޮޓޯތަކުން ފެންނަ ގޮތުގައި ބިދޭސީން ތައްޔާރުކުރަމުން ދިޔަ ތަކެތީގެ ތެރޭގައި ރިހާކުރު ގުޅަ އާއި ކުދިގުޅަ އާއި ތެލުލިފަތާއި ފޯއްޕެކެޓާއި ކިއްލި ޕެކެޓުކުގައި ހުރީ ފޫޖަހައިފަ އެވެ. ތަނުގެ ތެރޭގައި ތަރުތީބެއް ނެތި ތަކެތި ހުރިއިރު، ބޭނުންކުރާ ސާމާނުތައް ވެސް ފެނުނީ ނުތާހިރުކޮށެވެ.

މި ގޮތަށް ބިދޭސީންތައް އިސްވެ، ކާބޯތަކެތި ހަދަން ބޭނުންކުރާ ގެތަކާއި ފްލެޓްތައް އިމިގްރޭޝަނުން ދާދި ފަހުން ވެސް ވަނީ ރެއިޑްކޮށް، ބައެއް މީހުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން، ފާއިތުވި ހަތް މަސް ތެރޭގައި 2،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. މިގޮތަށް ހިފަހައްޓާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ނުދޭން އިމިގްރޭޝަނުން ވަނީ ނިންމައިފަ އެވެ.

މިއަދު ހައްޔަރުކުރި ބިދޭސީން ކާބޯތަކެތި ތައްޔާރުކުރަމުންދިޔަތަން..-- ފޮޓޯ: އިމިގްރޭޝަން

މިއަދު ހައްޔަރުކުރި ބިދޭސީން ކާބޯތަކެތި ތައްޔާރުކުރަމުންދިޔަތަން..-- ފޮޓޯ: އިމިގްރޭޝަން

ބިދޭސީން ހިންގާ ކުދި ރީޓެއިލް ފިހާރަ އަދި ޓޭކްއަވޭ ކޮފީ ޝޮޕްތަކުންނާއި މާލޭގައި ހިންގާ ހަށި ވިއްކާ ތަންތަނުން ވެސް ބިދޭސީން ވަނީ ހައްޔަރު ކޮށްފަ އެވެ. އިިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ވިޔަފާރިތައް ބަލައި ގާނޫނީ އިމުގެ ތެރެއަށް ބިދޭސީން ފައްތާނެ އެވެ. އޮޕަރޭޝަން ހުއްޓާލާނީ، އެ މަސައްކަތުގެ ނަތީޖާ ނެރުމަށް ފަހު ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.