ބަދަލުގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިން ފައިސާގެ ތަފްސީލު ހޯދަން މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.
31 ޖުލައި 2024
ބަދަލުގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިން ފައިސާގެ ތަފްސީލު ހޯދަން މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.
މި މައްސަލަ ކޮމިޓީއަށް ވެއްދީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެ އެވެ. އޭނާ ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު ތެރޭ ދެ ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ބަދަލަށް ހޭދަކޮށްފައިވާ ކަމަށެވެ.
"މިހާ ބޮޑު އަދަދެއް ބަދަލުގެ ގޮތުގައި ދީފައިވީ އިރު އަޅުގަނޑުމެން އެބަޖެހޭ ކަންނޭގެ ބަލާލަން ބަދަލުގެ ގޮތުގައި މި ދެވިފައިވަނީ ކޮން ގޮތަކަށް ކަން،" އޭނާ ވިދާޅުވި އެވެ.
މަމްދޫހު ހުށަހެޅި އެއް މައްސަލަ ތާއީދު ކުރެއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގެވެ.
ކުރީ އަހަރު ނިމުނު އިރު ދައުލަތުން ވަނީ ބަދަލު ދޭން 556 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އެއީ ބަޖެޓު ކުރި އަދަދަށް ވުރެ ފަސް ގުނަ އިތުރު އަދަދެކެވެ. ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ބަދަލު ދޭން ކަނޑައަޅާފައިވަނީ 101 މިލިއަން ރުފިޔާ އެވެ. މިހާރު ވަނީ އެ އަދަދަށް ވުރެ އިތުރަށް ހޭދަކޮށްފަ އެވެ.
މިދިޔަ 13 އަހަރުގެ ތެރޭގައި އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދައުލަތުން ހަރަދު ކުރީ 2.7 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 74 ޕަސެންޓް ދޫކޮށްފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. އެ ފަސް އަހަރު ބަދަލުގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެ އެވެ.
ދައުލަތުގެ ޖުމްލަ ހޭދަ 15 ޕަސެންޓު ކުޑަވެއްޖެ
އެއް ބިލިއަން ދައްކައިފި، ބާކީ 1.5 ބިލިއަން
ސަބްސިޑީއަށް ކުރި ހޭދަ 650 މިލިއަނުން ކުޑަކޮށްފި
ދައުލަތުގެ ބަޖެޓު އަރަނީގައި ހިފަހައްޓާތާ ހަތް މަސް
އިންވެސްޓްމެންޓްތަކަށް ސަރުކާރުން އެއް ބިލިއަން ރުފިޔާ
5 ބިލިއަންގެ ދަރަނި ދެއްކިޔަސް، ބަޖެޓު ސާޕްލަސްގައި!
ހަރަދު 23 ޕަސެންޓު ދަށް، އާމްދަނީ 6 ޕަސެންޓު އިތުރު
4 މަހުން ދައުލަތަށް 16.7 ބިލިއަންގެ އާމްދަނީއެއް
ފަސް މަހުން އާސަންދައަށް 950 މިލިއަން ހޭދަކޮށްފި
ސަބްސިޑީ ދޭން ކުރި ހޭދަ 21 ޕަސެންޓު ދަށް