Roadha Mihaaru
އަތަމާ އަބްދުއްލަތީފް އަވަހާރަވެއްޖެ

އަތަމާ އަބްދުއްލަތީފް އަވަހާރަވެއްޖެ

29 ޖުލައި 2024

ދިވެހިން ހައްޖަށް ގެންދިއުމުގެ ހިދުމަތް ދެއްވި އަބްދުއްލަތީފް ހުސައިން (އަތަމާ އަބްދުއްލަތީފް) އަވަހާރަވެއްޖެ އެވެ.

ދިވެހިން ހައްޖަށް ގެންދިއުމުގެ ހިދުމަތް ދެއްވި އަބްދުއްލަތީފް ހުސައިން (އަތަމާ އަބްދުއްލަތީފް) އަވަހާރަވެއްޖެ އެވެ.

އަތަމާ އަބްދުއްލަތީފް އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދެވެ. އޭނާ އަވަހާރަވިއިރު އުމުރުފުޅަކީ 94 އަހަރެވެ.

އަތަމާ އަބްދުއްލަތީފަކީ ރާއްޖޭގައި ހައްޖަށް ދިވެހިން ގެންދިއުމުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދެއްވި ދެއްވި ބޭފުޅެކެވެ. އަތަމާ ހައްޖު ގްރޫޕްގެ ނަމުގައި ގިނަ އަހަރުތަކެއް ވަންދެން އޭނާގެ ބެއްލެވުމުގެ ދަށުން ހައްޖު ގްރޫޕެއް ވެސް ހިންގެވި އެވެ.

އަބްދުއްލަތީފްގެ ހިދުމަތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން 1991 ވަނަ އަހަރު ހާއްސަ ހިދުމަތުގެ ދާއިރާއިން ދައުލަތުން އިނާމު ވެސް ދެއްވި އެވެ.

މީގެ އިތުރުން އެހެން ބައެއް ވިޔަފާރިތަކުގައި ވެސް އަބްދުއްލަތީފް ހަރަކާތްތެރިވެ ވަޑައިގަތެވެ.