Roadha Mihaaru
ބަރަހާނަކޮށް ބިރުދައްކައިގެން ފޭރުނު ބަޔަކު ހައްޔަރު

މީހަކު ބަރަހާނަކޮށް، ބިރު ދައްކައިގެން ފޭރުނު ބަޔަކު ހައްޔަރުކޮށްފި

27 ޖުލައި 2024

މާލޭގެ ގެއަކަށް މީހަކު ވައްދައި، އެ މީހާ ބަރަހަނާކޮށް ބިރު ދައްކައިގެން ފައިސާ ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މާލޭގެ ގެއަކަށް މީހަކު ވައްދައި، އެ މީހާ ބަރަހަނާކޮށް ބިރު ދައްކައިގެން ފައިސާ ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، މިދިޔަ ބުދަ ދުވަހު މާލޭގެ ގެއަކަށް މީހަކު ވައްދައި، އެ މީހާ ބަރަހަނާކޮށް، ބިރު ދައްކައިގެން ކޭޝް ކާޑުގެ ޕިން ހޯދުމަށް ފަހު، އެކައުންޓްގައިވާ ފައިސާތައް ފޭރިގަނެފައިވާ ކަމަށެވެ.

އެހެންވެ، އެ މައްސަލައާ ގުޅިގެން އުމުރުން 26 އަހަރާއި 35 އަހަރުގެ ދިވެހި ދެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެކެއްގެ ބަންދަށް 30 ދުވަސް އަދި އަނެއް މީހާގެ ބަންދަށް 60 ދުވަސް ކޯޓުން ދީފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި ފަހަކަށް އައިސް މީހުންނަށް ބިރު ދައްކައިގެން ފޭރުމާއި ރަހީނު ކޮށްގެން ފޭރުން ފަދަ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.