ޗެނަލް-13 އިން ގެނެސްދިން އިންޓަވިއުއެއްގައި "ދޮގު ހެކި ބަސްދޭ" ފުލުހުން ކޮށާލާނެ ކަމަށް ބުނެ އިންޒާރުދިން، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރަކު މިއަދު ހައްޔަރުކޮށްފި އެވެ.
19 ފެބުރުއަރީ 2021
ޗެނަލް-13 އިން ގެނެސްދިން އިންޓަވިއުއެއްގައި "ދޮގު ހެކި ބަސްދޭ" ފުލުހުން ކޮށާލާނެ ކަމަށް ބުނެ އިންޒާރުދިން، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުސް އޮފީހުން ބުނީ ފުލުހުންނަށް ހެކި ބަސްދޭ މީހުންނަށް އިންޒާރުދީ، ބިރު ދެއްކި މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، އުމުރުން 51 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިިވާ ކަމަށެވެ. ހައްޔަރުކުރީ ގ. ރަންހިރި އަބްދުއްސަމަދެވެ.
އޭނާ ހައްޔަރުކުރީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ހެކި ފޮރުވައި ނުވަތަ ހެކި ނައްތައިލުމަށް މަސައްކަތްކޮށްފާނެ ކަމަށް ބުނެ އެވެ.
އިދިކޮޅުން މިހާރު މާލޭގައި ސިލްސިލާކޮށް ކުރާ މުޒާހަރާއެއްގެ ތެރެއިން އެ މީހާ އިންޓަވިއު ދެމުން ބުނީ "އަޅުގަނޑުމެން ޖަލުގައި ބަންދުކުރުމަށް ދޮގު ހެކި ދިން ފުލުހުން ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ހައްގު އެ މީހުންނާ އަރާ ހަމަކުރާނެ" ކަމަށެވެ.
އޭނާ ބުނިގޮތުގައި ދެން އަންނަ ދައުރެއްގައި ވެރިކަން ކުރާނެ އިދިކޮޅުންނެވެ. އަދި އެ ވެރިކަމުގައި، ހެކި ބަސް ދިން މީހުން ވެސް ޖަލުގެ ތޭރިތަކަށް ދާނެ ކަމަށާއި އެ މީހުން "ވަކިވަކިން ކޮށާލާނެ" ކަމަށް އޭނާ ބުންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި ހުޅުމާލޭ ދެވަނަ ފޭސް އިން ފްލެޓް ދީފައި ވަނީ އޮޅުވާލައިގެން ކަމަށް ބުނެ، އިދިކޮޅުން މިއަދު ވެސް ވަނީ މުޒާހަރާކޮށްފަ އެވެ. އަދި އެ މުޒާހަރާގެ ތެރެއިން، ފުލުހުންނާއި އާއްމުންނާ ދެމެދު ކުރިމަތިލުން ހިނގާފައި ވެ އެވެ.
ގާނޫނީ ހުރަހެއް ނެތަސް މި މަންޒަރު ރީއްޗެއް ނޫން!
ޗެނަލް13 ގެ ނޫސްވެރިއެއްގެ ބޯ ފަޅާލައިފި
އިންޒާރު ދިނަސް ދިފާއުގައި ނުކުންނާނަން: އަބްދުއްރަހީމް
މީޑިއާތަކާ މެދު ތަފާތުކުރާ ކަމަށް ބުނެ މުޒާހަރާކޮށްފި
ގާނޫނަށް ބުރޫ އަރާ ކަމެއް ނުކުރަން އިންޒާރު ދީފި
މުޒާހަރާކުރާ މީހުން ޓްރެފިކްހުއްޓުވާ މައްސަލަ ބޮޑުވެއްޖެ
މުސްކުޅިއަކު ހައްޔަރުކުރުން: "އެހެންހަދަން ހެޔޮނުވާނެ"
ތަހުގީގަށް މީހުން ހައްޔަރުކޮށްގެން ނުވާނެ: ޔާމީން
"ގޮތް ނޭނގޭ" މި މީހާ އަށް އެތައް ތުހުމަތެއް!
ފުލުހުން ކުރީ ދޮގު ތުހުމަތެއް: އިިދިކޮޅު