Roadha Mihaaru
"ޖޯކާ"ގެ ސީކުއެލްގެ ޓްރެއިލާ ނެރެފި

"ޖޯކާ"ގެ ސީކުއެލްގެ ޓްރެއިލާ ނެރެފި

24 ޖުލައި 2024

ވާކީން ފީނިކްސް ލީޑް ރޯލުން ފެނުނު ސައިކޮލޮޖިކަލް ތުރިލާ "ޖޯކާ"ގެ ސީކުއެލް ކަމަށްވާ "ޖޯކާ ފޮލި އަ ޑޫ"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.

ވާކީން ފީނިކްސް ލީޑް ރޯލުން ފެނުނު ސައިކޮލޮޖިކަލް ތުރިލާ "ޖޯކާ"ގެ ސީކުއެލް ކަމަށްވާ "ޖޯކާ ފޮލި އަ ޑޫ"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.

ޑީސީގެ އެންމެ ފާހަގަކުރެވޭ އެއް ވިލަން ކެރެކްޓާއަށް ބިނާކޮށް، ވަކީން ތައްޔާރުކުރި ފިލްމު "ޖޯކާ"ގެ ފުރަތަމަ ބައި ރިލީޒްކުރީ 2019 ވަނަ އަހަރު އެވެ. ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދުމަށް ފަހު، އޮސްކާ އެވޯޑްސްގައި ވެސް އެ ފިލްމު ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

އެ ކާމިޔާބީއާ ގުޅިގެން ފިލްމުގެ ސީކުއެލްއެއް އިއުލާނުކޮށް މަސައްކަތް ފެށީ 2022 ވަނަ އަހަރު އެވެ.

"ޖޯކާ ފޮލި އަ ޑޫ"ގެ ޓްރެއިލާއިން އެނގޭ ގޮތުގައި، މި ފިލްމުގެ ގިނަ ބައިތަކުން ފެންނާނީ އާކަމް އެސައިލަމް އެވެ. އެއީ ޖޯކާ އޭނާގެ ލޯބިވެރިޔާ ހާލީ ކުއިންއާ ބައްދަލުވާ ތަނެވެ. އެ ދެމީހުން އެކުގައި ކުރާ ނުބައި ކަންކަން މި ފިލްމުގައި ދައްކާނެ އެވެ.

ފުރަތަމަ ފިލްމާ ހިލާފަށް މި ފިލްމަކީ މިއުޒިކަލް ފިލްމެކެވެ. އަދި މި ފިލްމުގައި ޖޯކާގެ ލޯބިވެރިޔާ ހާލީގެ ރޯލު ވެސް ކުޅެނީ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ލޭޑީ ގާގާ އެވެ.

ވަކީން ފީނިކްސް އާއި ލޭޑީ ގާގާގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ދެން ފެންނާނީ ބްރެންޑަން ގްލީސަން، ކެތަރިން ކީނާ، ޖެކޮބް ލޮފްލެންޑް އަދި ހެރީ ލޯޓޭ އެވެ.

"ޖޯކާ ފޮލި އަ ޑޫ" ރިލީޒްކުރަނީ އަންނަ އޮކްޓޯބަރު މަހުގެ ހަތަރެއްގަ އެވެ.