ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ، އެމެރިކާގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ރަޔަން ކޫގްލާގެ ބިރުވެރި ފިލްމު "ސިނާސް"އަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ، އެމެރިކާގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ރަޔަން ކޫގްލާގެ ބިރުވެރި ފިލްމު "ސިނާސް"އަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
މާވެލްގެ "ބްލެކް ޕެންތާ" އާއި ސްޕޯޓްސް ފިލްމު "ކްރީޑް" ކަހަލަ ފިލްމުތައް ގެނެސްދީފައިވާ ރަޔަންގެ ބިރުވެރި ފިލްމު "ސިނާސް" ސިނަމާތަކުގައި ދައްކަން ފެށީ މި މަހު 17 ގަ އެވެ.
"ސިނާސް" ސިނަމާތަކުގައި ދައްކަމުން އަންނަތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވީ އިރު، އެމެރިކާ އާއި ކެނެޑާގެ ބޮކްސް އޮފީހުން އެ ފިލްމަށް މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް 45 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. އަދި ދުނިޔޭގެ ބޮކްސް އޮފީހުގައި 161.6 މިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.
އެ ފިލްމު އުފެއްދީ 90 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
މިއީ، އަހަރުތަކަކަށް ފަހު ބޮކްސް އޮފީހުގައި ބިރުވެރި ފިލްމަކަށް މިވަރުގެ ބޮޑު ތަރުހީބެއް ލިބުނު ފުރަތަމަ ފަހަރެވެ.
އެމެރިކާގެ މިސިސިޕީގައި 1930ގެ އަހަރުތަކުގައި ހިނގާ އާދަޔާ ހިލާފު ކަންތައްތަކެއް ދައްކާ މި ފިލްމުގެ ލީޑު ރޯލު ކުޅެނީ މައިކަލް ބީ ޖޯޑަން އެވެ. ވެމްޕަޔާ ތީމަކަށް ހަދާފައިވާ މި ފިލްމުގެ މުހިންމު އެހެން ރޯލުތައް ކުޅެފައި ވަނީ ހެއިލީ ސްޓެއިންފީލްޑް، މައިލްސް ކާޓަން، ޖެކް އޯކޯނެލް، ވުމީ މޮސަކޫ، ޖޭމީ ލޯސަން، އޯމަރް މިލާ އަދި ޑެލްރޯއީ ލިންޑޯ އެވެ.
ބޮކްސް އޮފީހުގައި "ސިނާސް" ހޯދަމުން އަންނަ ކާމިޔާބީއާ އެކު، ތާރީހުގައި އެންމެ ކާމިޔާބު އެއް ބިރުވެރި ފިލްމަށް ވުމުގެ އިތުރުން އެންމެ އަގުބޮޑު ވެމްޕަޔާ ތީމްގެ ފިލްމުތަކުގެ ތެރޭގައި ވެސް މި ފިލްމު މިހާރު ވަނީ ހިމެނިފަ އެވެ. މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު ވެމްޕަޔާ ފިލްމަކީ 2010 ވަނަ އަހަރު ގެނެސްދިން "ދަ ޓުވިލައިޓް ސާގާ: އެކްލިޕްސް" އެވެ. އެ ފިލްމަށް އެމެރިކާގެ ބޮކްސް އޮފީހުގައި 300 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
މި ފިލްމަށް ރޮޓެން ޓޮމާޓޯސްގައި ވެސް ވަރަށް މަތީ ރޭޓިންއެއް ލިބިފައިވެ އެވެ. ކްރިޓިކްސްގެ ރޭޓިން 98 ޕަސެންޓްގައި ހުރި އިރު، ބެލުންތެރިން ދިނީ 97 ޕަސެންޓެވެ.
ނޯލަންގެ އާ ފިލްމުގެ ނަމަކީ "ދަ އޮޑެސީ"
ބޮލީވުޑަށް ޝޮކެއް؛ ޝާހު މާވެލްއާ ގުޅެނީ؟
މިޝަން އިމްޕޮސިބަލްގެ އާ ފިލްމު ފުރަތަމަ އިންޑިއާއަށް
"ފެންޓާސްޓިކް ފޯ"ގެ ޓްރެއިލާ އާންމުކޮށްފި
އޮސްކާއަށް ސްޓަންޓް ޑިޒައިން ކެޓަގަރީއެއް އިތުރުކޮށްފި
ސޭޑީ ސިންކް އަށް "ސްޕައިޑަމޭ 4"ގެ ރޯލެއް
އިޒުރޭލު ސިފައިންނާ ދެކޮޅު ޑޮކިއުމެންޓްރީއަކަށް އޮސްކާ
ހެރިސަން ފޯޑް ފިލްމު ކުޅުން ހުއްޓާލައި ރިޓަޔާކުރަނީ
"ފެންޓާސްޓިކް ފޯ"ގެ ފުރަތަމަ ފެނިލުން
އޮސްކާ ނޮމިނޭޝަންގެ ކުރީގައި ނެޓްފްލިކްސްގެ ފިލްމުތައް