31 ޖުލައި 2021
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ކުޅުނު 2018 ގެ ފިލްމު "އަ ސްޓާ އިޒް ބޯން" އަކީ ބަތަލާއެއްގެ ގޮތުގައި ބެލުންތެރިން އޭނާ ވަރަށް ބޮޑަށް ބަލައިގަތް ފިލްމެކެވެ. އެ ފިލްމުން މޮޅު ބަތަލާގެ އޮސްކާ އެވޯޑްސްގެ ނޮމިނޭޝަނެއް ވެސް ގާގާ އަށް ލިބުނެވެ.
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ކުޅުނު 2018 ގެ ފިލްމު "އަ ސްޓާ އިޒް ބޯން" އަކީ ބަތަލާއެއްގެ ގޮތުގައި ބެލުންތެރިން އޭނާ ވަރަށް ބޮޑަށް ބަލައިގަތް ފިލްމެކެވެ. އެ ފިލްމުން މޮޅު ބަތަލާގެ އޮސްކާ އެވޯޑްސްގެ ނޮމިނޭޝަނެއް ވެސް ގާގާ އަށް ލިބުނެވެ.
މި ފަހަރު އަނެއްކާ ވެސް މިއޮތީ އޭނާ ވަރުގަދަ ރޯލަކުން ފެންނާނެ ވަރަށް ހާއްސަ ފިލްމެކެވެ. މިއީ "ހައުސް އޮފް ގުޗީ" އެވެ. ފިލްމުގެ ޓްރެއިލާ ވެސް މިހާރު ދައްކާލާފައިވާ އިރު، މިއީ ގާގާގެ މޮޅު އެކްޓިންއެއް ފެންނާނެ ޝައުގުވެރި ފިލްމަކަށްވާނެ ކަމުގެ އުންމީދު ވަރަށް ބޮޑެވެ.
ކުޅަދާނަ ޑައިރެކްޓަރު ރިޑްލީ ސްކޮޓް ހަދާފައިވާ ފިލްމުގެ ކާސްޓްގައި އެޑަމް ޑްރައިވާ، އަލް ޕަޗީނޯ އަދި ޖެރެޑް ލެޓޯ ފަދަ އޭ-ލިސްޓް ތަރިން ހިމެނެ އެވެ.
"ހައުސް އޮފް ގުޗީ" އަކީ ބައޮގްރަފިކަލް ކްރައިމް ފިލްމެކެވެ. މީގައި ކިޔައިދޭނީ އިޓަލީގެ މަޝްހޫރު ފެޝަން ކުންފުނި ގުޗީ އާއިލާގެ ތެރޭގައި ހިނގި ގަތުލެއްގެ ވާހަކަ އެވެ. ފިލްމުގައި ގާގާ ކުޅެފައި ވަނީ މައުރީޒިއޯ ގުޗީގެ ކުރީގެ އަންހެނުން ޕެޓްރީޒިއާ ރެޖާނީގެ ރޯލެވެ.
ބްލެކް ވިޑޯގެ ނަމުން ފަހުން މަޝްހޫރުވި ރެޖާނީ އަކީ 1995 ގައި ފިރިމީހާ މަރާލިކަމުގެ ކުށް ސާބިތުވެ 18 އަހަރުގެ ޖަލު ހުކުމެއް ވެސް ތަންފީޒުކުރި މީހެކެވެ. އޭނާ މިނިވަންވީ 2016 ގަ އެވެ.
ރިޑްލީގެ "ހައުސް އޮފް ގުޗީ" އަކީ ލިޔުންޔެރިޔާ ސާރާ ގޭ ފޯޑެން ލިޔެފައިވާ "ދަ ހައުސް އޮފް ގުޗީ: އަ ސެންސޭޝަނަލް ސްޓޯރީ އޮފް މާޑާ، މޭޑްނެސް، ގްލެމާ އެންޑް ގްރީޑް" އަށް ބިނާކޮށް ހަދާގައިވާ ފިލްމެކެވެ. މީގެ ސްކްރީންޕްލޭ ލިޔުނީ ރޮބާޓޯ ބެންޓިވެގްނާ އާއި ބެކީ ޖޯންސްޓަން އެވެ.
އެމްޖީއެމް އިން ހަދާފައިވާ "ހައުސް އޮފް ގުޗީ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 24 ގަ އެވެ.
"ޖޯކާ 2" ބޮޑު ފްލޮޕަކަށް ވެއްޖެ
"ޖޯކާ"ގެ ސީކުއެލްގެ ޓްރެއިލާ ނެރެފި
މިލީގެ "ޑެމްސެލް"ގެ ޓީޒާއެއް ނެރެފި
ހޮލީވުޑްގެ ފޭނުން ބަލައިލަން ޖެހޭ ޓްރެއިލާތައް
"ރެބެލް މޫން"ގެ ޓްރެއިލާ ނެރެފި
"ހައުސް އޮފް ގުޗީ"އަށް ދައުވާކޮށްފާނެކަމުގެ އިޝާރާތެއް
ސްޕީލްބާގްގެ "ވެސްޓް ސައިޑް ސްޓޯރީ" ޑިސެމްބަރުގައި
މެޓްރިކްސް 4ގެ ޓްރެއިލާއިން ޕްރިޔަންކާ ފަޅިސިކުންތަކަށް
ލިއޮނާޑޯގެ "ޑޯންޓް ލުކް އަޕް" ގެ ޓްރެއިލާ
"ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ގެ ޓީޒާ ރެކޯޑް ފޮތަށް