17 ސެޕްޓެމްބަރ 2021
ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސްޓީވެލް ސްޕީލްބާގްގެ އާ ފިލްމު "ވެސްޓް ސައިޑް ސްޓޯރީ" މި އަހަރުގެ ޑިސެމްބަރު މަހުގެ 10 ގައި ގެނެސްދޭން ނިންމައި، އޭގެ ޕޯސްޓަރާއި ޓްރެއިލާ ވެސް ދައްކާލައިފި އެވެ.
ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސްޓީވެލް ސްޕީލްބާގްގެ އާ ފިލްމު "ވެސްޓް ސައިޑް ސްޓޯރީ" މި އަހަރުގެ ޑިސެމްބަރު މަހުގެ 10 ގައި ގެނެސްދޭން ނިންމައި، އޭގެ ޕޯސްޓަރާއި ޓްރެއިލާ ވެސް ދައްކާލައިފި އެވެ.
މި ފިލްމަކީ ހަމަ އެ ނަމުގައި ގެނެސްދިން 1957 ގެ ކާމިޔާބު ބްރޯޑްވޭ މިިއުޒިކަލް އަށް ބިނާކޮށް ގެނެސްދޭ ރޮމޭންޓިކް މިއުޒިކަލް ޑްރާމާއެކެވެ. ޓޯނީ ކުޝްނާގެ ސްކްރީންޕްލޭ އަށް ހަދާފައިވާ ފިލްމުގެ ލީޑް ތަރިންނަކީ އަލަށް ތައާރަފުކުރާ ބަތަލާ ރެޗެލް ޒެލްގާ އާއި އެންޒެލް އަލްގޯޓް އެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ވެސްޓް ސައިޑް ސްޓޯރީ" ގެ އިތުރު ކާސްޓުންގެ ތެރޭގައި އަރިއާނާ ޑި ބޯޒް، ޑޭވިޑް އަލްވަރޭޒް، މައިކް ފައިސްޓް، ކޯރީ ސްޓޯލް އަދި ބްރަޔަން ޑި އާސީ ޖޭމްސް ހިމެނެ އެވެ.
މީގެ ފަސް އަހަރު ކުރިން "ވެސްޓް ސައިޑް ސްޓޯރީ" ހަދާކަން އިއުލާންކުރި އިރު ސްޕީލްބާގް ބުނެފައި ވަނީ މިއީ އޭނާގެ ފަރާތުން ބެލުންތެރިންނަށް ގެނެސްދޭނެ ވަރަށް ރީތި ހިތްގައިމު ފިލްމަކަށް ވާނެ ކަމަށެވެ. އަދި މި ފިލްމަކީ އޭނާގެ ކެރިއަރުގައި ގެނެސްދޭ މިއުޒިކަލް ޖޯންރާގެ ފުރަތަމަ ފިލްމެވެ.
މޮޅު އަދި އެހާމެ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޑައިރެކްޓަރު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2018 ގެ ސައިންސް ފިކްޝަން އެޑްވެންޗަ "ރެޑީ ޕްލެޔާ ވަން" އެވެ. ސްޕީލްބާގްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންނަ އަހަރުގެ "ދަ ފޭބްލްމޭންސް" އާއި 2023 ގެ "ދަ ޗީރިއޯޒް ކިޑް" ހިމެނެ އެވެ.
ޓުވެންޓިއެތު ސެންޗަރީ ފޮކްސްއާ ގުޅިގެން ގެނެސްދޭ "ވެސްޓް ސައިޑް ސްޓޯރީ" އަކީ 100 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.
މިލީގެ "ޑެމްސެލް"ގެ ޓީޒާއެއް ނެރެފި
ހޮލީވުޑްގެ ފޭނުން ބަލައިލަން ޖެހޭ ޓްރެއިލާތައް
"ރެބެލް މޫން"ގެ ޓްރެއިލާ ނެރެފި
"ވެސްޓް ސައިޑް ސްޓޯރީ" މެދުއިރުމަތީގައި މަނާ
މެޓްރިކްސް 4ގެ ޓްރެއިލާއިން ޕްރިޔަންކާ ފަޅިސިކުންތަކަށް
ލިއޮނާޑޯގެ "ޑޯންޓް ލުކް އަޕް" ގެ ޓްރެއިލާ
"ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ގެ ޓީޒާ ރެކޯޑް ފޮތަށް
ޓްރެއިލާ އިން "ރެޑް ނޯޓިސް" ގެ ބާރު ދައްކާލައިފި
"ހައުސް އޮފް ގުޗީ" ގައި ގާގާގެ ވަރުގަދަ ރޯލެއް
"ސްނޯ ވައިޓް" ގެ ރޯލު ރެޗަލް އަށް