20 ޖުލައި 2024
ހަ ދާއިރާއެއްގެ ބައި-އިލެކްޝަން މާލެ އާއި ރަށްރަށުގައި ކުރިއަށް ދާއިރު، މެންދުރު ފަހު 2 ޖެހުމާ ހަމައަށް ވޯޓު ލާފައި ވަނީ 17 ޕަސެންޓް މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
ހަ ދާއިރާއެއްގެ ބައި-އިލެކްޝަން މާލެ އާއި ރަށްރަށުގައި ކުރިއަށް ދާއިރު، މެންދުރު ފަހު 2 ޖެހުމާ ހަމައަށް ވޯޓު ލާފައި ވަނީ 17 ޕަސެންޓް މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
އެ ކޮމިޝަނުން ބުނީ ހަ ދާއިރާއެއްގެ ބައި-އިލެކްޝަންގައި 13،112 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން، މެންދުރު 2:00 އާ ހަމައަށް ވޯޓު ލާފައިވަނީ 17.9 ޕަސެންޓް މީހުން ކަމަށް ބުންޏެވެ. އެއީ 2،355 މީހުންނެވެ.
ބައި-އިލެކްޝަންގައި މީހަކަށް ވޯޓު ކަރުދާސް ދޫކުރުމުގެ ކުރިން ނަން ހޯދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ބައި-އިލެކްޝަން ބާއްވާ ދާއިރާތަކަކީ؛
- ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން
- ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑީގެ ބައި އިލެކްޝަން
- ފ. ބިލެތްދޫ ކައުންސިލުގެ ރައީސް އިންތިހާބުކުރުމުގެ ބައި އިލެކްޝަން
- މާލެ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން
- މާލެ ސިޓީ ކައުންސިލުގެ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން
- މާލެ ސިޓީ ކައުންސިލުގެ ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން
އީސީން ބުނި ގޮތުގައި މިހާތަނަށް ވޯޓުލީ 1،027 އަންހެނުންނާއި 1،328 ފިރިހެނުންނެވެ. ވޯޓުނުލާ 10،757 މީހުން އަދި އެބަތިއްބެވެ.
އީސީން ބުނީ ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ ކަމަށެވެ. އެ ތަންތަނުގައި ޖުމްލަ 25 ވޯޓު ފޮއްޓެއް ބަހައްޓާފައިވެ އެވެ.
ބައި އިލެކްޝަންތައް މަދުކުރާ އިސްލާހު ކޮމިޓީއަށް
މާލޭ ސިޓީ ކައުންސިލްގެ ތިން ގޮނޑި ވެސް ޕީއެންސީއަށް
ޑީޖޭއޭގެ އިހުމާލުން ގެއްލުނު ކެންޑިޑެސީ އަލުން ދެނީ
ދިއްގަރާއި ގާދިއްފުށީ ކައުންސިލްގެ ގޮނޑި އެމްޑީޕީއަށް
އެމްޑީޕީގެ ކެންޑިޑޭޓަކު ވޯޓަކާ ނުލައި ހޮވިއްޖެ
އިންތިޚާބަށް އަލުން ހުޅުވާލުމުގެ މައްސަލަ ބޭރުކޮށްލައިފި
އިންތިޚާބަށް އަލުން ހުޅުވާލުމުގެ މައްސަލަ:ހުކުމް މާދަމާ
އިންތިޚާބު އެޕްރީލް 10 ގައި ބާއްވަން ނިންމައިފި
ހިޔާލުތަފާތުވެ އިންތިޚާބު ބާއްވާނެ ތާރީޚެއް ނުނިންމުނު!
އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމުގެ ޝަރީއަތް ފަށައިފި