11 ޑިސެމްބަރ 2022
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އިހުމާލެއްގެ ސަބަބުން ރ. ދުވާފަރު ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނު މީހަކަށް އެ ފުރުސަތު ދޭން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އިހުމާލެއްގެ ސަބަބުން ރ. ދުވާފަރު ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނު މީހަކަށް އެ ފުރުސަތު ދޭން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މި މަހުގެ ފަހުކޮޅު ބާއްވާ ދުވާފަރު ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރާ އަބްދުالله ނަޒީމްގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ޑީޖޭއޭ އިން އޭނާގެ ދަރަނީގެ ރެކޯޑް ދޫކުރިއިރު އޮޅިގެން ބައެއް ރެކޯޑްތައް ހިމަނާފައި ނެތުމުންނެވެ.
ފަހުން ޑީޖޭއޭ އިން އެ ރެކޯޑްތައް ނަޒީމަށް ދިނަސް، އިލެކްޝަންސް ކޮމިޝަނުން ނިންމީ ވަގުތު ހަމަވެފައިވާތީ އެ ލިޔުންތައް ބަލައިނުގަތުމަށާއި އޭނާގެ ކެންޑިޑެސީ ބަލައިނުގަތުމަށެވެ.
އެ މައްސަލަ ނަޒީމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ދަރަނީގެ ރެކޯޑް ފުރިހަމަނުވީ ޑީޖޭއޭ އަށް އެރި އޮޅުމެއްގެ ސަބަބުން ކަން އެ އިދާރާގެ ބަހުން އެނގޭ ކަމަށެވެ. ކޮމިޝަނުން ގޮތެއް ނިންމުމުގެ ކުރިން އެ ދުވަހު އެ ލިޔުންތައް ފުރިހަމަކޮށް. ނަޒީމްގެ ރެކޯޑް ހުށަހަޅާފައިވާތީ އޭނާގެ ކެންޑިޑެސީ ބަލައިގަންނަން ޖެހޭ ކަމަށް ހުކުމުގައިވެ އެވެ.
އެގޮތަށް މައްސަލަ ނިންމީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫންގެ އިއްތިފާގުންނެވެ.
އެމްޑީޕީގެ ކެންޑިޑޭޓަކު ވޯޓަކާ ނުލައި ހޮވިއްޖެ
އިންތިޚާބު ފަސް،ކުރާ މައްސަލަ ސުޕްރީމް ކޯޓަށް
ބައި އިލެކްޝަންތައް މަދުކުރާ އިސްލާހު ކޮމިޓީއަށް
ބައި އިލެކްޝަން: 2ޖެހުމާ ހަމައަށް ވޯޓުލީ 17ޕަސެންޓް
ދިއްގަރާއި ގާދިއްފުށީ ކައުންސިލްގެ ގޮނޑި އެމްޑީޕީއަށް
އިންތިޚާބަށް ހުޅުވާލުން: މައްސަލަ ބަލައެއްނުގަތް
ޕީޕީއެމް މީހެއްގެ ކެންޑިޑެސީ ސުޕްރީމްކޯޓުން ބާތިލްކޮށްފި
އިންތިޚާބަށް އަލުން ހުޅުވާލުމުގެ މައްސަލަ ބޭރުކޮށްލައިފި
އިންތިޚާބަށް އަލުން ހުޅުވާލުމުގެ މައްސަލަ:ހުކުމް މާދަމާ
ޕީޕީއެމް ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލްކުރަން ކޯޓަށް