ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ ބައި-އިލެކްޝަންތައް ބާއްވަންޖެހޭ އަދަދު އިތުރަށް މަދުކުރަން، އެ މެންބަރެއްގެ ގޮނޑި ހުސްވާއިރު، ދައުރު ހަމަވާން ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ ބައި-އިލެކްޝަން ބާއްވަންނުޖެހޭ ގޮތަށް ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހު ރައްޔިތުން މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ ބައި-އިލެކްޝަންތައް ބާއްވަންޖެހޭ އަދަދު އިތުރަށް މަދުކުރަން، އެ މެންބަރެއްގެ ގޮނޑި ހުސްވާއިރު، ދައުރު ހަމަވާން ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ ބައި-އިލެކްޝަން ބާއްވަންނުޖެހޭ ގޮތަށް ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހު ރައްޔިތުން މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.
ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާގެ ޕީއެންސީ މެމްބަރު އަލީ މޫސާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، ބައި އިލެކްޝަންތައް ބާއްވަންޖެހޭ އަދަދު އިތުރުވަމުންދާތީ، ހަރަދު ކުޑަކުރުމާ އެކު، މިހާރު ހިނގަމުންދާ ކައުންސިލުތަކުގެ ދައުރު ހަމަވާން ގާތްވެފައިވާތީ އިތުރު ބައި އިލެކްޝަނެއް ބާއްވަން ނުޖެހޭ ގޮތަށް ހެދުމަށެވެ.
އެ އިސްލާހުގައި ހުށަހަޅާފައިވަނީ، ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ނުވަތަ ކައުންސިލް މެންބަރަކު އިސްތިއުފާ ދިނުމުން ނުވަތަ އެހެން ވެސް ގޮތަކުން އޭނާގެ ގޮނޑި ހުސްވާ ހާލަތެއްގައި، ކައުންސިލް އުމުރުގެ ބާކީ އޮންނަ މުއްދަތު 548 އަށްވުރެ ކުރު ނަމަ، ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ހެދުމަށެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ ގޮނޑި ހުސްވިޔަސް، ދައުރުގެ ބާކީގައި ހަމަ އެ މުއްދަތު އޮތް ނަމަ، ބައި އިލެކްޝަން ބާއްވަން ނުޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލުގެ އިބްތިދާއީ ބަހުސްގެ ތެރެއިން، އިދިކޮޅު އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ އެ އިސްލާހާ ދެކޮޅު ހައްދަވައިފަ އެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ކުރޭ ހޭދަ އިންތިހާއަށް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ހަރަދު ކުޑަކުރުމުގެ ނަމުގައި ބައި އިލެކްޝަންތައް ނުބާއްވާ ގޮތަށް ހެދުމަކީ ދެކޮޅުނުޖެހޭ ކަމެއްގެ ގޮތުގައި އެ މެމްބަރުން ވަނީ ސިފަކުރައްވައިފަ އެވެ.
އިބްތިދާއީ ބަހުސް އެ ބިލު މިއަދު ވަނީ މަޖިލީހަށް ބަލައިގަނެ، ދިރާސާކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފަ އެވެ.
މި ސަރުކާރުން މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ވަނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށް ގާނޫނު އިސްލާހުކޮށްފަ އެވެ.
ބައި އިލެކްޝަންތައް މަދުކުރާ އިސްލާހު ކޮމިޓީއަށް
އިންތިހާބުގެ ކުރިން ކައުންސިލަރުންގެ ޝަރުތު ބަދަލުކުރަނީ
މިއީ ސިޔާސީ ހަޔާތް ދުއްވާލަން ކުރާ ކަމެއް: ސަލީމް
ކައުންސިލް މެމްބަރުންގެ އަދަދު މަދު ކުރަން ފާސްކޮށްފި
ބައި-އިލެކްޝަންތައް މަދުކުރުމުގެ ބިލު ފާސްކޮށްފި
ބައިއިލެކްޝަން މަދުކުރާ ބިލް ކޮމިޓީން ފާސްކޮށްފި
ޑަބްލިއުޑީސީތަކަށް ރޯދައިނާޔަތް ދޭ އިސްލާހު ހުށަހަޅައިފި
ބައި އިލެކްޝަންގެ ގިނަ ގޮނޑިތައް ސަރުކާރަށް
ބައި-އިލެކްޝަން ދެން ބާއްވާނީ އަހަރަކު ދެ ފަހަރު
އިންތިހާބުތައް މަދުނުކޮށް އީ-ވޯޓިންއަށް ދާން ގޮވާލައިފި