Roadha Mihaaru
ދިއްގަރާއި ގާދިއްފުށީ ކައުންސިލްގެ ގޮނޑި އެމްޑީޕީއަށް

ދިއްގަރާއި ގާދިއްފުށީ ކައުންސިލްގެ ބައި އިލެކްޝަންސް ވެސް އެމްޑީޕީން ކާމިޔާބުކޮށްފި

13 އޯގަސްޓް 2022

މ. ދިއްގަރު ކައުންސިލާއި ތ. ގާދިއްފުށީ ކައުންސިލުން ހުސްވި ދެ ގޮނޑީގެ ބައި އިލެކްޝަން ވެސް އެމްޑީޕީން މިއަދު ކާމިޔާބުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މ. ދިއްގަރު ކައުންސިލާއި ތ. ގާދިއްފުށީ ކައުންސިލުން ހުސްވި ދެ ގޮނޑީގެ ބައި އިލެކްޝަން ވެސް އެމްޑީޕީން މިއަދު ކާމިޔާބުކޮށްފި އެވެ.

ދިއްގަރު ކައުންސިލްގެ މެމްބަރަކު އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ ގޮނޑި އާއި ގާދިއްފުށީގެ ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ކޮށްފައިވާ ގޮނޑީގެ ބައި އިލެކްޝަން އެމްޑީޕީން މިއަދު ކާމިޔާބުކުރީ ޕީޕީއެމްގެ ދެ ކެންޑިޑޭޓުންނާ ވާދަކޮށެވެ.

ދިއްގަރު ކައުންސިލްގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ އާރިފް އިންތިޚާބު ކާމިޔާބުކުރީ 375 ވޯޓުންނެވެ. އޭނާއާ ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުލްހަންނާނަށް ލިބުނީ 320 ވޯޓެވެ.

ގާދިއްފުށީ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް ޒުހައިލާ އަހުމަދު ކާމިޔާބުކުރީ 210 ވޯޓުންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ލިބުނީ 201 ވޯޓެވެ.

އެމްއާރުއެމްއިން އެ ގޮނޑިއަށް ވާދަކުރި ކެންޑިޑޭޓަށް ލިބުނީ ހަތަރު ވޯޓެވެ.