Roadha Mihaaru
އިންތިޚާބަށް އަލުން ހުޅުވާލުމުގެ މައްސަލަ:ހުކުމް މާދަމާ

އިންތިޚާބަށް ކުރިމަތިލާން އަލުން ހުޅުވާލަން ހުށަހެޅި މައްސަލައިގެ ހުކުމް މާދަމާ އިއްވަނީ

10 މާޗް 2021

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިިޚާބަށް އަލުން ހުޅުވާލަން ހައި ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ހުކުމް މާދަމާ އިއްވަން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިިޚާބަށް އަލުން ހުޅުވާލަން ހައި ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ހުކުމް މާދަމާ އިއްވަން ހަމަޖައްސައިފި އެވެ.

މިދިޔަ އަހަރު ކުރީކޮޅު ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިިލް އިންތިޚާބު ކޮވިޑް-19 އާ ގުޅިގެން ފަސްކުރުމަށް ފަހު ހެދި ޚާއްސަ ގާނޫނުގެ ތިން ވަނަ މާއްދާ ބުނާގޮތުން އިންތިިޚާބު އެއް އަހަރަށް ފަސް ކުރިޔަސް، މިދިޔަ އަހަރު ކުރިމަތިލާފައިވާ ކެންޑިޑޭޓުން ނޫން ބަޔަކަށް އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ. ގާނޫނުގެ އެ މާއްދާ ބާތިލްކުރަން ދުސްތޫރީ މައްސަލައެއް ހުށަހެޅީ ތ. ކަނޑޫދޫ މެނީލާ، މުހައްމަދު ތަސްލީމެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިދިޔަ މަހު ކުރީކޮޅު ނިންމާލާފައިވާއިރު، ހުކުމް އިއްވަން ހަމަޖައްސާފައިވަނީ މާދަމާ މެންދުރު ފަހު އެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ފަނޑިޔާރު ހަސަން ޝަފީއު ރިޔާސަތު ބަލަހައްޓަވާ އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބަވަނީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.