އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖުގެ ދަރިވަރުންތަކެއް ހާލު ގޯސްވެ، ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
17 ޖުލައި 2024
އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖުގެ ދަރިވަރުންތަކެއް ހާލު ގޯސްވެ، ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ބަލިވެގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން ޝައްކު ކުރެވެނީ ކާނާ ވިހަވެގެން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން "މިހާރު" އިން ސުވާލުކުރުމުން ފުލުހުންގެ ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ބަލި ވެގެން 28 ދަރިވަރަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެއް ކުއްޖެއްގެ ހާލަތު އެހެން ކުދިންނަށް ވުރެ ގޯސް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ދަރިވަރުންނަކީ އަންނަ ހޮނިހިރު ދުވަހު ބޭސިކް ޓްރެއިނިން ފަށާ ބެޗުގެ ދަރިވަރުންތަކެކެވެ.
މި ކޭސްތަކާ ގުޅިގެން އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ އެ ދަރިވަރުންތަކަށް އެލާޖީ އެއް ވެގެން ފަރުވާ ދެމުން އަންނަ ކަމަށާއި ހުރިހާ ދަރިވަރުން ވެސް ސްޓޭބަލް ކަމަށެވެ. ނަމަވެސް، އެލާޖިކް ވީ ކޮން އެއްޗަކަށް ކަމެއް ނޭނގޭ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
އިންޑިއާއަށް ލިބޭނީ ލޮޖިސްޓިކަލް އެހީތެރިކަން އެކަނި
ޕޮލިސްއެކެޑަމީގެ މެއިންޓަނަންސް ވެސް ދިވެހި ފުލުހުންނަށް
ޕޮލިސް އެކަޑެމީއަކީ ފާހަގަކުރެވޭ ތަނަކަށް ވާނެ
އައްޑޫ ޕޮލިސް އެކަޑެމީ ހިންގާނީ ރާއްޖޭން: ސަފީރު
ޕޮލިސް އެކަޑެމީގެ ބޯޑުގައި އައްޑޫ ކައުންސިލް ހިމެނޭނެ
އައްޑޫ ބްރިޖްގައި އެކްސިޑެންޓެއް، އެކަކަށް ފަރުވާދެނީ
އައްޑޫގެ ކުޅިއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
އައްޑޫ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި
މީހަކު ރަހީނުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
ހިތަދޫގައި މީހަކު ރަހީނުކުރި ފަސް މީހަކު ހައްޔަރުކޮށްފި